Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - ޗާގޯސް މައްސަލަ

އިޓްލޮސްގެ މައްސަލާގެ ރިޕޯޓާއެކު، ގާނޫނީ މާހިރުންގެ މައުލޫމާތާއި ޚަރަދުވި ފައިސާ ހާމަކުރާނެ: އޭޖީ

ބަންޑާރަނައިބު އައްޔަންކުރައްވާފައިވާ ކޮމިޓީގެ ރިޕޯޓުގެ ކޮޕީއެއް، ރައީސަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖެނުއަރީ 2024 | ބުރާސްފަތި 13:55
ޗާގޯސް އާކިޕެލަގޯގެ މައްސަލަ

ޗާގޯސް އާކިޕެލަގޯގެ މައްސަލަ

އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައްސަލާގައި އެކުލަވާލާ ރިޕޯޓު އާއްމުކޮށް، މި މަސައްކަތަށް އައްޔަންކޮށްފައިވާ ގާނޫނީ މާހިރުންނާ ގުޅޭ މައުލޫމާތާއި ޚަރަދުވި ފައިސާގެ މައުލޫމާތު ހާމަކުރާނެކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިހެން ބުނެފައިވަނީ ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލާގައި ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނުވަތަ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، އެ މައްސަލައާ ގުޅިގެން އެ އޮފީހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

Advertisement - newsAdvertisement

މައްސަލައާ ގުޅޭގޮތުން ކަނޑުތަކާބެހޭ ގާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު ނިންމަވައި، އެ މަސައްކަތް ކޮށްދެއްވުމަށް ޑރ. މުހައްމަދު މުނައްވަރު އެއްބަސްވެވަޑައިގެން، މިހާރު އެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައިވެއެވެ.

ޑރ. މުނައްވަރުގެ އިތުރުން، މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލަކާއި، ލޯ އޮފްދަ ސީއާބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރަކު ވަނީ އައްޔަންކުރެވިފައެވެ. މި ދެ ގާނޫނީ މާހިރުންނަކީވެސް ކަނޑާބެހޭ މުއާހަދާއާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ދެބޭފުޅުންނާ ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިއަށްދިޔައިރު ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން 22 އޮގަސްޓް 2023ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި އަދި އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯއާއި އަދި އެ ގޮތަށް އަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމެވެ. އަދި މި މައްސަލާގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ގާނޫނީ ލަފައެއް ހޯދުން ކަމަށް ބުނެފައިވެއެވެ. އެގޮތުން، މި މައްސަލާގައި އައްޔަންކުރެވިފައިވާ ދެ މާހިރުންގެ މަސައްކަތް ނިންމަވައި، ކުރިއަށް އޮތް ފެބްރުވަރީ މަހުގެ ކުރީކޮޅު އެބޭފުޅުންގެ ގާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި އައްޔަންކުރެވިފައިވާ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ދެއްވާ ގާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އައްޔަނުކުރައްވާފައިވާ ކޮމިޓީން ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓް ކުރިޔަށްއޮތް ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ކުރިޔަށްދާންވީ ގޮތް ނިންމެވުމަށް މި މައްސަލަ ކެބިނެޓަށް ހުށަހެޅުމަށް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި މި މައްސަލަ ކެބިނެޓަށް ހުށަހަޅައި، ގޮތެއް ނިންމޭނެ ކަމަށް އޭޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އައްޔަންކުރައްވާފައިވާ ކޮމިޓީގެ ރިޕޯޓުގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، މި މައްސަލައިގައި ކެބިނެޓުން ގޮތެއް ނިންމެވުމާއެކު މި މައްސަލާގައި އައްޔަންކުރެވިފައިވާ ޚަބީރުން ދެއްވާފައިވާ ލަފާ ހިމެނޭގޮތުން، މި މައްސަލަ ދިރާސާކުރުމަށް އައްޔަންކުރެވިފައިވާ ކޮމިޓީގެ ރިޕޯޓް އާންމުކުރުމަށް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ. އަދި ރިޕޯޓް އާންމުކުރެވޭއިރު، މި ރިޕޯޓުގައި، މި މަސައްކަތަށް އައްޔަންކޮށްފައިވާ ގާނޫނީ މާހިރުންނާ ގުޅޭ މައުލޫމާތުތަކާއި މި މަސައްކަތަށް ޚަރަދުވި ފައިސާފަދަ މައުލޫމާތުތައް ހާމަކުރުމަށް ވެސް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ގާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަންދޭ ވެބްސައިޓެއް!

23 މެއި 2017
ގާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަންދޭ ވެބްސައިޓެއް!
20 މެއި 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރާ ގާނޫނީ ވަކީލް އަލީ ޝާހު ޝަރުތުތަކަކާއެކު ދޫކޮށްލައިފި

20 މެއި 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރާ ގާނޫނީ ވަކީލް އަލީ ޝާހު ޝަރުތުތަކަކާއެކު ދޫކޮށްލައިފި
28 މާރިޗު 2017

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

28 މާރިޗު 2017
ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި
26 މާރިޗު 2017

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު