Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓް ކުރުމަށާއި އެޝޫރަންސް ޚިދުމަތް ދިނުމުގެ ލައ

އޮޑިޓްކުރުމާއި، އެޝޫރަންސް ޚިދުމަތް ދިނުމުގެ ލައިސަންސް 19 ފަރުދުންނަށާއި 11 ފާރމްއަކަށް ދޫކޮށްފި

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 މާރިޗު 2021 | ހޯމަ 10:08
އޮޑިޓްކުރުމާއި، އެޝޫރަންސް ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުން

އޮޑިޓްކުރުމާއި، އެޝޫރަންސް ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުން

ދިވެހިރާއްޖޭގައި އޮޑިޓަރުންގެ ގޮތުގައި މާލީ ހިސާބުތައް އޮޑިޓް ކުރުމަށާއި އަދި އެޝޫރަންސް ޚިދުމަތްދިނުމުގެ ލައިސަންސް 19 ފަރުދުންނަށާއި 11 ފާރމްއަކަށް ދޫކޮށްފިއެވެ.

މި ލައިސަންސްތައް ފަރުދުންނާއި ފާމުތަކަށް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި އޮޑިޓަރ ޖެނެރަލް އޮފީހުގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ ހަފުލާއެއްގައި، މިނިސްޓަރ އޮފް ފައިނޭންސް އިބްރާހީމް އަމީރުއެވެ.

ޗާރޓަރޑް އެކައުންޓެންޓުންގެ ބިލް ތަސްދީގުކުރެވުނު ފަހުން، ލައިސަންސް ދިނުމުގައި ކުރިން އަމަލު ކުރަމުން އައި ގޮތަށް ބައެއް މުހިންމު ބަދަލުތައް ގެނައުމަށްފަހު، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓެންސްގެ ފަރާތުން ފުރަތަމަ ފަހަރަށް މި ދޫކުރި ލައިސަންސްތަކަކީ އެކަމަށް ފުރުޞަތު ހުޅުވާލުމުން އެދެނު ފަރާތްތަކުގެ ތެރެއިން ލައިސަންސް ހޯދުމުގެ ހުރިހާ ކަމެއް ފުރިހަމަ ކުރި ފަރާތްތަކެވެ. ކުރިއާ އަޅާ ބަލާއިރު ލައިސަންސް ދޫކުރުމަށް ގެނެސްފައިވާ އެންމެ މުހިންމު އެއް ބަދަލަކީ ކެޓަގަރައިޒޭޝަން (ފަންތިކުރުން) އުވާލުމެވެ. ސީއޭ މޯލްޑިވްސް އިން ވިދާޅުވެފައިވަނީ މި ގެނެވެނު ބަދަލުތަކަކީ ވަރަށް ގިނަ މަޝްވަރާތަކަށްފަހު ގެނެވުނު އިސްލާހުތަކެއް ކަމަށާއި، މިގޮތަށް އޮޑިޓް ލައިސަންސް ދޫކުރުމަށްފަހު، ދެން އެންމެ މުހިންމު ކަމެއްދޭނީ އޮޑިޓް ލައިސަންސް ލިބޭފަރާތްތަކުން ކުރާ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، އެފަރާތްތަކުގެ މަސައްކަތްތަކަކީ އޭގެ މައްޗަށް ބަރޯސާ ވެވޭފަދަ އިތުބާރުހުރި ފެންވަރު ރަނގަޅު މަސައްކަތަކަށް ހެދުމަށްޓަކައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، އެފަދަ ތަމްރީނުތައް ފޯރުކޮށް ދިނުމެވެ.

އޮޑިޓްލައިސަންސް ދިނުމުގެ ގަވާޢިދަށް ގެނެވުނު އިސްލާހުގެ ދަށުން ސީއޭ މޯލްޑިވްސް އިން އަލަށް ލައިސަންސް ދޫކުރަން ފެށުމުން މީގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ ލައިސަންސްތައް 8 މާރޗް 2021ންް ފެށިގެން ބާތިލްވާނެއެވެ. އެހެންކަމުން މިހާރު އޮޑިޓް ލައިސަންސް އާނުކުރައްވާ ބޭފުޅުން ލައިސަންސް އާކުރުމުގެ ކަންތައްތައް އަވަހަށް ނިންމެވުމަށް ސީއޭ މޯލްޑިވްސް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭޖީ އޮފީސް

އިތުރަށް ކިޔާލަން

07 މެއި 2024

އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

07 މެއި 2024
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
20 ޑިސެމްބަރު 2023

އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި

20 ޑިސެމްބަރު 2023
އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި
14 ނޮވެމްބަރު 2023

ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި

14 ނޮވެމްބަރު 2023
ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި
07 އޯގަސްޓު 2023

ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް

07 އޯގަސްޓު 2023
ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް
05 ފެބުރުއަރީ 2023

މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި

05 ފެބުރުއަރީ 2023
މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި
24 އޮކްޓޯބަރު 2022

އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން

24 އޮކްޓޯބަރު 2022
އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން
24 އޮކްޓޯބަރު 2022

މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން – މެންބަރުން

24 އޮކްޓޯބަރު 2022
މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން – މެންބަރުން
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު