Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް

ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގްގެ 3 ވަނަ ބައްދަލުވުން ބާއްވައިފި

ދެޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ގުުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 މާރިޗު 2021 | ބުރާސްފަތި 12:20
ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގްގެ 3 ވަނަ ބައްދަލުވުން

ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގްގެ 3 ވަނަ ބައްދަލުވުން

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި ޖަޕާންގެ މިނިސްްޓްރީ އޮފް ފޮރިން އެފެއަރޒް ގުޅިގެން ބާއްވާ "ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް" ގެ 3 ވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެގައުމުގެ މެދުގައި އޮތް ތަރައްގީއާއި ވިޔަފާރީގެ ގުޅުމާއި، ސަރަހައްދީ އަދި މެރިޓައިމް ގުޅުންތަކާ ބެހޭގޮތުންނެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލެވެ. އަދި ޖަޕާނުގެ ފަރާތުން އެގައުމުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ޖަޕާނުގެ ޚާރިޖީ ވުޒާރާގެ ސައުތު އީސްޓް އެންޑް ސައުތު ވެސްޓް އޭޝިއަން އެފެއާޒް ޑިޕާޓްމެންޓްގެ ޑިރެކްޓަރ ޖެނެރަލް ކޮބަޔަޝީ ކެނިޗީއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ގުުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ޚަލީލް ވަނީ ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އަދި ޚާއްސަ ގުޅުން ފާހަގަކޮށް، އެގުޅުން ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި ސްޓޭޓް މިނިސްޓަރުވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީތަކަށް ޖަޕާނުގެ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

ބައިނަލްއަގުވާމީ އަދި ސަރަހައްދީ މައްސަލަތަކުގައި ދިވެހިރާއްޖެއިން ޖަޕާނަށް ދެއްވާ އެއްބާރުލުމަށް ޝުކުރުދަންނަވައި ޖަޕާން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކޮބަޔަޝީ ވެސް ވަނީ ދެގައުމުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ ޖަޕާނުގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކޮށް، ކޮބަޔަޝީ ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯޯގައި މިއަހަރު ބާއްވާ ހޫނު މޫސުމުގެ އޮލިމްޕިކްސްއަށް ދާ ދިވެހި ޓީމްއަށް މަރުހަބާ ކިޔަންް ޖަޕާނުން އިންތިޒާރުކުރާކަމަށް ވިދާޅުވެފައެވެ. އަދި ދެގައުމުގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 55 އަހަރުވަނީ 2022 ގައި ކަމުން، އެއީ ދެގައުމަށްވެސް މުހިއްމު އަހަރެއްކަމުގައި ކޮބަޔަޝީވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެގައުމުގެ އިސް އޮފިޝަލުންވެސް އެއް ޤައުމުން އަނެއް ޤައުމަށް ޒިޔާރަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ކޮބަޔަޝީ ވިދާޅުވިއެވެ.

ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު މިފަދަ މަޝްވަރާ ބައްދަލުވުންތައް އާއްމުކޮށް ބާއްވައެވެ. ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގްގެ އެންމެ ފަހުގެ ބައްދަލުވުން ބޭއްވީ އޮގަސްޓް 2019 ގައި ދިވެހިރާއްޖޭގައެވެ.

ޚާރިޖީ ވުޒާރާފޮރިން މިނިސްޓްރީޖަޕާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު