Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ މަޖިލިސް

ޕާޓީތަކުން މަޖިލީހަށް 11 މެންބަރުން ހޮވާނަމަ، ރައްޔިތުންގެ "ބާރުގެ" ބޭނުމެއް ނެތްތާ!

11 މެންބަރުންގެ ވާހަކަ ބިލުގައި އޮތީ ނުދައްކާ، ސިއްރު ވާހަކައެއްގެ ގޮތުގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 24 އޮކްޓޯބަރު 2023 | އަންގާރަ 07:34
މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް

މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް

މިދިޔަ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލެކެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް އިސްލާހެއް ގެނައުމަށެވެ. ފެންނަ ފެނުމަށް އެއީ ރަނގަޅު އިސްލާހެކެވެ. މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގައި ހިފަހައްޓަން ހުށަހެޅި އިސްލާހެކެވެ.

މި ބިލު މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާއަށް ހުށަހަޅައި، މިހާރު އޮތީ އިބްތިދާއީ ބަހުސުގެ މަރުހަލާގަ އެވެ. ހުޅުދޫ ދައިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި މި ބިލުގައި އަދި މަޖިލީހުގެ މެމްބަރުންގެ ފަރާތުން ނީވޭ އެއްވާހަކަ އެބަ އޮތެވެ. ބިލު ހުޅުވައި ކިޔާލުމުން ނޫނީ އެ އެއްޗެއް އެ ބިލުގައި އޮތް ކަމެއް ނޭނގޭ ކަމެކެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުގެ މަތީން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން،" މި އެވެ. އިލްޔާސް ހުށަހެޅުއްވި އިސްލާހުގައި ހިމެނޭ، 76 މެންބަރުން ކަނޑައެޅޭނެ އެއް ގޮތަކީ މި އެވެ.

ސާފު އިބާރާތުން ބުނެފައި އޮތީ އެ 11 މެމްބަރުން އިންތިހާބު ކުރާނީ ޕާޓީތަކުން ކަމަށެވެ. ނޫނީ އެއީ ޕާޓީތަކުން ފެންނަ 11 މެންބަރަކު ދާއިމަށް މަޖިލީހުގެ އިންނަވާނެ ވާހަކަ ހެއްޔެވެ؟

އިލްޔާސް ފޯނު ނުނަންގަވާތީ އިލްޔާސްގެ ފަރާތްޕުޅުން އަދި ޑިމޮކްރެޓްސްގެ ފަރާތުން މި އިސްލާހު އެހެން ހުށަހެޅުއްވީ ކީއްވެ ކަމެއް އަދި ސާފެއް ނުވި ނަމަވެސް، މި އިސްލާހުން ސާފުވަނީ ދެ ކަމެކެވެ. ޕާޓީތަކުން ބޭނުންފުޅުވާ ބޭފުޅަކު މަޖިލީހުގައި "ޑަންލަޕުލައި" ހަރުކޮށްފައި ބެހެއްޓުމާއި، ރައްޔިތުންގެ އަތުން އެ ބާރު ނެގުމެވެ.

އެހެން ނުދެންނެވޭނެ ސަބަބެއް ނެތެވެ. ޑިމޮކްރެޓިކް އުސޫލުތަކުން ބަލާއިރު ވެސް މިއީ ބީރައްޓެހި ގޮތެކެވެ. ގާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް ބާރުތައް ރައްޔިތުންގެ ކިބައިން ފަށައި، ބާރުތައް ރައްޔިތުންގެ ކިބައިން ނިމޭކަމަށް ބުނާ ބުނުމަށް ވެސް މިއީ ގޮންޖެހުމެއް ނޫން ވަކި ކޮން ކަމެއް ހެއްޔެވެ. ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތުގައި ދާއިމަށް އޮންނާނީ އެ ބާރު މިހާރު ވެސް އޮތް ގޮތަށް ރައްޔިތުންނަށް ދީގެންނެވެ.

އެ ބާރު ރައްޔިތުންގެ އަތުގައި އޮންނާނީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބު ކުރެވޭ މެންބަރެއް މަޖިލީހުގައި ހުރެގެންނެވެ. އެހެންނޫނީ ރާއްޖޭގައި މި އޮތް ހައިބްރިޑް ޑިމޮކްރެސީގެ ބޭނުމެއް އަސްލު ނުފެނެ އެވެ.

ދެން އޮތް ސަބަބު ވެސް ސާފެވެ. ވަކި ބޭފުޅަކު މަޖިލީހުގައި ބައިންދަން މިއީ ޖައްސާ މަޅިއެކެވެ. ރައްޔިތުންގެ ތާއީދު ނެތަސް، މުޅި ދައުލަތް އެބޭފުޅާ ވަށައިގެން ވިދާޅުވާ ގޮތަކަށް އެނބުރުމަށް މިއީ ދެވޭނެ ފުރުސަތެކެވެ. ބާރުތައް މުށު ތެރެއަށްލައި، މަޖިލިސް އަމިއްލަ ތަރިކަ މުދަލަށް ހެދުމަށް ދެވޭނެ މިއީ ފުރުސަތެކެވެ. ވަކި ނަމެއް ނުބުނި ނަމަވެސް، އެފަދަ ބޭފުޅުންނަކީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭނެ އެވެ. އަދި އަންނަ މަޖިލިސް އިންތިހާބުން ވެސް އެކަން ފެންނާނެ އެވެ.

މި އިސްލާހުގެ ދެން ބަޔާކޮށްފައި ހުރި 3 ކަމުގައި މައްސަލައެއް އަސްލު ނެތެވެ. އެކަން ނިންމާނީ މަޖިލީހުންނެވެ. އެކަމަކު މި އިސްލާހު ހުށަހަޅައިގެން އިބްތިދާއީ ބަހުސް މަރުހަލާގައި އޮތް އިރު ވެސް، މި 11 މެންބަރުންގެ މައްސަލަ މަޖިލީހުގައި ނެންގެވި މެންބަރަކު ނެތެވެ. އެ ވާހަކަ ދެއްކެވި މެންބަރަކު ވެސް މަޖިލީހުގައި ނެތެވެ. ބިލުގެ ބޭރުފުށުން 76 މެންބަރުންނަށް، މެންބަރުންގެ އަދަދު މަދުކުރައްވަން ކަމަށް ވިދާޅުވެ އެތެރެ ބަލާލިއިރު މި އޮތީ އަދި ސިއްރު ޕްރޮޕަގެންޑާ އެކެވެ. މިއީ ރައްޔިތުންނަށްވެވޭ ކިހާ ބޮޑު އޮޅުވައިލުމެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލިސްއިލްޔާސް ލަބީބްޕާރޓީ ނިޒާމްޑިމޮކްރަސީ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ރާއްޖޭގައި ކުރާ މުޒާހަރާތަކާއި ހައްޔަރު ކުރި މީހުންގެ ރިޕޯޓުތަށް ވަރަށް ގާތުން ބަލަމުންދާކަމަށް ކޮމަންވެލްތުން ބުނެފި

05 އޮކްޓޯބަރު 2025
ރާއްޖޭގައި ކުރާ މުޒާހަރާތަކާއި ހައްޔަރު ކުރި މީހުންގެ ރިޕޯޓުތަށް ވަރަށް ގާތުން ބަލަމުންދާކަމަށް ކޮމަންވެލްތުން ބުނެފި
18 ސެޕްޓެމްބަރު 2025

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"

18 ސެޕްޓެމްބަރު 2025
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"
16 ސެޕްޓެމްބަރު 2025

ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާއިން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާއިން ގޮވާލައިފި
15 ސެޕްޓެމްބަރު 2025

ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް އިދިކޮޅު ސިޔާސީ ލީޑަރުން ގޮވާލައިފި

15 ސެޕްޓެމްބަރު 2025
ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް އިދިކޮޅު ސިޔާސީ ލީޑަރުން ގޮވާލައިފި
14 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުއެވެ، ގޮތް ދޫކުރުމަކީ ލަދުކަމެއް ނޫނެވެ.

14 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުއެވެ، ގޮތް ދޫކުރުމަކީ ލަދުކަމެއް ނޫނެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު