Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަށްވެހި ފަތިސް

ބ. އަތޮޅުގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާނެ ކަމުގެ އުންމީދު ރައީސް ދެއްވައިފި

ބ. އަތޮޅުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެށޭނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2021 | ހޮނިހިރު 17:25
ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ބ. އަތޮޅުގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާނެ ކަމުގެ އުންމީދު އެ އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރަށްވެހި ފަތިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ބ. އަތޮޅުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެށޭނެ ކަމަށާއި، ބ. އަތޮޅުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިވަގުތުވެސް ކުރެވެމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ކުޑަރިކިލު

ކުޑަރިކިލަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައީސް ޞާލިޙް ވިދާޅުވީ، ލަސްތަކެއްނުވެ އެރަށު ބަނދަރުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ކުޑަރިކިލަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އޭޕްރީލް މަސް ނިމުމުގެ ކުރިން އެ ރަށު ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ލިބިގެންދާނެ ކަމަށެވެ.

ކަމަދޫ

ކަމަދޫގެ ތަރައްގީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެ ރަށު ބަނދަރުގެ އީއައިގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، ދެވަނަ ކުއާޓަރގެ ތެރޭގައި ޓެންޑަރ އަށް ހުޅުވާލާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގެ ހިދުމަތް 8 ގަޑިއިރުން 16 ގަޑިއިރަށް ބަދަލު ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް މާރޗް މަހުގެ މެދު ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކެންދޫ

ކެންދޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެރަށުގެ ފެނާއި ނަރުދަމާގެ ލޭންޑް އެލޮކޭޝަން ކުރިޔަށްދާ ކަމަށާއި، ދެވަނަ ކުއަޓަރގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ސްކޫލް އަޕްގްރޭޑް ކުރުން މާރޗް މަހުގެ ތެރޭގައި ބިޑަށް ހުށަހަޅާލެވޭނެ ކަމަށާއި، ފުޓުބޯޅަ ބޮޑު ދަނޑެއްގެ މަސައްކަތް އޭޕްރީލް މަހުގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ޞާލިހް ވަނީ، ރަށް ގިރުމުގެ މައްސަލަ ތިންވަނަ ކުއާޓަރގެ ތެރޭގައި ކުރެވިގެންދާނެ ކަމަށާއި އަދި އޭޕްރީލް މަހުގެ ތެރޭގައި އެމްބިއުލާންސްގެ ހިދުމަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކިހާދޫ

ކިހާދޫގެ ތަރައްގީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން ރައީސް ޞާލިޙް ވިދާޅުވީ، ކެންދޫ ސްކޫލްއަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ސްކޫލުގެ ދެ ކްލާސް ރޫމުގެ މަސައްކަތް އޭޕްރީލް މަހުގެ ތެރޭގައި ބިޑް ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ރަށުގައި އައު އިންޖީނުގެ އެއް އެޅުމަށް ކައުންސިލުން ބިންދިންހާ އަވަހަށް ފެނަކައާ ހަވާލުކޮށްގެން ކުރެވިގެންދާނެ ކަމަށާއި، އަދި ކައިރީގައި އޮތް ފަޅު ރަށް ޕިކްނިކް ރަށެއްގެ ގޮތުގައި ބޭއްވުމަށް ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ދޮންފަނު

ދޮންފަނާއި ބެހޭ ގޮތުން ރައީސް ފާހަގަ ކުރެއްވީ، ސްކޫލުގައި ކުރަންހުރި މަރާމާތުގެ ކަންކަން އެޑިއުކޭޝަނުން ބައްލަވާނެ ކަމަށާއި، ރަނގަޅު ފުޓުބޯޅަ ދަނޑެއް ގާއިމު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އެސްޓީއޯ ފާމަސީއިން ބޭސް ނުލިބޭ މައްސަލަ ބައްލަވާނެ ކަމަށާއި، އަދި ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދަރަވަންދޫ

ދަރަވަންދޫ އަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައީސް ޞާލިޙް ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ ދެވަނަ ކުއާޓަރގައި ފެށިގެން ދާނެ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު އޮތީ ޑިޒައިނިންގ ސްޓޭޖުގައި ކަމަށެވެ. އަދި ފުޓުބޯޅަ ދަނޑުގެ ސައިޓް ސަރވޭ ކުރެވިފައިވާ ކަމަށާއި، މި ކުއަޓަރ ނިމުމުގެ ކުރިން މަސައްކަތް އިއުލާން ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މިއަހަރުގެ ތެރޭގައި 400 ކިލޯވޯޓުގެ ޖަނަރޭޓަރެއް ބަހައްޓާނެ ކަމަށެވެ. އަދި ދަރަވަންދޫ އެއަރޕޯޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށާއި، ދަރަވަންދޫއަށް ދިމާވެފައިވާ ކުނި ނައްތާލުމުގެ މަސައްކަތް ވެމްކޯގެ އެހީއާއެކު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާޅޮސް

މާޅޮހާއި ގުޅޭ ގޮތުން ރައީސް ޞާލިޙް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް އޮތީ މޮބިލައިޒް ކުރުމުގެ މަރުހަލާގައި ކަމަށާއި، މާޅޮހު ގިރާ ސަރަހައްދު ހިމާޔަރް ކުރުން ތިންވަނަ ކުއަޓަރގައި ޓެންޑަރ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ބ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސް ހެދޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

އޭދަފުށި

ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް އޭދަފުށީގެ ތަރައްގީގެ މަސައްކަތްތަކާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ ބަނދަރު ބޮޑުކޮށް ތަރައްގީ ކުރުމަށް ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ދެވަނަ ކުއާޓަރގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް މާރޗު މަހު ޓެންޑަރއަށް އަލުން ހުޅުވާލާނެ ކަމަށެވެ. މީގެ އިތުރުން މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

ތުޅާދޫ

ތުޅާދޫގެ ތަރައްގީގެ މަސްރޫއުތައް ކުރިޔަށްދާ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، ބަނދަރު ހަދަމުންދާއިރު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ކަންކަން ކުރިޔަށްދާނެ ކަމަށެވެ. އަދި ތުޅާދޫއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ހައްލު ހޯދަވައިދެއްވާނެ ކަމަށް ވިދާޅުވަމުން ރައީސް ޞާލިޙް ވިދާޅުވީ، މި އަހަރު ތެރޭގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ހިތާދޫ

ހިތާދޫއާ ގުޅޭގޮތުން ރައީސް ޞާލިޙް ވިދާޅުވީ، އައު އިންޖީނުގޭގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އިންޖީނުގެ މަސައްކަތް އެއްކޮށް ނިމުމުން 400 ކިލޯވޯޓުގެ ޖެނެރޭޓަރެއް ބެހެއްޓިގެންދާނެ ކަމަށެވެ. ހިތާދޫގެ ބަނދަރުގެ މަސައްކަތް ބިޑިންގ މަރުހަލާގައި އޮތް އިރު، ސިއްހީ މަރުކަޒަށް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފުޅަދޫ

ޖީލެއްގެ އިންތިޒާރަކަށްފަހު ފުޅަދޫ ބަނދަރު ތަރައްގީވެގެންދާތީ އެރަށު ރައްޔިތުން ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ. ފުޅަދޫގެ ތަރައްގީގެ މަސައްކަތްތަކާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ ކައުންސިލް އިދާރާގެ މަސައްކަތް ދެވަނަ ކުއަޓަރގެ ތެރޭގައި ޓެންޑަރ ކުރެވިގެންދާނެ ކަމަށާއި، އެރަށު ފެނާއި ނަރުދަމާގެ މަސައްކަތް 16 ފެބްރުއަރީގައި އިއުލާން ކުރެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މާރޗު މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލެވެނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފެހެންދޫ

ފެހެންދޫއާ ގުޅިގެން ރައީސް ސާލިޙް ފާހަގަ ކުރެއްވީ އެރަށު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ކޯޒްވޭއަކުން ފެހެންދޫއާ ގޮއިދޫ ގުޅާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ފެހެންދޫ ބަނދަރު ހެދުމަށް 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އެރަށުގައި ސިއްހީ މަރުކަޒު އިމާރާތް ކުރަން ނިންމާފައިވާ ކަމަށެވެ.

ގޮއިދޫ

ގޮއިދޫގައި ޕީއެސްއައިޕީ ގޮތުގައި 10 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެރަށުގެ ތަރައްގީގެ މަސައްކަތްތަކާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ، ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، އަދި ބަނދަރުގެ ދީސިބްލިޓީ ސްޓަޑީއެއް މިއަހަރުގެ ތެރޭގައި ހަދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު