Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ވެކްސިން އަޕްޑޭޓް

ހޮނިހިރު ދުވަހު 6941 މީހުން ވެކްސިން ޖަހައިފި

6 މާރިޗު 2021 | ހޮނިހިރު 17:50

މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 145،768 އަރައިފަ

އަތޫފް އާތިފް
އަތޫފް އާތިފް | 6 މާރިޗު 2021 | ހޮނިހިރު 17:50
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކޮވިޑް ވެކްސިން ޖެއްސެވުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކޮވިޑް ވެކްސިން ޖެއްސެވުން

ހޮނިހިރު ދުވަހު 6،941 މީހުން ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހު މާލެ ސަރަހައްދުން 2،154 މީހުން ވެކްސިން ޖަހާފައިވާއިރު އަތޮޅު ތެރެއިން 4،787 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.

Advertisement - newsAdvertisement

ރާއްޖެއިން މިހާތަނަށް 145،768 މީހުން ވެކްސިން ޖަހާފައިވާއިރު، މާލެ ސަރަހައްދުން 87،045 މީހުން ވަނީ ވެކްސިން ޖަހައިފައެވެ. އަދި އަތޮޅު ތެރެއިން 58،723 މީހުން ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއިން ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުތައް ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވީނަމަވެސް، އެންމެ އެކަށީގެންވާ މިންވަރަށް ވެކްސިން ޖަހަމުން ނުދާކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ފާހަގަ ކުރެއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، އަދިވެސް އެންމެ ބޭނުންވާ މިންވަރަށް ވެކްސިން ޖެހުމަށް މީހުން ނުދާކަމަށެވެ. ވެކްސިންގެ ރައްކާތެރިކަން ދެނެގަތުމަށް ދިރާސާތައްވެސް ހެދޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީގެންކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން ފަށާފައިވާއިރު، ކޮންމެ ހަފްތައެއްގެވެސް ހުކުރު ފިޔަވައި މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި 8 ވެކްސިނޭޝަން ސެންޓަރާއި 2 މޮބައިލް ސެންޓަރު ހިމެނޭއިރު އަތޮޅުތަކުގައި 169 ވެކްސިން ސެންޓަރުން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް