Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓް

ހުރާ ކައުންސިލުން ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ސައްޙަ ނޫން އަދަދެއް ހިމަނާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

28 ފެބުރުއަރީ 2021 | އާދީއްތަ 04:55

މިކަން އިޞްލާޙުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާ ދީފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ފެބުރުއަރީ 2021 | އާދީއްތަ 04:55
ކ. ހުރާ

ކ. ހުރާ

ހުރާ ކައުންސިލުން ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ސައްޙަ ނޫން އަދަދެއް ހިމަނާފައިވާކަން 2016 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މި ރިޕޯޓުގައި ބުނީ މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގެ 31 ޑިސެންބަރު 2016 އަށް ނިމުނު މާލީ އަހަރުގެ "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެބަޔާން" ގައި، "އަހަރު ނިމުނު އިރު ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތި" މި އައިޓަމަށް ހަވާލާދޭ ނޯޓް ނަންބަރު 24ގައި ކައުންސިލްގެ އިދާރާގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އޮންނަ ރުފިޔާ އެކައުންޓްގައި 31 ޑިސެންބަރު 2016ގެ ނިޔަލަށް ހުރިކަމަށް ބޭންކް ސްޓޭޓްމަންޓުން ދައްކާ 216,082 (ދެ ލައްކަ ސޯޅަ ހާސް އަށްޑިހަ ދެއެއް) ރުފިޔާ އާއި، ޔޫ.އެސް ޑޮލަރު އެކައުންޓްގައި 31 ޑިސެންބަރު 2016ގެ ނިޔަލަށް ހުރި ކަމަށް ބޭންކް ސްޓޭޓްމަންޓުން ދައްކާ 15,851 (ފަނަރަ ހާސް އަށް ސަތޭކަ ފަންސާސްއެކެއް) ޔޫ.އެސް ޑޮލަރު ހިމަނާފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ކައުންސިލްގެ އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ރުފިޔާ އެކައުންޓްގައި 31 ޑިސެންބަރު 2016ގެ ނިޔަލަށް ހުރިކަމަށް ބޭންކް ސްޓޭޓްމަންޓުން ދައްކާ 1,173,776 (އެއްމިލިއަން އެއް ލައްކަ ހަތްދިހަ ތިން ހާސް ހަތް ސަތޭކަ ހަތްދިހަ ހައެއް) ރުފިޔާއާއި ނޯޓް ނަންބަރު 24 ގައި ބަޔާންކޮށްފައިވާ އަދަދު ދިމާނުވާކަމާއި، މި އަދަދު ރިކޮންސައިލް ކުރުމުގެ ގޮތުން ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރު ކޮށްފައިނުވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

ހަމައެއާއެކު، ކައުންސިލް އިދާރާއިން ތިޖޫރީގައި ބަހައްޓާ ފައިސާގެ "ތިޖޫރީ ބާކީ ފޮތް" އޮޑިޓަށް ހުށަހަޅާފައި ނުވުމުގެ ސަބަބުން، އަހަރު ނިމުނުއިރު އަތުގައި ހުރި ފައިސާގެ ގޮތުގައި ހިމަނާފައިވާ 6,575 (ހަ ހާސް ފަސް ސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާގެ ޞައްޙަކަންކަށަވަރު ކުރެވެން ނެތްކަން ފާހަގަކުރުމާއެކު މީގެ ސަބަބުން، "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން"ގެ "އަހަރު ނިމުނު އިރުހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތި" އަށް ހަވާލާދޭ ނޯޓް ނަންބަރު 24 ގައި ހިމަނާފައިވާ 1,410,944 (އެއް މިލިއަންހަތަރު ލައްކަ ދިހަ ހާސް ނުވަ ސަތޭކަ ސާޅީސް ހަތަރެއް) ރުފިޔާއަކީ ޞައްޙަ އަދަދެއް ނޫންކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން "އަހަރު ނިމުނު އިރު ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތި"ގެ ގޮތުގައި 923,694(ނުވަ ލައްކަ ތޭވީސް ހާސް ހަ ސަތޭކަ ނުވަދިހަ ހަތަރެއް) ރުފިޔާ ހިމަނާފައި ވީނަމަވެސް، މި އަދަދަށް ހަވާލާދީފައިވާ ނޯޓު ނަންބަރު 24 ގައި އަހަރު ނިމުނުއިރު ހުރި ޖުމްލަ އަދަދުގެ ގޮތުގައި ހިމަނާފައިވަނީ 1,410,944 (އެއް މިލިއަން ހަތަރު ލައްކަ ދިހަ ހާސް ނުވަސަތޭކަ ސާޅީސް ހަތަރެއް) ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

(ހ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 2.04 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އާމްދަނީ އާއި ޚަރަދުގެ ހިސާބުތައް ބެލެހެއްޓޭނެ އިންތިޒާމެއް ކައުންސިލު އިދާރާގައި ހަމަޖައްސާފައިވާކަން ކައުންސިލްގެ ރައީސް ކަށަވަރުކޮށް އެކަންކަން ގަވާއިދާ އެއްގޮތަށް ކުރިއަށް ހިނގަމުންދޭތޯ ބަލައި ޗެކުކުރުމަށް ލަފާދިނުން

(ށ) މާލީ އަހަރުގެ ނިޔަލަށް ކައުންސިލްގެ އިދާރާގެ ކޮންޓްރޯލް އޮންނަ ހުރިހާ ފައިސާއަކާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ ޞައްޙަ މައުލޫމާތު މާލީ ބަޔާނުގައި ހިމެނުމަށާއި، ފައިސާއާ ގުޅޭ ހުރިހާ ހިސާބުތަކެއް ޞައްޙަކަމާއެކު ތައްޔާރުކޮށް ފުރިހަމަކުރުމަށް ލަފާދިނުން

(ނ) މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި، އެ އަދަދުތަކަށް ހަވާލާދޭ ނޯޓު ނަންބަރުގައި ހިމަނާފައިވާ އަދަދުތައް އެއްގޮތްތޯ ބަލައި، ދެ އަދަދުގައި ފަރަގު އުޅޭނަމަ، ފަރަގު އަންނަ ސަބަބު ހޯދާ، މާލީ ބަޔާނުގައިވާ އަދަދުތަކަށް ހަވާލާދޭ ނޯޓުގައިވާ އަދަދު ދިމާކުރުމަށް ލަފާދިނުން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް