Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

އިންޓައަށް އެއްވަނައިގައި އަލުން ހަ ޕޮއިންޓުގެ ލީޑެއް

ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ 62 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 މާރިޗު 2021 | އަންގާރަ 04:28
އިންޓަ އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 1-0 ން

އިންޓަ އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 1-0 ން

އިޓާލިއަން ލީގުގައި ހޯމަ ދުވަހުގެރޭ އެޓަލަންޓާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި އިންޓަ މިލާނުން ހަ ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މެޗުގައި އިންޓައިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިލާން ސްކްރިނިއޭއެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އޭގެ ފަހުން މި މެޗުގަައި ލީޑު ފުޅާކުރަން އިންޓަގެ ލަޓާރޯ މާޓީނޭޒް އާއި ރޮމެލޫ ލުކާކޫއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އަލުން ހަ ޕޮއިންޓުގެ ލީޑެއް އިންޓައިން ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 26 މެޗުން 62 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 26 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތިންވަނައިގައި 25 މެޗުން 52 ޕޮއިންޓާއެކުއެވެ. އަދި އިންޓަ އަތުން ބަލިވި އެޓަލާންޓާ އޮތީ ތާވަލުގެ ފަސްވަނައިގައި 26 މެޗުން 49 ޕޮއިންޓާއެކުއެވެ.

އިޓާލިއަން ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު