Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެއްބައިވަންތަކަން ނަގާލުމުގެ އުކުޅުތަކުގެ އެއްގޮތްކަން ހާދަހާ ބޮޑެވެ.

މުޖުތަމައުގެ އެކުވެރިކަން ނަގާލައި ބައިވައިވުން އުފެއްދުމަކީ މި ފަލްސަފާގެ އެންމެ މުހިއްމު ބައި

| 13 ޖެނުއަރީ 2022 | ބުރާސްފަތި 08:31
ޑުސަޑޯފުން 1919 ވަނަ އަހަރު ފެނުުނު ލިޔުމުގެ މައްޗަށް 1975 ގައި ނޫހެއްގައި ލިޔެފައިވާ ދިރާސާ ލިޔުމެއް

ޑުސަޑޯފުން 1919 ވަނަ އަހަރު ފެނުުނު ލިޔުމުގެ މައްޗަށް 1975 ގައި ނޫހެއްގައި ލިޔެފައިވާ ދިރާސާ ލިޔުމެއް

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުތަނާހެން ޖަރުމަންވިލާތުގެ ޑުސެޑޯފޭ ކިޔުނު ރަށުން ކޮމިއުނިސްޓުންގެ ވަރަށް ސިއްރު ލިޔުމެއް ފެނުނެވެ. އެދުވަސްވަރަކީ ރަޝިޔާގެ އެތައްސަތޭކަ އަހަރުވީ ވަރުގަދަ ރަސްކަން ވައްޓާލައި ކޮމިއުނިސްޓް އިންގިލާބެެއް ގެނެސް އެ އިންގިލާބުގެ މޫތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރުމަށް ގަދައަޅައި މަސައްކަތްކުރި ޒަމާނެވެ. ކޮމިއުނިޒަމުގެ ޅަފަތުގެ ޒަމާނެވެ. މުޅި ދުނިޔެ އިންގިލާބު ކުރުމަށް ކޮމިއުނިސްޓުން ބަލައިގަތް ފަލްސަފާ އޮތީ މިދެންނެވި ލިޔުމުގައި ވަރަށް ސާފުކޮށް ނަލަކޮށް ބަޔާންކުރެވިފައެވެ. އެ ލިޔުން ހާމަވެ އިންގިލާބީ ފިކުރުގެ ސިއްރުތައް ބޭޒާރުވެގެންދިޔަތާ ސަތޭކަ އަހަރުވީއެވެ.

ކުރިން ބަޔާންކުރެވުނު ލިޔުމާއި ފަލްސަފާޔަށް އެއްގަރުނަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަމަކު އޭގައި ހުރި ނުގުތާތަކަށް ވަކިވަކިން ބަލާއިރު ދިވެހިރާއްޖެވެސް ހިމެނޭގޮތުން އެކި ގައުމުތަކުގައި މިއަދު ހިނގަމުންދާ ކަންކަމާއި އާއްމުގޮތެއްގައި ފިކުރުތައް ބައްޓަން ކުރެވޭ ހަމަޔަށް ވިސްނައިލީމާ ހުރިހާ ކަމެއްވެސް ތަރުތީބުވެގެން މިއަންނަނީ ކޮމިއުނިސްޓް އިންގިލާބީ ފަލްސަފާ ކާމިޔާބުކުރުމުގެ ރޭވުންތަކުގައި ބަޔާންކުރާ ނުގުތާތަކުގެ މަތީގައޭ ހީކުރެވެއެވެ. އެހާވެސް އެއްގޮތްކަން ބޮޑެވެ. އެހެންވީމާ އޭގައިހުރީ ކޮން ވާހަކަތަކެއްތޯ ބަޔާންކުޅައުމަށް ގަސްތުކުރީއެވެ. ކަންކަން ހިނގަނީ އެ ފަލްސަފާގެ ދަށުންނޭ ދަންނަވަނީއެއް ނޫނެވެ. އެއްގޮތްކަން އެބަހުއްޓޭ ހިތަށް އަރަނީއެވެ.

ޖުމްލަ އަށެއްކަ ނުގުތާގެ މައްޗަށް އެކުލެވިގެންވާ މި ލިޔުމުގައި ބުނެއެވެ. ސަރުކާރާއި ވެރީންނާމެދު ވިސްނައި ފިކުރުކުރަން ރައްޔިތުންނަށް ފުރުސަތުދީގެން ނުވާނެއެވެ. ރައްޔިތުން ބައިތިއްބަންވާނީ ދުނިޔަވީ އުފަލާއި ކުޅިވަރުގެ މައްޗަށް އާފިލުކަމުގެ ނިންޖެއްގެ ތެރޭގައެވެ. ލަވަޔާއި މިއުޒިކާއި ކުޅިވަރާއި ޝަހުވަތްތެރިކަމުގެ ދުނިޔެއެއްގައެވެ. މައްސަލަޔަކަށް ނުވާ އާދައިގެ ކަންކަންވެސް ބޮޑުކޮށް ރައްޔިތުން ތިބެންވާނީ ވާނުވާގައެވެ. އެއްބަޔަކު އަނެއްބަޔަކާ މުޑިއަރައި ކުރިއަށް ނުދެވޭ ހާލަތުގައެވެ. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އެއްގޮތަކަށްވެސް އޮތަދީގެން ނުވާނެއެވެ. އެކަން އޮތީ އެހެންކަން ކަށަވަރުވެސް ކުރަންވާނެއެވެ.

ރައްޔިތުންގެ ތެރެއިން ކަންކަމާމެދު ވިސްނައި ފިކުރުކޮށްހަދާ އަދި ރައްޔިތުންނަށް ހެޔޮގޮތް ބުނެދޭ މީހުން ފާހަގަކޮށް އެމީހުންގެ އަގާއި ހުރުމަތް ވެއްޔާއި މޮޑެލަންވާނެއެވެ. ރައްޔިތުންގެ ގަދަރާއި އިހުތިރާމާއި އިތުބާރު ލިބިގެންވާ މީހަކު ހުރެގެން ނުވާނެއެވެ. މިކަންކުރުމަށްޓަކައި ކޮންމެވެސް ބަޔަކު އަބަދުވެސް އެމީހުންނާ ފާކޮށްފައި ބައިތިއްބަންވާނެއެވެ. ވަކާލާތު ކުރަންވާނީ ޑިމޮކްރަސީއަށެވެ. ދައްކާންވާނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ވާހަކައެވެ. އެކަމަކު ވެރިކަން ލިބިގަތުމާއި އެވެރިކަން ދެމެހެއްޓުމަށްޓަކައި އަމަލުތައް ބައްޓަންކުރަންވާނީ ބަހާއި އިދިކޮޅަށެވެ. ވެރިކަމަށްޓަކައި ގުރުބާން ނުކުރެވޭ ހަމައެއްވެސް އެއްޗެއް އޮވެގެން ނުވާނެއެވެ.

ސަރުކާރުގެ ބޭކާރު ޚަރަދުތައް އިތުރުކުރަން ގަދައަޅަންވާނެއެވެ. ހިތްވަރުދޭން ވާނެއެވެ. ލޭންދޭނަށް ތަކެތި ލިބުމުގެ ދޮރު ރައްޔިތުންނަށް ހަނިކުރާން ވާނެއެވެ. ފައިސާގެ އަގުވެއްޓި ތަކެތީގެ އަގު އަތްނުފޯރާފަށަށް އެރުމުގެ ބިރުވެރިކަން ދަމަހައްޓަންވާނެއެވެ. އިގްތިސާދީ ހާލަތާމެދު ރުހޭ މީހަކު ހުރެގެންނުވާނެއެވެ. ބޮޑެތި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުން ހަޅުތާލަށް ނެރެންވާނެއެވެ. އެއްވެސް ސިނާއަތެއްގައި ހަމަޖެހުން އޮވެގެން ނުވާނެއެވެ. ރައްޔިތުން ބައިތިއްބަންވާނީ ބަސްނޭހުމާއި ނުކިޔަމަންތެރިކަން ފާޅުކުރުމުގެ ވެއްޓެއްގައެވެ. މާތުރަ، އެޒާތުގެ ކަންކަން މައިތިރިކުރަން ހަރުކަށިކަން ކުރިއަށް ނެރުމެއް ނެތެވެ. މިކަމުގައި ކުޅެންޖެހޭނީ ތަމްސީލެވެ.

ރައްޔިތުން އެެއްބައިކުރުވާ ހުރިހާ އުސޫލުތަކާ ފޭއަށް ޖެއްސުމަށް ކުރެވެންހުރި އެންމެހައި ކަންކަން ކުރާންވާނެއެވެ. ގައުމިއްޔަތުގެ ވާހަކަ ދައްކާންވާނެއެވެ. އެކަމަކު ގައުމިއްޔަތަށް ތަބާވިޔަދީގެން ނުވާނެއެވެ. ދީނާއި އާޚިރަތުގެ ވާހަކަވެސް ދައްކާންވާނެއެވެ. އެކަމަކު އެމަގު އިޚުތިޔާރު ކުރުމުގެ ފުރުސަތު ފަހިކޮށްދީގެން ނުވާނެއެވެ. ގައުމުދެކެ ލޯބިވާންޖެހޭ ވާހަކަ ބުނާންވާނެއެވެ. އެކަމަކު ގައުމުދެކެ ލޯބިވުމަކީ ކޮބައިކަން ނޭނގޭ މިންވަރަށް މީސްތަކުން އޮޅުން ބޮޅުން ކުރާންވާނެއެވެ. ކުރީޒަމާނުން ފެށިގެން މީސްތަކުން ތަބާވަމުން އައި ހަރުދަނާ އުސޫލުތަކަކީ ޒަމާނަށް ނުފެތޭ ބޯދާ އެއްޗަކަށް ހަދައި އެފަދަ ކަންކަމަށް މީސްތަކުން އެލާޖިކް ކުރާންވާނެއެވެ.

ދިވެހި ޕޮލިޓިކްސްޕޮލިޓިކަލް ޑިސީސް

އިތުރަށް ކިޔާލަން

05 އެޕްރީލު 2023

އެތައް ސަތޭކަ ގައުމުގެ ތެރެއިން ބްލިންކަން ޑިމޮކްރަސީގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ދިވެހިރާއްޖެއަށް

05 އެޕްރީލު 2023
އެތައް ސަތޭކަ ގައުމުގެ ތެރެއިން ބްލިންކަން ޑިމޮކްރަސީގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ދިވެހިރާއްޖެއަށް
14 ޖުލައި 2021

އައު ގާނޫނު އަސާސީއާއެކު ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބޭތަނެއް ނުފެނޭ – އަބްދުﷲ ކަމާލުއްދީން

14 ޖުލައި 2021
އައު ގާނޫނު އަސާސީއާއެކު ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބޭތަނެއް ނުފެނޭ – އަބްދުﷲ ކަމާލުއްދީން
23 މާރިޗު 2021

ކެބިނެޓަކީ ޕާޓީތަކަށް ލިޔެދޭ ގޮއިފާލައްބައެއް ނޫނެވެ.

23 މާރިޗު 2021
ކެބިނެޓަކީ ޕާޓީތަކަށް ލިޔެދޭ ގޮއިފާލައްބައެއް ނޫނެވެ.
21 މާރިޗު 2021

އުމަރު ޒާހިރު ވިދާޅުވިޔަސް . . . . . .

21 މާރިޗު 2021
އުމަރު ޒާހިރު ވިދާޅުވިޔަސް . . . . . .
18 މާރިޗު 2021

ގަތްދެވި ފިލިއަސް ވީ ފަރިތައެއް ނުފިލާނެ

18 މާރިޗު 2021
ގަތްދެވި ފިލިއަސް ވީ ފަރިތައެއް ނުފިލާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު