Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުރަތަމަ ޑިގްރީ ސްކީމް

ފުރަތަމަ ޑިގްރީ ސްކީމުގައި ތައުލީމު ހާސިލުކުރަމުންދާ މެޖޯރިޓީއަކީ އަންހެން ކުދިން!

ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި މި ސްކީމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 މާރިޗު 2021 | ބުރާސްފަތި 11:54
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން

ފުރަތަމަ ޑިގްރީ ސްކީމުގައި ތައުލީމު ހާސިލުކުރަމުންދާ މެޖޯރިޓީއަކީ އަންހެން ކުދިން ކަމަށާއި އެގޮތުން 6،788ށް އަންހެން ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އުއްމީދަކީ ފުރަތަމަ ޑިގްރީ މަރުހަލާގައި އަންހެން ދަރިވަރުންގެ ނިސްބަތް ތައުލީމީ އެހެން ހަރުފަތްތަކުގައިވެސް ފެނިގެން ދިއުންކަމަށާ ވަޒީފާގެ ބާޒާރުގައި އަދި ޑިޒިޝަން މޭކިންގ ޕްރޮސެސްގައި ހާއްސަކޮށް ތައުލީމީ ދާއިރާގެ މަތީ ހަރުފަތްތަކުގައި އަންހެނުންގެ ހިއްސާ އިތުރުވެގެން ދިއުން ކަމަށެވެ.

ފުރަތަމަ ޑިގްރީ ސްކީމުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ކާމިޔާބީ ފާހަގަކުރާއިރު ދިވެހި ސަރުކާރުން މިހާތަނަށް 240 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ދިވެހި ދަރިވަރުންނަށް ހޭދަކޮށްފައި ވާކަމަށެވެ. އަދި ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މިފަދަ އެއްވެސް ސްކީމަކަށް، މީހުން ބިނާ ކުރުމަށްޓަކައި މިހާ ބޮޑު އަދަދެއް ހޭދަކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން މިހާރުވެސް މި ސްކީމުގެ އެހީގައި 7،100ށް ވުރެ ގިނަ ދަރިވަރުން މަތީތައުލީމު ހާސިލް ކުރަމުންދާއިރު މި ސްކީމް ކާމިޔާބު ސްކީމަކަށް ވެގެން ދަނީ ވަރަށް މުހިންމު ސަބަބު ތަކެއް ހުރެގެންކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ އޭގެ އެންމެ މުހިއްމު އެއް ސަބަބަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި އެހެން ފަރާތްތަކާއި ގުޅިގެން އެއް އަމާޒަކަށް އެއް މަގްސަދެއްގައި ކުރެވިފައިވާ މަސައްކަތުގެ ނަތީޖާކަމަށެވެ.

ވަކިން ހާއްސަކޮށް މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިސީ ސެކްޝަނާއިއެކު ކުރެވިފައިވާ ގާތް، ބޮޑެތި މަސައްކަތްތައް ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި ރާއްޖޭގެ ހުރިހާ ޕްރައިވެޓް ކޮލެޖްތަކުގެ ހުރިހާ ވެރިން މި މަސައްކަތަށް ދެއްވި، އަދި މިހާރުވެސް ދެއްވަމުން ގެންދާ އެއްބާރުލުން އިޚްލާސްތެރިކަމާއިއެކު ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތައުލީމަށް ލޯބިކުރާ އެތައް ބައެއް މިއަދު މިގައުމުގައި އެބަތިބިކަމަށާއި މިއީ މި ސްކީމް ކާމިޔާބުވި އަނެއް ސަބަބު ކަމަށެވެ.

އަދި ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި މި ސްކީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދުގެ ދުނިޔޭގައި އެހެން ގައުމުތަކުގެ މީހުންނާއި ފައިހަމަ ކުރެވޭނީ ތައުލީމު އުނގެނި މަސައްކަތާއި ހުނަރު ދަސްކޮށްގެން ކަމަށެވެ. އަދި ދިމާވާ ބޮޑެތި ކާރިސާ ތަކުން އަރައިގަނެވޭނީވެސް އެކަންކަމާ ކުރިމަތިލާން އެނގޭ، އަދި އެ ކަންކަމާއި ކުރިމަތިލާން ކެރޭ، ބަޔަކު ތިބެގެން ކަމަށާއި އެއީ މިފަދަ ސްކީމުތަކުގެ ބޭނުން ކަމަށެވެ.

މީގެ އިތުރުން ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުން ގެންދަނީ ރާއްޖެއަށް ބޭނުންވެފައިވާ ދާއިރާތަކުން ކަމަށް ވިދާޅުވިއެވެ. އަދި މިސަރުކާރުގެ ފުރަަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ޓްރެއިނިންގ ނީޑްސް އެނާލިސިސްއެއް ހެދުނުކަމަށާއި ދާދިފަހުން އޭގެ ދެވަނަ ސްޓޭޖެއްގެ ގޮތުގައި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ކުރިއަށް އޮތް ތިން އަހަރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކާއި އެދާއިރާތަކުން މީހުން ބިނާ ކުރަން ބޭނުންވާ އަދަދު މިހާރު ހޯދާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ތަފާސްހިސާބު ޝާއިއު ކުރެވިގެން ދާނެކަން މިނިސްޓަރ ހާމަކުރެެއްވިއެވެ.

އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި އެ ކުންފުނިތަކުގެ ތަސައްވަރު ހާސިލްކުރުމަށްޓަކައި ބޭނުންވާ ހިއުމަން ރިސޯސް ކެޕިޓަލްގެ މައުލޫމާތު އެއްކުރުމަށްކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ ކުރިމަގުގައި ސަރުކާރުން މީހުން ބިނާ ކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގެ ފޯކަސްއަކަށް ވެގެންދާނީ މި ދިރާސާތަކުގެ ނަތީޖާއަށް ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު