Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖުގެ އަޅުކަން

ހައްޖުގެ އަޅުކަމަށް ގައުމަށް އެތެރެވެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށް: ސައުދީ

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގައުމު ހުޅުވާލާއިރު ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2021 | ބުރާސްފަތި 02:37
2020 ވަނަ އަހަރު ގައި ދުރުކަމާ އެކު ހައްޖުގެ އަޅުކަން އަދާކުރަނީ -

2020 ވަނަ އަހަރު ގައި ދުރުކަމާ އެކު ހައްޖުގެ އަޅުކަން އަދާކުރަނީ -

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް އެތެރެވެވޭނީ ކޮވިޑް-19ގެ ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް އެގައުމުން ބުނެފިއެވެ.

ސައުދީގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވަނީ މިއަހަރު ހައްޖުވާން ބޭނުންވާނަމަ ކޮވިޑްގެ ވެކްސިން ފުރިހަމަ ކޮށްފައި ހުންނަން ޖެހޭ ކަމަށެވެ.

ހެލްތް މިނިސްޓަރު ޑރ.ތައުފީގް އަލް ރަބިޔަހް ވިދާޅުވީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގައުމު ހުޅުވާލާއިރު ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ހައްޖުގެ އަޅުކަމަށް ގައުމު ހުޅުވާލާއިރު، ދިމާވެދާނެ ނުވަތަ ނުރައްކާތެރި ހާލަތަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި މައްކާގެ އިތުރުން މަދީނާގައި ބޭނުންވާ ހެލްތް ފެސިލިޓީތައް މެނޭޖްކުރުމަށް އެކަށީގެންވާ މީހުން ވެސް ސަރުކާރުން ހޯދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2020 ވަނަ އަހަރު ސައުދީއިން ވަނީ ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބޭރުގެ އެއްވެސް ގައުމެއްގެ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް އެގައުމަށް އެތެރެނުވެވޭ ގޮތް ހަދާފައިވާއިރު، ސައުދީގެ ރައްޔިތުންގެ ތެރެއިން ވެސް ހައްޖު އަޅުކަން އަދާކުރެވޭ ގޮތަށް ފުރުސަތު ދީފައިވަނީ އެންމެ 1000 މީހުންނަށެވެ.

ނަމަވެސް މިއަހަރު ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ހައްޖު ވެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަން ހާމަކޮށްފައިވާއިރު، ހައްޖުގެ އަޅުކަމަކީ ސައުދީއަށް ކޮންމެ އަހަރަކު އެތައް ފައިސާއެއް ވަނަ އެއް ހަރަކާތެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ދިޔަ ނަމަވެސް، 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ އެންމެ 10،000 މުސްލިމުންނެވެ.

ހައްޖުގެ ތެރޭގައި ކޮވިޑް ރޯގާ ފެތުރުނަ ނުދިނުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވާއިރު 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން ފަށާފައިވަނީ ކޮންމެ މީހަކުވެސް ހަތަރު ދުވަހު ކަރަންޓީނު ކުރުމަށްފަހުއެވެ. އަދި ހުރިހާ އިރެއްގައި ވެސް ހައްޖުވެރިންނަށް މާސްކް އެޅުން މަޖުބޫރު ވެސް ކުރެވުނެވެ. ހައްޖުގެ އެންމެ މުހިއްމު ހަރަކާތް ކަމަށްވާ ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުއެވެ. އެގޮތުން ހިލަ އުކުމަށްޓަކައި އަމިއްލަ ހިލަ އެއްކުރުމުގެ ބަދަލުގައި މިފަހަރު ކޮންމެ ހައްޖުވެރިއަކަށް ސްޓެރެލައިޒް ކޮށްފައިވާ ހިލަތަކެއް ދެވުނެވެ.

ހައްޖަކީ އެކަމަށް ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއްފަހަރު އަދާ ކުރުމަށް ކަނޑައަޅާފައވާ ދީނުގެ ފަސްވަނަ ރުކުނެވެ.

ސައޫދީ އަރަބިއްޔާހައްޖު

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
05 އޯގަސްޓު 2025

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
06 ޖޫން 2025

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު