Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފަރިތަކުރުންތައް ފެށުމުގެ ހުއްދަދިނުން

އާދީއްތަ ދުވަހުން ފެށިގެން ކުލަބުތަކަށް ފަރިތަކުރެވޭނެ: އެފްއޭއެމް

27 ފެބުރުއަރީ 2021 | ހޮނިހިރު 12:59

ފަރިތަކުރާއިރު ހާފަކު ތިބެވޭނީ 10 ކުޅުންތެރިންނަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ފެބުރުއަރީ 2021 | ހޮނިހިރު 12:59
މީގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

މީގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އާދީއްތަ ދުވަހުން ފެށިގެން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށްގެންދެވޭ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އައު އުސޫލުތަކުގެ ދަށުން ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަދީފައިވާކަން އެޗްޕީއޭއިން އެންގީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެޑްރެސްކޮށް، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައިވާ ގޮތުން ފަރިތަކުރުންތައް ފެށުމުގެ ހުއްދަދިން ނަމަވެސް، ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުން އަންނާތީ، ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި މި ދަނޑިވަޅުގައި ފަރިތަކުރުންތައް ފެށުން އިތުރު ދެ ހަފުތާއަށް ފަސްކުރުމަށްވެސް ވަނީ އެދިފައެވެ.

އެހެންކަމުން ފަރިތަކުރުންތައް ފެށުމާ ގުޅޭ ގޮތުން ކުލަބުތަކާއެކު އެފްއޭއެމުން ވަނީ މަޝްވަރާކޮށްފައެވެ. "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އަންނަ އޭޕްރީލް މަހު އޭއެފްސީ ކަޕުގެ ކޮލިފިކޭޝަން ފެށުމަށް ތާވަލުކޮށްފައި އޮތުމުން، ފަރިތަކުރުންތައް ކުރިއަށްގެން ހުއްދަދިނުމަށް އެންމެ ފުރަތަމަ މަޝްވަރާކުރީ އެ މުބާރާތުގައި ވާދަކުރާ ކުލަބުތަކަށް އެކަނި ކަމަށާއި، އެކަމަކު އެއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ. އެހެންކަމުން އާދީއްތަ ދުވަހުން ފެށިގެން ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަދީފައިވާ ކަމަށްވެސް ވިދާޅުވިއެެވެ.

ޖަވާ ވިދާޅުވީ ކުލަބުތަކުން ފަރިތަކުރުންތައް ކުރިއަށްގެންދަން ޖެހޭނީ އެފްއޭއެމުން ދާދި ފަހުން އެކުލަވާލި އައު އުސޫލުތަކާ އެއްގޮތަށް ކަމަށާއި، އެގޮތުން ހާފަކު ތިބެވޭނީ 10 ކުޅުންތެރިންނަށް ކަމަށެވެ. އަދި ފަރިތަކުރުންތައް ކުރިއަށްދާގޮތް ވަރަށް ގާތުން އެފްއޭއެމުން ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މެދުކެނޑުމަކަށްފަހު ކުލަބުތަކުން ފަރިތަކުރުންތައް ފަށާއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ ކޮވިޑުގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. އެއަށްފަހު އާދީއްތަ ދުވަހު ކުލަބުތަކުން ފަރިތަކުރުންތައް ފަށާއިރު، ލީގުގައި ކުޅެމުން އަންނަ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، މި ސީޒަން ފެށުމަށް އެންމެ ފުރަތަމަ ކުލަބުތަކުން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށީވެސް އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2020

ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދީފި

08 އޮކްޓޯބަރު 2020
ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދީފި
16 ސެޕްޓެމްބަރު 2020

ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ޖަރުމަނުގެ ކުލަބުތަކަށް ދީފި

16 ސެޕްޓެމްބަރު 2020
ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ޖަރުމަނުގެ ކުލަބުތަކަށް ދީފި
23 އޯގަސްޓު 2020

"ހަތަރު ރަށެއްގައި އެޅި ފަތާ ޓްރެކްތަކާއެކު ފުޅާ ދާއިރާއެއްގައި ފެތުމުގެ ހަރަކާތްތައް ފެށިގެންދާނެ"

23 އޯގަސްޓު 2020
"ހަތަރު ރަށެއްގައި އެޅި ފަތާ ޓްރެކްތަކާއެކު ފުޅާ ދާއިރާއެއްގައި ފެތުމުގެ ހަރަކާތްތައް ފެށިގެންދާނެ"
27 އެޕްރީލު 2020

މެއި މަހުން ފެށިގެން އިޓަލީގެ ކްލަބުތަކަށް ތަމްރީނުތައް ހަދަން ހުއްދަ ދީފި

27 އެޕްރީލު 2020
މެއި މަހުން ފެށިގެން އިޓަލީގެ ކްލަބުތަކަށް ތަމްރީނުތައް ހަދަން ހުއްދަ ދީފި
04 ފެބުރުއަރީ 2020

ކުލަބުތަކަށް ވިޔަފާރި ކުރެވޭނެ ގޮތް އެފްއޭއެމް އިން ހަމަޖައްސައިދެނީ

04 ފެބުރުއަރީ 2020
ކުލަބުތަކަށް ވިޔަފާރި ކުރެވޭނެ ގޮތް އެފްއޭއެމް އިން ހަމަޖައްސައިދެނީ
11 ޖުލައި 2019

އައިއޯއައިޖީ 2019: ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާ އެތުލީޓު އިއުލާންކުރުން އާދީއްތަ ދުވަހު

11 ޖުލައި 2019
އައިއޯއައިޖީ 2019: ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާ އެތުލީޓު އިއުލާންކުރުން އާދީއްތަ ދުވަހު
24 ޖެނުއަރީ 2019

މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް

24 ޖެނުއަރީ 2019
މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް
24 އޯގަސްޓު 2017

އޮމާން މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު އާދީއްތަ ދުވަހު ގަތަރަށް ފުރަނީ

24 އޯގަސްޓު 2017
އޮމާން މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު އާދީއްތަ ދުވަހު ގަތަރަށް ފުރަނީ
31 މާރިޗު 2017

ބޮޑު 8 ކްލަބާ އެކު ކުންފުނިތަކުން ސޮއިކުރުން އާދީއްތަ ދުވަހު

31 މާރިޗު 2017
ބޮޑު 8 ކްލަބާ އެކު ކުންފުނިތަކުން ސޮއިކުރުން އާދީއްތަ ދުވަހު
17 މާރިޗު 2017

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް