Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކައުންޓިންގ ދާއިރާ

އެކައުންޓިންގ ދާއިރާއަށް ކުދިން ތަމްރީން ކުރުމަށް ފަންޑް ހޯދުމަށް ވާރލްޑް ބޭންކުގެ އެހީތެރިކަމަށް އެދެނީ

ކުރިއަތް އޮތް ތިން އަހަރު ބޭނުންވާ މަޤްޞަދު ހާސިލްވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 މާރިޗު 2021 | ހޯމަ 08:36
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އެކައުންޓިންގ ދާއިރާއަށް ކުދިން ތަމްރީންކުރުމަށް ފަންޑް ހޯދުމަށް ވާރލްޑް ބޭންކުގެ އެހީތެރިކަމަށް އެދުމަށް ނިންމާފައިވާ ކަމަށް އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ އިންތިޤާލީ ރައީސް އަދި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޒިޔަތު ވިދާޅުވީ އެކައުންޓިންގ ދާއިރާގައި އުޅޭ ޖުމްލަ ދިވެހިންނާއި ބިދޭސީންގެ ފަރަގު ވަރަށް ބޮޑުވެގެންދާ ކަމަށާއި އަމާޒަކީ މި ދާއިރާއަށް ގިނަ ދިވެހިން ނެރުން ކަމަށެވެ. އެ އަމާޒުގެ ދަށުން ހެޔޮވަރު އަދަދެއްގެ ކުދިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ޕްރޮޕޯސަލް ތައްޔާރުކޮށް ނިމި، އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް އެ ޕްރޮޕޯސަލް ވާރލްޑް ބޭންކަށް ހުށަހަޅައިގެން ފަންޑު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން މީގެ ކުރިން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ބޭނުންވާ މަޤްޞަދު ހާސިލްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަބަދުވެސް ހީވެފައި އޮތީ އެކައުންޓިންގ ދާއިރާގައި ދިވެހިން ގިނަ ކަމަށާއި އެހެންނަމަވެސް އެކައުންޓިންގ ދާއިރާގައި ދިވެހިން މަދު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކައުންޓިންގ ދާއިރާގައި 4500 ބިދޭސީން ހަރަކާތްތެރިވާ ކަމަށާއި ސަރުކާރަށް ވެސް މި ދާއިރާގެ ތަޖުރިބާ ހުރި ރަނގަޅު މީހުން ބޭނުންވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި އެކައުންޓިންގ ދާއިރާ އިތުރަށް ކުރިއަރުވާ ފުޅާކުރުމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނުކުތާގެ ދަށުން އެކައުންޓެންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ބޭފުޅުންގެ ތެރެއިން އޮޑިޓަރ ޖެނެރަލް ޢައްޔަން ކުރެއްވި މެމްބަރުންނަކީ ކްރޯވް މޯލްޑިވްސްގެ އޮޑިޓް ޕާޓްނަރ ހަސަން މުޙައްމަދު އާއި، ޕްރޫޑަންޓް ޗާޓަރޑްގެ މެނޭޖިންގ ޕާޓްނަރ ޔައުޤޫބް ޢަބްދުﷲ އާއި، އެފް.ޖޭ.އެސް އެސޯސިއޭޓްސްގެ މެނޭޖިންގ ޕާޓްނަރ ފަރީހާ ޝަރީފްގެ އިތުރުން މެރިއަޓް އިންޓަރނޭޝަނަލްގެ ކޮމްޕްލެކްސްގެ ޑިރެކްޓަރ އޮފް ފިނޭންސް މާލިކް މުޙައްމަދުއެވެ. އަދި ހަމަ މި މާއްދާގެ (ހ) ގެ (4) ވަނަ ނުކުތާގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އައްޔަން ކުރެއްވި މެމްބަރުންނަކީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ އާއި ޑިރެކްޓަރ އޮފް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް އެންޑް ސްޓެޗުޓަރީ ބޮޑީސް އޮޑިޓް، ޗީފް އިންޓާނަލް އޮޑިޓަރ އިބްރާހިމް ފަޒީލްއެވެ. މީގެ އިތުރުން ކައުންސިލްގައި ހިމެވަޑައިގަންނަވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް އާއި ފައިނޭންޝިއަލް ކޮންޓްރޯލަރ ފާތިމަތު ރަޒީނާއެވެ.

އިންސްޓްޓިއުޓް އުފެދޭތާ ފުރަތަމަ ހަތަރު އަހަރު އިންސްޓްޓިއުޓް ހިންގުމުގެ މަސައްކަތް ކުރާނީ މި ކައުންސިލުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން ބައިނަލް އަޤްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސްޓްޓިއުޓް ހިންގާ ބެލެހެއްޓުމެވެ. އަދި މީގެ ތެރޭގައި ކައުންސިލް ހިންގާ ގަވާއިދު ތައްޔާރުކުރުމާއި، ކޮމިޓީތައް އެކުލަވާލުމާއި، އިންސްޓްޓިއުޓްގެ ރަޖިސްޓްރީ ބަލަހައްޓައި އެ ފަރާތްތަކުގެ ގިންތި ކަނޑައެޅުމާއި ޕްރައިވެޓް ސެކްޓަރގެ އެކައުންޓިންގ އަދި އޮޑިޓިންގ ސްޓޭންޑަރޑްތައް އެކުލަވާލުމުގެ އިތުރުން އިތުރު މަސްއޫލިއްޔަތުތަކެއް ވެސް ހިމެނޭ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.

އޭޖީ އޮފީސް

އިތުރަށް ކިޔާލަން

07 މެއި 2024

އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

07 މެއި 2024
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
20 ޑިސެމްބަރު 2023

އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި

20 ޑިސެމްބަރު 2023
އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި
14 ނޮވެމްބަރު 2023

ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި

14 ނޮވެމްބަރު 2023
ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި
07 އޯގަސްޓު 2023

ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް

07 އޯގަސްޓު 2023
ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް
05 ފެބުރުއަރީ 2023

މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި

05 ފެބުރުއަރީ 2023
މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި
24 އޮކްޓޯބަރު 2022

އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން

24 އޮކްޓޯބަރު 2022
އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން
24 އޮކްޓޯބަރު 2022

މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން – މެންބަރުން

24 އޮކްޓޯބަރު 2022
މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން – މެންބަރުން
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު