Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔެވުން

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު 10,000 އަށް ވުރެ ގިނަ ދަރިވަރުންނަށް!

ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒު ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 މާރިޗު 2021 | ބުރާސްފަތި 07:16
10,000 އަށް ވުރެ ގިނަ ދަރިވަރުންނަށް، ޖުމުލަ 240 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މި ފާއިތުވި 2 އަހަރެއްހާ ދުވަހުގެތެރޭގައި ޚަރަދު ކޮށްފައިވޭ

10,000 އަށް ވުރެ ގިނަ ދަރިވަރުންނަށް، ޖުމުލަ 240 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މި ފާއިތުވި 2 އަހަރެއްހާ ދުވަހުގެތެރޭގައި ޚަރަދު ކޮށްފައިވޭ

ދިވެހި ސަރުކާރުގެ ޚަރަދުގައި ރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ އުސޫލާ އެއްގޮތަށް، 10,000 ވުރެ ގިނަ ދަރިވަރުންނަށް، ޖުމުލަ 240 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މި ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޚަރަދުކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މި ކާމިޔާބީ ފާހަގަކުރުމަށް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ރަސްމިއްޔާތެއް ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒު ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދު ފުއްދުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ޚަރަދުގައި ކިޔަވައިދިނުމުގެ އުސޫލެއް އެކުލަވާލާފައެވެ. އެ އުސޫލާ އެއްގޮތަށް ފުރަތަމަ ޑިގްރީއަށް ރާއްޖޭގައި ކިޔެވުމަށް ސަރުކާރުން ޚަރަދުކުރުން އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ޚަރަދުގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލި ފަހުން މި ސްކީމް ތަންފީޒުކުރުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ކޮށްފައެވެ. މިގޮތުން މި ސްކީމަށް ގެނެވިފައިވާ އެންމެ ބޮޑެތި ހެޔޮ ބަދަލުތަކަކީ ކިޔަވައިދޭ ތަނަށް ފައިސާ ދިނުމުގެ ބަދަލުގައި، ސީދާ ދަރިވަރުންނަށް ފައިސާ ލިބޭ ގޮތް ހަމަޖައްސައިދިނުމެވެ. އަދި އޮންލައިން ޕޯޓަލްއެއްކަމަށްވާ އައިއެޑިޔު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލުމެވެ. ނަތީޖާއަކަށް ވެގެންދިޔައީ އަތޮޅު ތެރޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދިޔަ އެތައް ދަރިވަރުންނަކަށް ފަސޭހަކަމާއެކު މި ސްކީމުގައި ބައިވެރި ވެވޭނެ މަގު ފަހިވެގެން ދިޔުމާއި، ކިޔަވާ ތަނަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ދާކަމުގެ ޔަޤީންކަން ދަރިވަރުންނަށް ލިބެމުން ދިޔުމެވެ.

އެ މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދަރިވަރުންނަށް ލުއި ފަސޭހަކޮށް މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ލެވޭނެ ގޮތަކަށް ޕޯޓަލްއަށް ބަދަލުތައް ގެނެސް ދަރިވަރުންގެ ޔުނިވަރސިޓި ކޮލެޖްއަށް ދައްކަންޖެހޭ ފައިސާ ދަރިވަރުންނަށް ދޫކުރަމުން ގެންދިޔުމަށް ކަމަށެވެ. މިހާރު އަމަލު ކުރަމުންދާ އުސޫލާ އެއްގޮތަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ދަރިވަރުންނަށް ފައިސާ ދޫކުރުމުން، ދަރިވަރުން، ކިޔަވައިދޭ ތަނަށް ދައްކަންޖެހޭ ފައިސާ ޒިންމާދާރު ކަމާއެކު ޤަވާއިދުން ދައްކަމުން ގެންދިޔުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ލުއިފަސޭހަ ގޮތެއްގައި ކިޔެވުމުގެ އިންތިޒާމު ފުރިހަމައަށް ހަމަޖައްސައިދިނުން ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު