Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްރޯޑްކޮމްއަށް މެމްބަރުން ޢައްޔަނުކުރުން

ބްރޯޑްކޮމްގެ ހުސްވެެފައިވާ މަގާމަށް މުހައްމަދު ފަޒީން ހޮވުމަށް މަޖިލީހުން ފާސް ކޮށްފި

މުހައްމަދު ފަޒީން ހޮވުމަށް ފެންނަކަމަށް ނިންމާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 2 މާރިޗު 2021 | އަންގާރަ 08:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަދި މުހައްމަދު ފަޒީން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަދި މުހައްމަދު ފަޒީން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެެފައިވާ މަގާމަށް މުހައްމަދު ފަޒީން ހޮވުމަށް މަޖިލީހުން ފާސް ކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުހައްމަދު ފަޒީން ހޮވުމަށް ފެންނަކަމަށް ނިންމާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ބްރޯޑްކޮމްއަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކުރި މުހައްމަދު ފަޒީނަކީ ރާއްޖެޓީވީގައި ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ. ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހުރި ފަޒީން ބޮޑަށް ޚާއްސަވެފައިވަނީ ސިޔާސީ ދާއިރާއަށެވެ. ވަކިން ޚާއްސަކޮށް މަޖިލިސްއާއި ކޯޓުގެ ޚަބަރުތައް ކަވަރުކުރުމުގައި ފަޒީނަކީ ފުންނާބު އުސް ނޫސްވެރިއެކެވެ.

ބްރޯޑްކޮމްގެ ހުސްވެެފައިވާ މަގާމަށް މެމްބަރަކު ޢައްޔަނުކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލީ 11 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބ. ތުޅާދޫ ހޭޒްލީން، މުހައްމަދު ފަޒީން އަދި ޏ. ފުވައްމުލަކު މާދަނޑު، އާސާން، ޝިފްޒާ މުސްތަފާއަށް ރުހުން ދިނުމަށް ފެންނަކަމަށް ނިންމާފައިވާއިރު މި މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބުނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވާފައިވާ ފަރާތްތަކާ ކޮމިޓީން އިންޓަރވިއު ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ(ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ނަމެއް ކަނޑައެޅުމަށްޓަކައި ކޮންމެ ނަމަކަށް ވަކިވަކިން ވޯޓަށް އަހާފައިވާނެ ކަމަށެވެ.

އެގޮތުން މި ދެ ނަން ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓު ދިން މެންބަރުންގެ 2/3 (ތިންބައިކުޅަ ދެބައި) އަޣުލަބިއްޔަތުން ކަމަށް އެ ރިޕޯޓުގައިވެއެވެ.

ބްރޯޑްކޮމްއަށް މެމްބަރަކު މި ޢައްޔަންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކޮމިޝަންގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެގޮތުން މި ވަގުތު ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، ނައިބު ރައީސް އަހުމަދު ގައިސް، ކޮމިޝަނަރ އަމްޖަދު ވަހީދު، ކޮމިޝަނަރ އަލީ ޔޫސުފް، ކޮމިޝަނަރ އާމިނަތު އަމީނާ އަދި ކޮމިޝަނަރ އާމިނަތު ސަރާހަތު އިއްޒަތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި

ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި

13 އެޕްރީލު 2017
ބްރޯޑްކޮމްގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށްބުނެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި

ބްރޯޑްކޮމްގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށްބުނެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި

12 އެޕްރީލު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު