Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިފައިންނާ ގުޅޭގޮތުން ދައްކާ ދޮގު ވާހަކަ

ގަތްދެވި ފިލިއަސް ވީ ފަރިތައެއް ނުފިލާނެ

ދިމާކޮށްގެން އުޅެނީ ދިފާއީ ބާރުގެ އަގު ވައްޓައިލުމަށް

ރާއްޖެ އެމްވީ | 18 މާރިޗު 2021 | ބުރާސްފަތި 17:06
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން: ދިވެހި ސިފައިންގެ އަގު ވައްޓައިލުމަށް ސިޔާސީ ބަޔަކު ދަނީ މަސައްކަތް ކުރަމުން.

އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން: ދިވެހި ސިފައިންގެ އަގު ވައްޓައިލުމަށް ސިޔާސީ ބަޔަކު ދަނީ މަސައްކަތް ކުރަމުން.

ގައުމެއްގެ ދިފާއު ފޫއަޅުވައިލުމަށް އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ ކަނޑިބަޑި ހިފައިގެން އަރައި ތަޅައި މަރައި ދިފާއުގެ ސަފުތައް ތޮރުފައިލުމެވެ. އަނެއްގޮތަކީ ދިފާއީ ބާރު ބަލިކަށިވާނޭހެން އެބާރުގެ ޝަޚުސު ކަތިލުމެވެ. ދިފާއީ ބާރުގެ ބަދަހިކަން ގުޑުވާލައި ޒައާމަތުގެ އިތުބާރު ނަގާލައި ސަފުތައް ބަލިކަށިކޮށްލައިގެން ދިފާއީ ފާރު ތަޅައިލުމެވެ. ދިވެހިންގެ ތެރެއިން ގައުމަށް ހެޔޮނޭދޭ ބަޔަކު މިމަގުން ދިވެހިރާއްޖޭގެ ދިފާއީ ސަފުތައް ތޮރުފައިލައި ގައުމުގެ ހަމަޖެހުމާއި އަމާންކަން ނަގައިލުމުގެ މަސައްކަތް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިހާރު ފަށައިފިއެވެ.

ދިވެހި ސިފައިންގެ ޒައާމަތުގައި ހިމެނިވަޑައިގަންނަވާ އޮފިސަރުންގެ ޝަޚުސު ކަތިލައި ސިފައިންނަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލައި ސިފައިންގެ މުޅި މުއައްސަސާގެ އަގު ވައްޓައިލުމަށް މިހާރު ފެށިފައިވާ ހަރަކާތުގެ ފަހަތުގައި ތިބީ ދިވެހި ނެޝަނަލް އެކްޝަން ނުވަތަ ޑީއެންއޭގެ ނަމުގައި ދާދިފަހުން ހަރަކާތެއް ވުޖޫދުކޮށްގެން އުޅޭ މީހުންނެވެ. އެކަމުގައި ދެތިން މީހަކު ވަކިން ބޮޑަށް އިސްވެގެން އުޅޭތީ ފެނެއެވެ. ޑީއެންއޭ ވުޖޫދުކުރި ފަހުން މި ހަރަކާތުގެ ހުރިހާ ހަކަތައެއް ޚާއްސަކޮށްފައިވަނީ ސިފައިންގެ މުއައްސަސާގެ އަގު ވައްޓައިލުމަށާއި ސިފައިންގެ އިސް އޮފިސަރުންގެ ޝަޚުސު ކަތިލުމަށެވެ. 

ގައުމީ ދިފާއީ ބާރާއި ފޮށުމުގެ ދިގު ތާރީޚެއް މީގެތެރެއިން އެކަކަށް ލިބިގެންވެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރުގައި ސަރުކާރު ވައްޓައިލުމަށް ދިފާއީ ބާރުގެ ހެޑްކުއާޓަރު ހިފުމުގެ ވާހަކައެއްވެސް ދެއްކިއެވެ. ހަރުގަނޑަކުން ބަނޑޭރިކޮށީގެ ފާރުމައްޗަށް އަރައި އަނެއް ފަރާތަށް ފުންމައިލެވިދާނެއޭވެސް ބުންޏެވެ. މިއީ ސިފައިންގެ ހެޑްކުއާޓަރަށް ވަދެ އެތަން ހިފައި ބަޣާވާތް ކުރުން ކަމަށް މާނަކުރެވޭތީ އެމީހަކު ފުލުހަށް ހާޒިރުކޮށްގެން ސުވާލު ކުރެވުނެވެ. ތަހުގީގަށް އޭނާ ދިން ޖަވާބަކީ އެއީ ސިޔާސީ ވާހަކައެއް ކަމުގައެވެ. ސިޔާސީ މީހުން އަބަދުވެސް ސިޔާސީ ވާހަކަ ދައްކާނޭ ކަމަށާއި ހަރުގަނޑުގެ ވާހަކަޔަކީ އެގޮތުން އޭނާ ދެއްކި ސިޔާސީ ވާހަކައެއް ކަމުގައެވެ.

ކޮންމެއަކަސް އެފަހަރު ބުނީ އެހެންނެވެ. ސިޔާސީ ވާހަކައެކޭ ބުނެފައި ބޯދަމައިގަތީއެވެ. މިފަހަރު ބުނާނީ ކީކޭބާވައެވެ. ދިވެހި ސިފައިންގެ ޒައާމަތުގައި ހިމެނިވަޑައިގަންނަވާ އޮފިސަރުންނާއި ގުޅުވައިގެން ރިޝްވަތޭ ގައުމުގެ ސިޔާދަތު އިންޑިޔާއާ ހަވާލުކޮށްފިއޭ އުތުރު ތިލަފަޅޭ އެގްރިމެންޓެކޭ ދެލިކަރުދާހެކޭ ނިއުދިއްލީން ފޮނުވިގޮތޭ ކިޔައިގެން ބުހުތާން ވާހަކަތަކެއް ދެއްކުމަށްފަހު އެއީވެސް ސިޔާސީ ވާހަކައެކޭ ބުނެފައި ފަރުޖެއްސިދާނޭ ބާވައެވެ. އެއީ އެގޮތަށް ފަރުޖައްސައިގެން ތިބެން ހެޔޮވާޒާތުގެ ކަމެއް ބާވައެވެ. ގައުމުގެ ދިފާއީ ބާރުގެ އަގު މިގޮތަށް ވައްޓައިލަން ދޫކޮށްގެން ތިބެން ހެޔޮވާނޭ ބާވައެވެ.

ނޫނެކެވެ. މިއީ އެގޮތަށް ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. މިއީ އެއަށްވުރެ ސީރިއަސް ކަމެކެވެ. މިއީ ގައުމުގެ ދިފާއީ ސަފު ފޫއަޅުވައިލަން މަސައްކަތް ކުރުމެކެވެ. މިއީ ނުރައްކާތެރި ކަމެކެވެ. ގައުމީ ދިފާއީ ބާރަކީ ގައުމުގެ ހުރުމަތްތެރިވެގެންވާ މުއައްސަސާއެކެވެ. އެއީ ސިޔާސީ މީހުން މޮޑެން އޮންނަ ސިޔާސީ ސަޓަނިގަޑެއް ނޫނެވެ. ގައުމުގެ ދިފާއީ ފަހުލަވާނުންގެ އަބުރާއި އިއްޒަތަކީ ސިޔާސީ މީހުންނަށް ކުޅެން ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. ގައުމަށް ދިމާވާ ނުރައްކާތަކާއި ކުރިމަތިލައި މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި އަމިއްލަ މޭގަނޑު އައްޑަނަޔަކަށް ހަދައިގެން ތިބޭ ގައުމީ ބަތޮލުންގެ އަބުރާއި އިއްޒަތަކީ ގައުމުގެ ދިފާއީ ސަފުގެ ބަދަހިކަން ކަށަވަރު ކުރުމަށްޓަކައި ހިފެހެއްޓެން ޖެހޭ އެއްޗެކެވެ.

ގައުމަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ނިކުމެތިބި ފައުޖީންގެ ޝަޚުސު ކަތިލުމަކީ ގައުމުގެ ޝަޚުސު ކަތިލުމެކެވެ. ގައުމުގެ ދިފާއު ބަލިކަށި ކުރުމެކެވެ. ދިފާއީ ސަފުތައް ފޫއަޅުވައިލުމެކެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަކީ އެއީއެވެ. މިފަދަ އަމަލުތައް ހިންގާފައި ބަލަގަ އެއީ ސިޔާސީ ވާހަކައެކޭ ނުބުނެވޭނެއެވެ. އެހެން ބުނަން ފުރުސަތު ދެވިގެންވެސް ނުވާނެއެވެ. އެ ފުރުސަތު ދެވެންޏާ އެއަށްވުރެ ވަކި ނުރައްކާތެރި ކަމެއް ދިވެހި ގައުމަށް ކުރިމައްޗެއް ނުވާނެއެވެ. ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލި ސިފައިންގެ އިތުބާރު ގެއްލުމަށްވުރެ ބޮޑު ބިރުވެރިކަމެއް އެ މުއައްސަސާއަށް ވެސް ކުރިމައްޗެއް ނުވާނެއެވެ.

ޑީއެންއޭގެ ނަމުގައި އުފައްދާފައިވާ ސިޔާސީ ހަރަކާތުގެ އަނެއް މުއައްސިސަކީ ވެސް ކުރީގެ ވަޒީރެވެ. ގައުމުތަކުގެ މުވާސަލާތު ހިނގާގޮތާއި ހިނގަންވާނޭ ގޮތާއި ގައުމީ ސިއްރުތައް ހިފެހެއްޓުމުގެ ބޭނުމާއި އޭގެ ހިކުމަތް ރަގަޅަށް މޭރުންވާނޭ މީހެކެވެ. އެކަމަކު މިހާރު އެބަބުނެއެވެ. ތިޔަ އެއްބަސްވުން ގުޅަކުޅޭ ފަސްގަޑަށް ނެރެ އާއްމުންނަށް ދައްކާށެވެ. ތިޔަ އެތި ވީދައިލާށެވެ. ގައުމީ ދިފާއީ ބާރާއި ގުޅޭ އެންމެހައި ކަންކަން އެންމެނަށް ހާމަކުރުމަކީ ކޮން ގައުމެއްގައި ކުރާ ކަމެއް ބާވައެވެ. އެއީ އެއްވެސް ގައުމެއްގައި ކުރާ ކަމެއް ނޫނެވެ. ދިފާއީ ރޭވުންތައް ހާމަކޮށް ދިފާއީ ވަސީލަތްތަކުގެ މޮޅުދެރަ ހާމަކުރުމަކީ ދިފާއީ މުއައްސަސާ ބަރަހަނާ ކުރުމެކެވެ. ދިފާއީ މުއައްސަސާ ބަރަހަނާކޮށްގެން ދިފާއުކުރެވޭ ގައުމެއް ނޯވެއެވެ. އެއީ ގައުމަކަށް ލިބޭނޭ އެންމެ މަތީދަރަޖައިގެ ނިކަމެތިކަމެވެ.

މިއީ ގަބޫލުކުރާ ގަބޫލުކުރުމަކުން އަދި ތަބާވާ ތަބާވުމަކުން ބުނާ ވާހަކައެއްނަމަވެސް އެންމެ ރަގަޅެވެ. އެކަމަކު މިވާހަކަ ދައްކާ ބައެއް މީހުން ތަރުބިއްޔަތުވެފައިވަނީ ކަންކަން ސިއްރުކުރުމާއި ފޮރުވުމުގެ ފަލްސަފާގެ މަތީގައެވެ. ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަންވެސް ނާންގައި ސިއްރުކޮށް މައުލޫމާތުގެ ގުޅި ބަންދުކޮށްގެން ތިބުމުގެ ސަގާފަތުގެ ތެރޭގައެވެ. އިހުގެ މުސްކުޅިން ބުނެއެވެ. ގަތްދެވި ފިލިއަސް ވީ ފަރިތައެއް ނުފިލާނެއެވެ. އެގޮތުން މިވެރިންގެ ކިބައިގައި އަށަގެންފައި ހުންނަ ނުބައި އާދަތައް ދުވަހަކުވެސް ފިލުމެއް ނެތީއެވެ. ތިމާމެންގެ އަމިއްލަ އެދުން ހާސިލްވާން އޮތީ ގައުމާއި ގައުމުގެ ދިފާއީ ބާރުގެ ފޭރާން ކަޝްފުކޮށް ބޭޒާރުކޮށްގެން ކަމަށް ހީވާތީ މިހާރު އެތިބީ އެކަން ކުރުމަށް ވެސް ފޫގަޅައިގެންނެވެ. ދައްކާށޭ، ދައްކަންވާނެޔޭ ގޮވަނީ އެހެންވެއެވެ. އެހެން ގޮވިޔަކަސް ދައްކަން ނުޖެހޭ އެއްޗެއް ނުދައްކާނެއެވެ. ދައްކާކަށް ނުވެސް ޖެހޭނެއެވެ.

މިނިސްޓްރީ އޮފް ޑިފެންސްދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދިވެހި ޕޮލިޓިކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު