Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅުން ސިލްސިލާކޮށް މުޒާހަރާ ކުރުން

"އެޗްޕީއޭއަކީ އެމްޑީޕީގެ ހަރުގެ"

އިދިކޮޅުން ގެންގުޅޭ ސިޔާސަތުތަކުގެ ޕްލޭން ސަރުކާރަށް ނޭނގޭކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 5 މާރިޗު 2021 | ހުކުރު 16:52
ކުރީގެ ރައީސް ޔާމީން އަދި އަބްދުލްރަޙީމް އަބްދުﷲ އާއި ޕީޕީއެމް ޕީއެންސީގެ އިސްވެރިން

ކުރީގެ ރައީސް ޔާމީން އަދި އަބްދުލްރަޙީމް އަބްދުﷲ އާއި ޕީޕީއެމް ޕީއެންސީގެ އިސްވެރިން

އެޗްޕީއޭއަކީ އެމްޑީޕީގެ ހަރުގެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ކުރިއަށްގެންދާ މުޒާހަރާތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ޢަބްދުﷲ ވަނީ މި މުޒާހަރާތަކުގައި ބައިވެރިވާ މީހުން ހައްޔަރުކުރުމަކީ ލިބޭ އިތުރު ހިތްވަރެއްކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާ ހުކުރު ދުވަހުވެސް ކުރިއަށް ގެންގޮސްފައިވާއިރު، ދަންވަންދެން މުޒާހަރާ ކުރިއަށްދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މި މުޒާހަރާތަކަކީ ސުލްހަވެރި އަދި ޤަވައިދުތަކާ އެއްގޮތައް ކުރިއަށްދާ މުޒާހަރާތަކެއްކަމަށް ވިދާޅުވެ އަބްދުއްރަހީމްވަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ދައްކަވާފައެވެ. އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ކުރިއަށްގެންދާ މި މުޒާހަރާތަކުގައި ފުލުހުންނާ އެއްވެސްވަރަކަށް ކުރިމަތިލުމެއް މިހާތަނަށް ހިނގާފައި ނުވާކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ސަރުކާރަށް އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގެ ޕްލޭން ނޭނގޭނެކަމަށް ވިދާޅުވެފައެވެ. އިދިކޮޅުން ގެންގުޅޭ ސިޔާސަތުތަކުގެ ޕްލޭން އެނގިލައްވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމުން މިކަމަށް ރައްދުދެއްވާ އަބްދުއްރަހީމްވަނީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގެ ކަންކަން އެނގޭނީ އިދިކޮޅުގެ އިޙްތިޖާޖީ ކޮމިޓީއަށްކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރަކީ ކޮވިޑް އަސާގަނޑަކަށް ބޭނުންކޮށްގެން ދެމިއޮންނަ ސަރުކާރެއްކަމަށް ސިފަކުރައްވާ އަބްދުއްރަހީމްވަނީ، އެމްޑީޕީގެ މިސަރުކާރުން އެޗްޕީއޭ ސިޔާސީ މަންފާތަކަށް ބޭނުންކުރާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެޗްޕީއޭއަކީ އެމްޑީޕީގެ ހަރުގެކަމަށް އަބްދުއްރަހީމް ސިފަކުރެއްވިއެވެ. ސަރުކާރުގެ އަނިޔާވެރިކަމުން އިދިކޮޅުގެ 50 މީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންނަށް އެކިވަރުގެ ގެއްލުން ދޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މި މުޒާހަރާތަކަކީ އިދިކޮޅަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ކެމްޕޭންކުރުމުގެ ފުރުސަތު ނުލިބުމުން ކުރިއަށްގެންދާ ހަރަކާތެެއްކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދުތައް 100ން މަތީގައި އުޅޭއިރު، މާލޭ ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ ކޭސްތަކެއް ދަނީ ރިޕޯޓު ކުރެވެމުންނެވެ. އެއާއެކު، މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިދިކޮޅުން ބާއްވަމުންދާ އެއްވުންތަކަކީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، އެއްވެ އުޅުމުގެ ޤާނޫނާވެސް ޚިލާފަށް ކުރިއަށް ގެންދާ ޙަރަކާތްތަކެއް ކަމަށް ފުލުހުންވެސް ބުނެފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރިއިރު ދިން ޤާނޫނީ އިންޒާރުތަކުގައި މީގެ ކުރިންވެސް ފުލުހުން އެކަން ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައްވެސް ބުރާސްފަތި ދުވަހުގެރޭ އިތުރަށް ހަރުކަށި ކޮށްފައިވާއިރު، މާލޭ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާ ކޮށްފައެވެ. ނަމަވެސް، އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކުގައި މި ފިޔަވަޅުތަކާ ޚިލާފުވަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ ކުރިންވެސް މުޒާހަރާތައް ނުބޭއްވުމަށް އިދިކޮޅަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަން ފާހަގަކުރައްވާ ފުލުހުން ވަނީ އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށް ބުނެފައެވެ. މުޒާހަރާތައް މާލެސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދެވޭނެ ކަމަށާއި މުޒާހަރާތައް ބާއްވާނަމަ ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ފުލުހުން ތަކުރާރުކޮށް ބުނެފައިވެއެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއިދިކޮޅުން މުޒާހަރާ ކުރުން

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު