Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

ނުވަ ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި އަރުޝަދު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި

މިއީ 2020 ޖެނުއަރީ 31 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މާރިޗު 2021 | ބުދަ 11:40
ހައި ކޯޓު- ހައިކޯޓުން އެގޮތަށް އަމުރު ކޮށްފައިވަނީ ބުދަ ދުވަހު

ހައި ކޯޓު- ހައިކޯޓުން އެގޮތަށް އަމުރު ކޮށްފައިވަނީ ބުދަ ދުވަހު

ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތުން ދައުވާ ކޮށްފައިވާ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައިކޯޓުން އެގޮތަށް އަމުރު ކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، އަރުޝަދު ޚާލިދު 30 ޖަނަވަރީ 2020 ދުވަހު އިތުރު ބަޔަކާ ބައިވެރިވެގެން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރި މައްސަލާގައި އަރުޝަދު ޚާލިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. އަދި އެ ދައުވާއާ ގުޅިގެން އަރުޝަދު ޚާލިދު ޝަރީޢަތް ނިމެންދެން ބަންދުގައި ހުއްޓައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ބަންދުން ދޫކޮށްލުމަށް ނިންމެވުމާ ގުޅިގެން، އެ ނިންމުން ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ޝަފީއު ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އެއާއެކު، ބުދަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އަރުޝަރު ޚާލިދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައަކީ ނިމިދިޔަ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ފަސް ގެއެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަރުޝަދަކީ އިސްކޮށް އުޅުނު މީހާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންދިޔައެވެ. މިއަޑުއެހުމުގައި، އެމީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ އަމުރުވެސް މުރާޖަޢާ ކޮށްފައިވެއެެވެ. ޖިނާޢީ އިޖުރާޢަތުގެ ގާނޫނު ބުނާ ގޮތުން ކޮންމެ 30 ދުވަހަކުން އަމުރު މުރާޖަޢާކުރަންޖެހެއެވެ. އެގޮތުން، އެ ދުވަހުގެ އަޑުއެހުމުގައި އަރުޝަދުގެ ބަންދުގެ އަމުރު މުރާޖަޢާ ކުރުމަށްފަހު، އޭނާ ދޫކޮށްލީ އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދުއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި، ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާވެސް ފުލުހުން ހޯދާފައިވެއެވެ.

މަސްތުވާތަކެތިއަރުޝަދުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު