Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތް

ވ. އަތޮޅުގައި ތަރައްގީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ - ރައީސް

ވ. އަތޮޅު ތަރައްގީކުރުމަށް ނިންމާފައި ވަނީ ޖަޒީރާ ވަންތަ ގޮތަކަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 7 މާރިޗު 2021 | އާދީއްތަ 02:05
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ވ. އަތޮޅުގެ ތަރައްގީއަށް ހިންގަމުން އަންނަ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވިދާޅުވެ އެ އަތޮޅުގެ ތަރައްގީގެ ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ހަރަކާތުގައި ރައީސް ޞާލިޙް ވަނީ ވ. އަތޮޅުގެ ކެންޑިޑޭޓުން ކުރެއްވި ސުވާލުތަކަށް ތަފްސީލީ ގޮތެއްގައި ޖަވާބު ދެއްވާފައެވެ.

ފުލިދޫއިން ފާހަގަކުރި ކަންކަމަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ ޖަޒީރާ ވަންތަ ގޮތަކަށް އެރަށު ބަނދަރުގެ ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އެ ރަށު ޖެޓީގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި، އެސްޓީއޯ މެދުވެރިކޮށް ބޭސް ލިބުމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސިއްހީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށާއި، ފުލިދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ޓެންޑަރ ކުރެވިފައިވާ ކަމަށެވެ. އަދި ރަށުގައި ޕްރީ ސްކޫލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް އެމްޓީސީސީއާ ހަވާލު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިނަދޫ ކެންޑިޑޭޓުން ފާހަގަ ކުރެއްވި ކަންކަމަށް ރައީސް ޞާލިޙް ވިދާޅުވީ، އެރަށު ބަނދަރުގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ޓެންޑަރ ކުރެވިގެންދާނެ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ އޭޕްރީލް މަސްތެރޭގައި ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށެވެ. މީގެއިތުރުން މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށާއި، ސިއްހީ ޚިދުމަތް ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ކެޔޮދޫގެ ކެންޑިޑޭޓުން ފާހަގަ ކުރެއްވި ކަންކަމަށް ރައީސް ވިދާޅުވީ ކެޔޮދޫން އެދުނު ކަންކަން ކުރުމަށް މިނިސްޓްރީތަކަށް އެދޭނެ ކަމަށާއި، ކެޔޮދޫއަކީ މިހާތަނަށް މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދެވިފައިވާ ރަށެއް ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސޯލާ ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

ފެލިދޫ ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ޞާލިޙް ވިދާޅުވީ ފެލިދޫ ބަނދަރުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ކޮންޓްރެކްޓަރާއެކު ސޮއި ކުރެވިގެންދާނެ ކަމަށާއި ދެ މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ފެލިދޫގައި ވޮލީ ކޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ ކުއާޓަރގެ ތެރޭގައި އިއުލާން ކުރެވިގެންދާނެ ކަމަށާއި، ރަށުގެ ގިރާ ސަރަހައްދުގެ ޑިޒައިން އެންޑް ސާވޭގެ މަސައްކަތް ތިންވަނަ ކުއާޓަރގެ ތެރޭގައި ކުރިޔަށްދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރަކީދޫގެ ކެންޑިޑޭޓުން ފާހަގަ ކުރެއްވި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ، ބަނދަރުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށާއި، ރަކީދޫގެ ގިރާ ސަރަހައްދުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ރަކީދޫގެ ތައުލީމީ ނިޒާމު ޒަމާނީ ގޮތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި، ރަށު ކައުންސިލް އިދާރާގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިޔަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވ. އަތޮޅާއި ގުޅިގެން ރައީސް ވިދާޅުވީ ވ. އަތޮޅުގައި ހުއްޓުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާނެ ކަމަށާއި، ސަރުކާރުން ވ. އަތޮޅު ތަރައްގީކުރުމަށް ނިންމާފައިވަނީ ޖަޒީރާ ވަންތަ ގޮތަކަށް ކަމަށެވެ.

ރަށްވެހި ފަތިސް ކެމްޕޭންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ލޯކަލް ކައުންސިލް އިންތިޚާބު

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު