Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)

ޑީއެންއޭ އަކީ ތަންތަނަށް އަރަން ބޭނުންކުރާ ހަރުގަނޑެއް ނޫނެވެ.

ގިރިޓީ ކުރިޔަސް މައުދަންތަކުގެ އަސްލު ބަދަލެއް ނުވޭ

ރާއްޖެ އެމްވީ | 9 މާރިޗު 2021 | އަންގާރަ 10:09
ސައިންސްވެރިން ޑީއެންއޭ ސިފަކުރަނީ ހަޔާތުގެ ހަރުގަނޑުގެ ގޮތުގައި

ސައިންސްވެރިން ޑީއެންއޭ ސިފަކުރަނީ ހަޔާތުގެ ހަރުގަނޑުގެ ގޮތުގައި

ޑީއެންއޭއަކީ އިންސާނުން ވެސް ހިމެނޭ ގޮތުން ދިރޭ ކޮންމެ އެއްޗެއްގެ ޖެނެޓިކް ކޯޑެވެ. މައިންބަފައިންގެ ފަރާތުން ވާރުތަވާ ކަންކަމާއި އެނޫން ކަންކަމުގެ ޗާޓު ކުރެހިގެން ވަނީ ޑީއެންއޭގައެވެ. މީހާ މީހަކަށް ހަދައިދެނީ އަދި އެނޫން އެއްޗަކަށް ހަދައިދެނީ ވެސް އެމީހާގެ ޑީއެންއޭ އެވެ. އެއީ ބަދަލުވުމެއް ނެތް އެއްޗެކެވެ. ޑިއޮކްސީރައިބޯ ނިއުކްލެއިކް އެސިޑް ކުރުކޮށްފައި ގިނަބަޔަކު ކިޔަނީ ޑީއެންއޭ އެވެ.

ކޮންމެ ސެލެއްގައި ވަނީ ދެ ވައްތަރެއްގެ ޑީއެންއޭ އެވެ. ފުރަތަމަ ވައްތަރަކީ އޮޓޮސޯމަލް ޑީއެންއޭ އެވެ. އަނެއް ވައްތަރަކީ މައިޓޮކޮންޑްރިއަލް ޑީއެންއޭ އެވެ. ސެލްތަކުގައި އޮޓޮސޯމަލް ޑީއެންއޭ އެތުރިގެން ވަނީ ބާވީސް ޖޯޑު ކްރޮމޮޒޯމްގެ މައްޗަށެވެ. ކޮންމެ ޖޯޑެއްގައި މަންމަގެ ފަރާތުން ވާރުތަވީ އެއްޗަކާއި ބައްޕަގެ ފަރާތުން ވާރުތަވީ އެއްޗެކެވެ. މިއީ އުޅޭ މާހައުލަކުން، ގަބޫލުކުރާ ގަބޫލުކުރުމަކުން އަދި ކުރާ ކައިވެންޏަކާއި ވަރިޔަކުން ބަދަލު އަންނަ އެއްޗެއް ނޫނެވެ. އުފަންވަނީ ވެސް އަދި ނެތިގެންދަނީ ވެސް މިޔާއެކުގައެވެ.

ޑީއެންއޭގެ ސިފަޔަކީ ހަރުގަނޑެއްގެ ސިފައެވެ. މައިގަނޑު ދެ ދަނޑިއެވެ. ނުވަތަ ދުންޏެވެ. އެކަތި އަނެކައްޗާއި ގުޅުވަނީ ގަޅިތަކުންނެވެ. މި ސަބަބަށްޓަކައި ހަޔާތުގެ ހަރުގަނޑަކީ ޑީއެންއޭ ކަމަށް ސައިންސްވެރިން ސިފަކުރެއެވެ. ޑީއެންއޭ އެކުލެވިގެންވާ ގޮތުން ހަރުގަނޑަކާ ވައްތަރުވިޔަސް ނުވަތަ އެގޮތަށް ސިފަކުރެވުނަސް އެއީ އިންސާނުން މިގެންގުޅޭ ހަރުގަނޑުތަކާއި ގުޅުވޭނެ އެއްޗެއް ނޫނެވެ. ގުޅޭ އެއްޗެއް ވެސް ނޫނެވެ. އެކަމަކު އުސްތަންތަނަށް ހަރުގަނޑުގެ އެހީގައި އެރުމުގެ ހިތްވަރާއި ކެރުމަކީ އެމީހެއްގެ ޑީއެންއޭއާ ގުޅިފައި އޮންނަ ކަމަކަށް ވެދާނެއެވެ. 

ހަރުގަނޑެއްގެ ވާހަކަ މިގެނައީ ޑީއެންއޭގެ ސިފަޔާއި އެއްގޮތްވުމާއި ދާދިފަހަކުން ހަރުގަނޑެއްގެ ވާހަކަ ސިޔާސީ ކަމަކާ ގުޅުވައިގެން ވަރަށް ބޮޑަށް ދެކެވިފައި އޮތުމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރުގައި މާލޭގައި ކުރެވުނު ހަޅުތާލެއްގެ ތެރޭގައި ސިޔާސީ ބޭފުޅަކު ވިދާޅުވިއެވެ. ހަރުގަނޑަކުން އެވެނި ތަނެއްގެ ފާރު މައްޗަށް އަރައިގެން އެތެރެއަށް ވެސް ވަދެވިދާނެއެވެ. އެކަން ކުރަން ތައްޔާރެވެ. އެވިދާޅުވާ ތަނަކީ ސިފައިންގެ ހެޑްކުއާޓަރެވެ. އޭގެ ތަންކޮޅެއް ފަހުން ހުދު ވާގަނޑެއްގެ ވާހަކަ ވެސް ވިދާޅުވިއެވެ. މިކަން މިމަގުން ހިގާފައި އޮތީމާ އޭނާގެ ސިޔާސީ ހަރަކާތްތަކާއި ގުޅުވައިގެން ހަރުގަނޑާއި ހުދު ވާގަނޑެއްގެ ވާހަކަ ވަރަށް ގިނަބަޔަކު ދައްކައެވެ. މަޖާޒީ ގޮތެއްގައެވެ. 

ހުސްވި ހަފުތާ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބަޔަކު ސިޔާސީ އައު ހަރަކާތެއް ވުޖޫދުކޮށްފިއެވެ. މި ހަރަކާތުގެ ކުރުނަމަކީ ޑީއެންއޭ އެވެ. ދިގު ނަމަކީ ދިވެހި ނެޝަނަލް އެކްޝަން އެވެ. ލޯގޯ ވެސް ތައާރަފު ކުރިއެވެ. ފެއްސާއި ރަތާއި ހުދުގެ ދިވެހި ދިދައިގެ ދަށުގައި ކަޅު އަކުރުން ފަލަކޮށް ބޮޑުކޮށް ލިޔެފައި އޮންނަނީ ޑީއެންއޭ އެވެ. އެމީހުން ބުންޏެވެ. މިއީ ދިވެހީންގެ ޑީއެންއޭ އެވެ. ދިވެހީންގެ ވިންދެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ އުތުރު ތަނޑިއަށް ވެސް އަދި ދެކުނު ތަނޑިއަށް ވެސް ތަބާވާނޭ ހަރަކާތެއް ނޫނެވެ. ދިވެހިރާއްޖެއަށް ބޭނުންވަނީ ސިޔާސީ ތިންވަނަ ތަނޑިއެކެވެ. ދިވެހިންގެ ޑީއެންއޭ މިހާރު އެދިގޮވަނީ މިކަމަށެވެ. 

ކޮންމެ ތިންލައްކަ އަހަރަކުން ދުނިޔޭގެ މެގްނެޓިކް ފީލްޑް އުތުރު ތަނޑިން ދެކުނު ތަނޑިއަށް ބަދަލުވާ ބީދައިން ދިވެހިރާއްޖޭގެ ސިޔާސީ މެގްނެޓިކް ފީލްޑް ވެސް ފަހަކަށް އައިސް ފަސް އަހަރަކުން ދިހަ އަހަރަކުން އެބަ ބަދަލުވެއެވެ. މިވަގުތު އޮތީ އުތުރު ތަނޑީގައެވެ. ސިޔާސީ ސަމުގާގެ ކަށި އުތުރަށް ހުއްޓެނީ އެހެން ވެގެންނެވެ. މި ދޭތެރެޔަކުން ދެކުނު ތަނޑީގައި ވެސް އޮވެއްޖެއެވެ. ދުނިޔޭގެ މެގްނެޓިކް ފީލްޑް އުތުރުން ދެކުނަށް ބަދަލުވަނީ ދުނިޔޭގެ ހަތަރު ފަށަލައިގެ ތެރެއިން އައުޓަރ ކޯރއޭ ކިޔުނު ފަށަލައިގެ ކެމިސްޓްރީއަށް އަންނަ ބަދަލަކުންނެވެ. ރާއްޖޭގެ ސިޔާސީ މެގްނެޓިކް ފީލްޑް ބަދަލުވަނީ ރައްޔިތުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ކެމިސްޓްރީއަށް އަންނަ ބަދަލަކުންނެވެ. 

ރާއްޖޭގެ ސިޔާސީ މެގްނެޓިކް ފީލްޑް ދެކުނު ތަނޑީގައި އޮތް ޒަމާނުގައި އެކޮޅުން ލުހިގެން ނެއްޓިގެން ވިރިގެން އައި މައުދަން ކޮޅަކާއި އުތުރު ތަނޑީގައި އޮތް ޒަމާނުގައި އެކޮޅުން ވިރިގެން ފައިބައިގެންދިޔަ އެތިކޮޅަކާއި މިހެންގޮސް އެކިކަހަލަ އެތިއެތިކޮޅު ހުޅަނގު ބިތަށް ޖަމާވުމަކީ މެގްނެޓިކް ފީލްޑް ހުޅަނގަށް ބަދަލުވެ އައު ތަނޑިއެއް އުފެދެން ލާޒިމުކުރާ ކަމެއް ނޫނެވެ. ނިޒާމު މަސައްކަތް ކުރަނީ އެގޮތަކަށް ނޫނެވެ. ނިޒާމުގެ ޑީއެންއޭ އާއި ދުނިޔޭގެ ޑީއެންއޭއިން މިއީ ސާބިތުވެފައިވާ ހަގީގަތެކެވެ. ގުޅުމެއްނެތް ބީރައްޓެހި ތަކެތި މަސްހުނި ކުރީމާ ގިނަފަހަރު ގޮވާނީ އަތަށެވެ. ލަކުޑިދެއްޔާއި ނައިޓްރޯގްލިސެރިން އެއްތަން ކޮށްގެން ޑްރީމް ޓީމަކަށެއް ނުވެއެވެ. އެ ބަދަލުވަނީ ޑައިނަމައިޓަށެވެ.

އުތުރު ތަނޑިން ނެއްޓިގެން އަންނަ ތިމަރަކޮޅު ހުޅަނގުގައި އޮތަސް އެވާނީ ހަމަ ތިމަރަކޮޅަކަށެވެ. ރަންކޮޅަކަށެއް ނުވެއެވެ. ދެކުނު ތަނޑިން ވިރިގެން ފައިބައިގެންދާ ދަގަނޑުކޮޅު ކޮންމެ ހިސާބެއްގައި ލައްވާލިޔަސް އޭގެ ތޮބީއަތަށް ބަދަލު އައުމެއް ނުވެެއެވެ. ދެންވެސް އެއީ ދަގަނޑުކޮޅެކެވެ. ޖަވާހިރަކަށެއް ނުވެއެވެ. މިކަންކަން މިހެން އޮތީމާ ބުނެވޭނީ ނަމުން ޑީއެންއޭ ވިޔަސް ކަމުން ޑީއެންއޭ ނުވާ ކަމުގައެވެ. ތިންވަނަ ތަނޑިއެއް އުފެދުމަކީ މި ރާއްޖޭގެ ޑީއެންއޭ ޖާގަދޭނޭ ކަމެއް ނޫން ކަމުގައެވެ. ހަރުގަނޑަކުން އަރައި އިންގިލާބު ގެނެވިދާނެޔޭ ބުންޏަކަސް އިންގިލާބެއް ނުގެނެވެއެވެ. ހަރުގަނޑެއް ސިފަކޮށްދިނުމުގެ ނިޔަތުގައި ޑީއެންއޭ ލިޔުނަކަސް ޑީއެންއޭ އަކަށް ވެސް ނުވެއެވެ. މުސްތަހީލުކަންކަން ހަގީގަތަކަށް ނުވާތީއެވެ.

ޕާރޓީ ނިޒާމްޑީއެންއޭދިވެހި ނެޝަނަލް އެކްޝަންދިވެހި ޕޮލިޓިކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީތަކުން މަޖިލީހަށް 11 މެންބަރުން ހޮވާނަމަ، ރައްޔިތުންގެ "ބާރުގެ" ބޭނުމެއް ނެތްތާ!

ޕާޓީތަކުން މަޖިލީހަށް 11 މެންބަރުން ހޮވާނަމަ، ރައްޔިތުންގެ "ބާރުގެ" ބޭނުމެއް ނެތްތާ!

24 އޮކްޓޯބަރު 2023
އެތައް ސަތޭކަ ގައުމުގެ ތެރެއިން ބްލިންކަން ޑިމޮކްރަސީގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ދިވެހިރާއްޖެއަށް

އެތައް ސަތޭކަ ގައުމުގެ ތެރެއިން ބްލިންކަން ޑިމޮކްރަސީގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ދިވެހިރާއްޖެއަށް

05 އެޕްރީލު 2023
އެއްބައިވަންތަކަން ނަގާލުމުގެ އުކުޅުތަކުގެ އެއްގޮތްކަން ހާދަހާ ބޮޑެވެ.

އެއްބައިވަންތަކަން ނަގާލުމުގެ އުކުޅުތަކުގެ އެއްގޮތްކަން ހާދަހާ ބޮޑެވެ.

13 ޖެނުއަރީ 2022
އައު ގާނޫނު އަސާސީއާއެކު ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބޭތަނެއް ނުފެނޭ – އަބްދުﷲ ކަމާލުއްދީން

އައު ގާނޫނު އަސާސީއާއެކު ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބޭތަނެއް ނުފެނޭ – އަބްދުﷲ ކަމާލުއްދީން

14 ޖުލައި 2021
ކެބިނެޓަކީ ޕާޓީތަކަށް ލިޔެދޭ ގޮއިފާލައްބައެއް ނޫނެވެ.

ކެބިނެޓަކީ ޕާޓީތަކަށް ލިޔެދޭ ގޮއިފާލައްބައެއް ނޫނެވެ.

23 މާރިޗު 2021

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު