Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ސާލިހުގެ ކެބިނެޓް

ކެބިނެޓަކީ ޕާޓީތަކަށް ލިޔެދޭ ގޮއިފާލައްބައެއް ނޫނެވެ.

ދައުރު ދެބައިވީމާ ވާރޭފެނާއި ވަށަނގުލި އެއްކުރެވޭތޯ އުޅުމުގެ ބޭނުމެއް ނެތް

ރާއްޖެ އެމްވީ | 23 މާރިޗު 2021 | އަންގާރަ 13:04
ރައީސް ސާލިހާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން: ރައީސް ސާލިހުގެ ކެބިނެޓަކީ ތަފާތު ފާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ކެބިނެޓެއް.

ރައީސް ސާލިހާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން: ރައީސް ސާލިހުގެ ކެބިނެޓަކީ ތަފާތު ފާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ކެބިނެޓެއް.

މީހުން ދިރިއުޅޭ ރަށްރަށުގައި ވަރުވާއަށް ލިޔެދެވޭ ގޮތަށް ޚާއްސަކޮށްފައި ހުންނަ ބިންބިމަށް އިހު ކިޔަނީ ހިންނައެވެ. ހިންނަތައް އާއްމުގޮތެއްގައި ހުންނާނީ ގޮއިބިމުގައެވެ. ގޮއިބިމަކީ ރަށްރަށުގައި ބަންޑާރަ ބިމަށް ވަކިކޮށްފައި އޮންނަ ސަރަހައްދެވެ. ގޮއިބިމަކަށް ނުވިޔަސް އަދި ހިންނަޔަކަށް ނުވިޔަސް ރުއްގަހުގެ ތެރެއިން ތައްޖަހައިގެން ސަރުކާރަށް ނެގޭ ބައެއްވެސް އޮވެއެވެ. އެޔަށް ކިޔަނީ ފާލައްބައެވެ. މި ބިންބިމާއި ރުއްގަސް ސަރުކާރުން ހަވާލުކުރަނީ ރަށުގެ ކަމުވޮށިގެންވާ ކޮންމެވެސް މީހަކަށް ވަރުވާއަށެވެ. ވަރުވާއަކީ ރުއްގަހާއި ބިންތައް ލިޔުއްވައިގެން އެ ތަންތަނުގެ ބޭނުންކުރާ މީހާ އަހަރުއަހަރަށް ނުވަތަ މަސްމަހަށް ސަރުކާރަށް ދައްކަންޖެހޭ ތަކެއްޗާއި ފައިސާއެވެ. މިޒަމާނުގެ ބަހުންނަމަ ކުއްޔެވެ.

ގޮއިފާލައްބަޔާއި ހިންނަތައް އާއްމުގޮތެއްގައި ލިޔެދެނީ ސަރުކާރުގެ ރުހުން ލިބިފައިވާ ބޮޑުންނަށެވެ. އެއީ ރަށާއި އަތޮޅާއި ގައުމީ ފެންވަރުގެ ބޮޑުންނެވެ. މި ރުހުމަކީ ވަރަށް ގިނަފަހަރު ދާއިމީ ރުހުމެކެވެ. އާއިލާގެ ތެރެއިން އެކެއްގެ ކިބައިން އަނެކަކަށް ވާރުތަވެގެންދާ ޒާތުގެ ރުހުމެކެވެ. ބައްޕަ ނިޔާވީމާ ދަރިފުޅަށެވެ. މިހެންގޮސް އާއިލާގެ ތެރެއިން މިކަން ވީއްލިގެން ވަކިވެގެންދާނެ ގޮތެއްވެސް ނޯވެއެވެ. އެއީ އެޒަމާނެވެ. އެކަމަކު މިޒަމާނުގައިވެސް ގޮއިފާލައްބައިގެ އުސޫލަށް ތާއީދުކުރާ އަދި އެ އުސޫލު ދެމެހެއްޓުމަށް މަސައްކަތްކުރާ މީހުން ފެނެއެވެ. ބައެއް މީހުންގެ ނަޒަރުގައި ކެބިނެޓުގެ މަގާމުތައް ފެތެންވާނީ މި އުސޫލަށެވެ. ވަޒީރުންގެ މަޖިލީހަކީ މިޒަމާނުގެ ގޮއިފާލައްބައެކެވެ.  

އެންމެފަހުގެ ރިޔާސީ ތިން އިންތިޚާބުގައިވެސް ވެރިކަމަށް އައީ ކޯލިޝަންތަކެކެވެ. އެއް ޕާޓީއަށްވުރެ ގިނަ ޕާޓީތައް އެއްގަލަކަށް އަރައިގެން އެއްބައިވެގެން އެއްވާނަކަށް ދަމައި ވައްޓާލަނީ އޭރަކު އޮންނަ ސަރުކާރެވެ. މިކަން ކުރުމަށް ނިކުތުމުގެ ކުރިން ބޮޑު އަހުދުނާމާއެއްގައި ސޮއިކުރެއެވެ. އޭގައި އޮންނަނީ ގުޅިގެން ވެރިކަން ކުރާނޭ ގޮތުގެ ވާހަކައެވެ. ބާރުތައް ހިއްސާކުރާނޭ ގޮތުގެ ވާހަކައެވެ. ކެބިނެޓުގެ ސްލޮޓުތައް ވެސް ހިމެނޭނޭ ގޮތުންނެވެ. ދެން އިސާހިތަކު އެ ތަކުރަށް ތިން ސްލޮޓް، މިތަކުރަށް ފަސް ސްލޮޓް މިޒާތަކުން ސްލޮޓްތައް ބަހައި ނިންމައިލައެވެ. އެއޮތީ ކެބިނެޓެވެ. ސަރުކާރުގެ ވައުދުތައް ފުއްދައި ރައްޔިތުންނަށް ޚިދުމަތްކުރަން އޮންނާނީ މި ކެބިނެޓެވެ. 

ކޮންމެ ޕާޓީއަކަށް ލިބޭ ސްލޮޓްތަކަށް ވެސް މީހުން ހޮވަނީ އެޕާޓީއެއްގެ ޒައާމަތުންނެވެ. މިހެންވީމާ ވާގޮތަކީވެސް ތޯއްޗެކެވެ. ކެބިނެޓުގައި ތިބެނީ އެއްވިސްނުމެއްގައި އެއްއަމާޒަކަށް އެއްދުވެއްޔެއްގައި ދަތުރުކުރަން ރުހެވޭ ބައެއް ނޫނެވެ. ދަތިއަޅުވައި ވައްޓައިލުމާއި ކަންދެއްކުމާއި އިދިކީލިވުން ވަރަށް ބޮޑެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މައްސަލައެއް ނޯންނާނެޔޭ ކުރެވޭނޭ ކަމެއްވެސް ނޯންނާނެޔޭ ހީކުރުން ބޮޑެވެ. މަގާމުން ވަކިކޮށްފިއްޔާ ދެންވެސް އެ މަގާމަށް އަންނާނީ ސްލޮޓުގެ މިލްކުވެރި ޕާޓީގެ މީހެއްކަމަށް ހީކުރެތެވެ. އެއީ ބައްޕަގެ ފަރާތުން ދަރިފުޅަށް ގޮއިފާލައްބައިގެ ހައްގުތައް ވާރުތަވާ ބީދައިން އޮތުމަށް ލާޒިމު ކަމެކޭވެސް ހީކުރެތެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ދައުރު މިހިރަގެން ދެބައިވަނީއެވެ. ގޮއިފާލައްބައިގެ އުސޫލުން ޕާޓީތަކަށް ކެބިނެޓްގެ ސްލޮޓްތައް ލިޔެދީގެން ކުޅިވަރުކުޅެން ތިބުމަށް ވަގުތެއް ނެތެވެ. ވައުދުތައް ފުއްދާން އެބަޖެހެއެވެ. ނަތީޖާ ނެރެ ދައްކާން އެބަޖެހެއެވެ. ފޭލްވި ބަޔަކު ފޭލްވީއެވެ. ދެން އެ މަގާމުތަކަށް ގެންނަންވާނީ ކަންކަން ކުރުމުގެ ވިސްނުންހުރި މުރާލި ހީވާގި ކެރޭ މީހުންނެވެ. އެ ތަކުރުގެ ހިންނަ އެ ތަކުރުގެ ދަރިޔަކަށް ދިނުމުގެ ވިސްނުން ދޫކޮށް މަގާމުތަކަށް ގެންނަންވާނީ ކަންކަން ކުރުމުގެ ކެރިކުޅަދާނަކަން ހުރި މީހުންނެވެ. އަލީ ވަހީދު ފޭލްވީމާ ޑރ މައުސޫމަށް، އަމީނު ފޭލްވީމާ ކެރަފާ ނަސީމަށް، ޝިދާތާ ފޭލްވީމާ އައިސާދީއަށް ފުރުސަތު ދިން ދިނުން ބަރާބަރެވެ. މަލީހުގެ ބަދަލުގައި ޓެކްނޮލޮޖީ މިނިސްޓަރަކަށް މީހަކު އައްޔަންކުރުމުގައި ވެސް ބަލަންވާނީ މި އުސޫލުން ކަމަށް ގަބޫލުކުރަމެވެ.

ގޮއިފާލައްބައިގެ އުސޫލުން ކެބިނެޓަށް ނާގާބިލް މީހުން އައްޔަން ކުރުމަކީ ވާދޫ ބޭރަށް ފަނާލުން ކަހަލަ ކަމެކެވެ. ނަތީޖާ ނެރެ ދައްކަން ގަދައަޅާ ސަރުކާރަކަށް އެއީ ފަރުޖެއްސޭނޭ ކަމެއްވެސް ނޫނެވެ. ވާދޫ ބޭރަށް ފަނާލުމޭ ބުނެވެނީ ނުކުރެވޭވަރު ކަމެއް ކުރަން އުޅުމަށެވެ. މާލެއަތޮޅު ވާދޫ ބޭރަކީ ގިނަ މޫސުމުގައި ނަގިއްޔަކުން ފަނަކުން ހިފަހައްޓާލަން ވަރަށް އުނދަގޫ އޮއިބާރު އަދި އޮއިބަދަލުވާ ތަނެކެވެ. ރައީސް ސާލިހުގެ ކެބިނެޓުގައި ތިބެންވާނީ ވާދޫ ކީއްކުރަން ސުއްކަތުރާ ބޭރުގައި ވެސް ހިފަހައްޓައިލެވޭވަރު މީހުންނެވެ. އެނޫން މީހުން ކެބިނެޓުން ބޭރުވުމަކީ ގާބިލް މީހުން އައުމަށް ހުޅުވޭ ދޮރެކެވެ.

ގޮއިފާލައްބައިގެ އުސޫލުގެ ބަދަލުގައި ކޯލިޝަން ސަރުކާރެއް ހިންގަން އެންމެ ހަރުދަނާ އުސޫލަކީ ކުރިކެޓް ގަވާއިދެވެ. މެޗު ކުޅެމުންދާއިރު ޕާޓީގެ ވިކެޓް ދިޔައީމާ އެހިސާބުން ސްލޮޓްވެސް ދިޔައީއެވެ. އެ ސްލޮޓަށް އެޓީމުގެ އެހެން މީހަކަށް ނާދެވޭނެއެވެ. ވިކެޓަކަށްފަހު ވިކެޓެއް ވެއްޓެމުންގޮސް އަދަދު ހަމަވީމާ ޕާޓީވެސް ނުބައިވީއެވެ. ފޭލްވީއެވެ. މިކަމުގައި އަމްޕަޔަރު ގޯސްކޮށްފައި ވާހަކަ ދައްކާ ބަޔަކުވެސް ތިބޭނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. އެކަމަކު އެެއްކޮޅަށް ދެމިއަސް ވާންނުވާ ބީދައިން އެގޮތަށް ދައްކާ ވާހަކަޔާއި ކުރާ ޝަކުވާތަކަށް ޖަވާބުދީ ޒުވާބު ނުކުރަންޏާ އުފެދޭނޭ އަރައިރުމެއް ވެސް ނޯންނާނެއެވެ. 

ކޯލިޝަނެއްގެ މައްޗަށް އެކުލެވޭ ކެބިނެޓަކީ ގިނަފަހަރު ވާރޭފެނާއި ވަށަނގުއްޔޭ ބުނެވޭ މިސާލުބަހަށް ފެތޭ އެއްޗެކެވެ. އޮށްޓަރާއި ދިޔަޔާ އެކުނުވާ ގޮތަށް ހުންނަ ރިހަފަދަ ތަކެއްޗަށް އިހުގެ މުސްކުޅިން ކިޔައި އުޅުނީ އެހެންނެވެ. ދިޔަޔާ އެކުނުވާ ޒާތުގެ ތަކެތި ވަރަށް އަވަހަށް ފާހަގަ ކުރެވޭނެއެވެ. ކިތަންމެ ވަރަކަށް ހެލުވިޔަސް އެތަކެތި އެކުވުމެއް ނެތެވެ. އެހެންވީމާ ހައްލަކީ ނަގައި އުކައިލުމެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ދައުރު ދެބައިވެފައިވާ ވެރިޔަކު ވާރޭފެނާއި ވަށަނގުލި އެއްކުރުމުގައި މުޅި ދައުރު ބޭކާރެއް ނުކުރެއެވެ. މިކަމުގައި ރައީސް ސާލިހު އިސްތިސްނާ ވާންޖެހޭ ސަބަބެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކޯލިޝަންދިވެހި ޕޮލިޓިކްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު