Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީއައިއޭ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް

ވީއައިއޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށައިފި

1 މާރިޗު 2021 | ހޯމަ 12:42

އެއަރޕޯޓް ފާސް އޮންނަ ކޮންމެ ފަރާތަކަށް ވެސް ވެކްސިންޖެހޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 މާރިޗު 2021 | ހޯމަ 12:42
ެއެމްއޭސީއެލް ވެކްސިނޭޝަން ޕްރޮގްރާމްގެ ތެރެއިން

ެއެމްއޭސީއެލް ވެކްސިނޭޝަން ޕްރޮގްރާމްގެ ތެރެއިން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށައިފިއެވެ.

މާރޗް މަހުގެ އެއް ވަނަ ދުވަހު ވީއައިއޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، ފުރަތަމަ ދުވަހު 140 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

Advertisement - newsAdvertisement

އެމްއޭސީއެލްއިން މައުލޫމާތުދޭ ގޮތުގައި އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރުގައި ވެކްސިންޖެހުމުގެ ކަންތައްތައް ކުރިއަށް ދާނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 09:00ން ހަވީރު 04:00ށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00ން ހަވީރު 03:00ށް ށެވެ. އަދި ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެއަރޕޯޓް ފާސް އޮންނަ ކޮންމެ ފަރާތަކަށްވެސް ވެކްސިން ޖެހޭނެކަން ހާމަކޮށްފައިވާއިރު، އެއަރޕޯޓް ފާސް އޮތް ހުރިހާ ފަރާތްތަކުން ވެކްސިންޖެހުމަކީ އެމްއޭސީއެލްއިން ވަރަށް ބޮޑަށް އިލްތިމާސްކުރާ ކަމެއް ކަމަށް ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވިއެވެ. އަދި އެއަރޕޯޓްގައި ވައިޑްކޮށް މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މަޤްސަދަކީ ވީއައިއޭގެ އޮޕަރޭޝަންތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންގޮސް، މުވައްޒަފުންނާއި ދަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުން ކަމަށް ހަސަން އަރީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެމްއޭސީއެލްއިން އިސްނަގައިގެން ފެށި މި ޕްރޮގްރާމްގެ އަމާޒަކީ ދުނިޔޭގެ އެއަރޕޯޓްތަކުގެ ތެރެއިން އެއަރޕޯޓްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިންދިން ފުރަތަމަ އެއަރޕޯޓަށް ވީއައިއޭވުން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މައި އެއަރޕޯޓަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެމްއޭސީއެލް އިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ބަލިމަޑުކަމާއެކު އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެ ގޮތަށް އޮޕަރޭޓްކުރަމުން ދިޔަނަމަވެސް، އެއަރޕޯޓްގެ މުވައްޒަފުންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށް އެމްއޭސީއެލްއިން ޚާއްސަ ސަމާލުކަމެއްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެމްއޭސީއެލްއަށް ވަނީ ހަ މަސް ދުވަހުގެ ތެރޭގައި ބައިނަލްއަޤުވާމީ ދެ އެވޯޑެއް ލިބިފައެވެ. އެއީ އެއަރޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)ގެ ވޮއިސް އޮފް ކަސްޓަމަރ އެވޯޑް އާއި އެއަރޕޯޓް އެކްރެޑޭޝަން ހެލްތު ސެޓްފިކެޓެވެ. އޭޝިއާ ޕެސިފިކުން މި ސެޓްފިކެޓްގެ ދެވަނަ ރާއްޖެއަށް ލިބިފައިވާއިރު، އެއް ވަނަ ލިބިފައިވަނީ ދެކުނު ކޮރިއާގެ އިންޗިއޯން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އަދި މުޅި ދުނިޔެއިން މިއެވޯޑްގައި ވީއައިއޭ ހިމެނިފައިވަނީ 12 ވަަނައިގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް