Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިޔަންމާގައި ކުރިޔަށްދާ މުޒާހަރާ

މިޔަންމާ މުޒާހަރާ: ފުލުހުން ބަޑި ޖަހާ 18 މީހަކު މަރާލައިފި

މުޒާހަރާތައް ކުރިއަށްދަނީ މިޔަންމާގެ އަސްކަރީ ސަރުކާރާއި ދެކޮޅަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 މާރިޗު 2021 | ހޯމަ 02:45
މިޔަންމާ މުޒާހަރާ: ފުލުހުން ވަނީ މިގެ ކުރިން ވެސް ބަޑިޖަހާ މީހުން މަރާފައި

މިޔަންމާ މުޒާހަރާ: ފުލުހުން ވަނީ މިގެ ކުރިން ވެސް ބަޑިޖަހާ މީހުން މަރާފައި

މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާގައި ފުލުހުން ބަޑި ޖަހާ 18 މީހަކު މަރާލާފައިވާ ކަމަށް އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ އޮފީހުން ބުނެފިއެވެ.

އެކި ސިޓީތަކުގެ 18 މީހުން ފުލުހުން ބަޑިޖަހާ މަރާލާފައިވާއިރު، މި ސިޓީތަކުގެ ތެރޭގައި ޔަންގޮންގް، ޑަވެއި އަދި މަންޑަލޭ ހިމެނެއެވެ. މިޔަންމާގައި މިދިޔަ ނޮވެމްބަރުމަހު ބޭއްވި އާންމު އިންތިޚާބުގެ މައްސަލަ ހޫނުވެ މިޔަންމާގެ ސްޓޭޓް ކައުންސިލަރ އައުން ސާން ސޫޗީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިޔަންމާގެ ލީޑަރު އަން ސަން ސޫކީގެ މައްޗަށް ދައުވާތަކެއް ވެސް ވަނީ އުފުލާފައެވެ. ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސޫކީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ކޮމިއުނިކޭޝަން ރޭޑިއޯތަކެއް އެތެރެކޮށް ގެންގުޅުއްވިކަމުގެ ދައުވާއާއި އެ ޤައުމުގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނުތަކާ ޚިލާފަށް އަމަލުކުރެއްވިކަމުގެ ކުށުގެ ދައުވާ ވެސް ހިމެނެއެވެ.

އެ ޤައުމުގެ ރައީސް ވިން މިންޓްގެ މައްޗަށް ވެސް ދައުވާތަކެއް އުފުލާފައިވާ ކަމަށާއި، ވިން މިވަގުތު ހުންނެވީ ޖަލު ބަންދުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި ވިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮވިޑާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅުތަކަކާ ގުޅިގެން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިޔަމަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫކީއާއި ސަރުކާރުގެ އިސްވެރިން ބަންދުކުރީ މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ސޫކީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވާކަން އިއުލާން ކޮށްފައިވަނިކޮށެވެ.

އަސްކަރިއްޔާގެ އަމަލުތައް ހުރިގޮތުގެ ސަބަބުން މިކަމުގައި ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެ މުޒާހަރާތައް ވަނީ ކުރަން ފަށާފައެވެ.

މިޔަންމާގައި އަސްކަރިއްޔާއިން ބަޣާވާތްކޮށް ސޫޗީ ބަންދުކޮށްފައިވާ ކަމުގެ ރިޕޯޓުތައް ފެތުރެމުންދާއިރު، އެޤައުމުގެ ދައުލަތުގެ މީޑިއާ ވެސް ވަނީ އަސްކަރިއްޔާ އިން ހިސާރުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިންޓަރނެޓްގެ ޚިދުމަތާއި ފޯނުގެ ޚިދުމަތަށް ބުރޫ އަރާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޚަބަރުތައް ބުނާގޮތުން މިހާރުވަނީ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެ މުޒާހަރާތައް ފެށުމުން އެ ޤައުމުގައި ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން މަނާކޮށްފައެވެ. އެގޮތުން މިޔަންމާގައި ވަނީ ފޭސްބުކް، ޓްވިޓަރ އިންސްޓަގްރާމް އަދި ވަޓްސްއެޕް ބޭނުންކުރުން މަނާކޮށްފައެވެ.

މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރު އަން ސަން ސޫޗީގެ ސަރުކާރު ވައްޓާލައި އެ ޤައުމުގެ ސިފައިން ގެނައި ބަޣާވާތާ ދެކޮޅަށް ކުރާ މުޒާހަރާތަކުގެ ސަބަބުން އެޤައުމުގައި ކޯވިޑް ޓެސްޓްކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަސްކަރިއްޔާގެ ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށްފަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އަސްކަރިއްޔާ ދެކޮޅަށް މުޒާހަރާކުރަން ފަށާފައެވެ. އޭގެތެރޭގައި ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނެއެވެ. މި މީހުންނާ ދެކޮޅަށް ފުލުހުންގެ ވެހިކަލްތައް ނުކުމެ ބާރު ސްޕީޑްގައި އަންނަނީ ފެންވެސް ޖަހަމުންނެވެ. މުޒާހަރާއަށް ނުކުންނަ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސިފައިން ދިން ނަމަވެސް މުޒާހަރާގައި ބައިވެރިވާ މީހުން އަންނަނީ ގިނަވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު