Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމަޖެންސީ ވެކްސިން ޖެހުމުގެ ހުއްދަދިނުން

ދުނިޔޭގެ އެންމެ ފުރަތަމަ 1 ޑޯޒް ޖަހާ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ އެމެރިކާއިން ދީފި

28 ފެބުރުއަރީ 2021 | އާދީއްތަ 06:56

މިއީ ކޮވިޑަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އެއް ޑޯޒް ޖަހާގޮތަށް މިހާތަނަށް އައިއިރު އުފެއްދި ހަމައެކަނި ވެކްސިން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 28 ފެބުރުއަރީ 2021 | އާދީއްތަ 06:56
ޖޯންސަން އެންޑް ޖޯންސަން

ޖޯންސަން އެންޑް ޖޯންސަން

ދުނިޔޭގެ އެންމެ ފުރަތަމަ 1 ޑޯޒް ޖަހާ ޖޯންސަން އެންޑް ޖޯންސަން ވެކްސިން އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ޚާއްސަ ޓީމަކުން ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑަށް އުފައްދާފައިވާ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ މަޝްވަރާތައް މިދިޔަ ހުކުރު ދުވަހު ފަށާފައިވާއިރު، އެ ޓީމުން މިވަނީ މި ވެކްސިން އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. އެހެން ވެކްސިންތަކާ ޚިލާފަށް ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑަށް އުފެއްދި ވެކްސިންގައި ޖަހާނީ އެންމެ ޑޯޒެކެވެ. އަދި މިއީ ކޮވިޑަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އެއް ޑޯޒް ޖަހާގޮތަށް މިހާތަނަށް އައިއިރު އުފެއްދި ހަމައެކަނި ވެކްސިންކަން ވެސް ފާހަގަކޮށްލެވެއެވެ.

މިޓީމުން ވެކްސިން ޖެހުމުގެ ހުއްދަދޭން ނިންމާ އެކަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއަށް އެންގުމުން، އެކަން މިހާރު މިވަނީ އެފްޑީއޭއިން ހާމަކޮށް އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. މިޓީމުން ވަނީ މި ވެކްސިން ޖަހައިގެން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވައިރަހުން ރައްކާތެރިވާ މިންވަރު ބަލާފައެވެ. އެގޮތުން މިހާތަނަށް ކުރިޔަށް ގެންގޮސްފައިވާ ދިރާސާތަކަށް ބަލާއިރު 44،000 މީހުން ގަޔަށް ވެކްސިން ޖަހައިގެން ކުރިޔަށް ގެންދިޔަ ޓްރެއަލްގެ ނަތީޖާއިން ދައްކާފައިވަނީ ވައިރަސް ޖެހިގެން ހާލަތު އެންމެ ގޯސް މިންވަރަށް ދިޔުމުގައި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނުން 66 އިންސައްތަ ރައްކާތެރިކަން ލިބޭ ކަމަށެވެ.

އެއް ޑޯޒް ދޭ މިވެކްސިން ކާމިޔާބުވާ މިންވަރު އެކި ހިސާބުތަކުގައި ތަފާތެވެ. އެމެރިކާގައި ވެކްސިން ޖެހުމަށްފަހު 14 ދުވަސް ފަހުން ބެލިއިރު ވެކްސިނުން ރައްކާތެރިކަން ލިބޭ މިންވަރު ހުރީ 74 އިންސައްތައިގައެވެ. އަދި އޭގެ ދެ ހަފްތާފަހުން ބެލިއިރު ރައްކާތެރިކަން ލިބޭ މިންވަރު ހުރީ 72 އިންސައްތައިގައެވެ. މިވެކްސިނުން ވައިރަހުން ކުރާ އަސަރު މެދުމިނާ ހިސާބަށް ދިޔުމާއި ހާލަތު ގޯސްވުން ހުއްޓުވައިދެނީ 64 އިންސައްތައަށެވެ. މިއީ ދެކުނު އެފްރިކާ ގައި ވެކްސިން ޖެހުމަށްފަހު 28 ދުވަސް ފަހުން ބެލިއިރު ހާމަވި ނަތީޖާއެކެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޖެހިތާ 28 ދުވަސް ފަހުން ބެލިއިރު ވައިރަސް ޖެހިގެން އެއްވެސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކުރަން ނުޖެހުނުއިރު ވެކްސިން ޖެހި އެއްވެސް މީހަކު މަރުވެފައެއް ވެސް ނުވެއެވެ. ޖޯންސަން އެންޑް ޖޯންސަން ވެކްސިން ރެފްރިޖެރޭޓަރުގައި އާދައިގެ ފިނިހޫނު މިނުގައި ބެހެއްޓޭނެއެވެ. އަދި އެމްއާރުއެންއޭ ބޭނުންކޮށްގެން އުފައްދާފައިވާ މޮޑާނާ އާއި ފައިޒަރ ވެކްސިން ރައްކާކޮށް އެކިތަންތަނަށް އުފުލުގައި ބަހައްޓަންޖެހޭ ފިނިމިނުގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބަހައްޓާކަށް ނުޖެހެެއެވެ. އެހެންކަމުން މިވެކްސިން އެއްތަނުން އަނެއްތަނަށް އުފުލުމަށް ވެސް ފަސޭހަވާނެއެވެ.

އަންނަ ހަފްތާތެެރޭގައި ޖޯންސަން އެންޑް ޖޯންސަންގެ ތިނަކާއި ހަތަރު މިލިއަނާ ދެމެދުގެ ވެކްސިން ޑޯޒް ފޯރުކޮށްދޭން ފަށާނެކަމަށް ވަނީ ބެލެވިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް