Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފަތާ ޓްރެކްގެ މަސައްކަތް

"ހަތަރު ރަށެއްގައި އެޅި ފަތާ ޓްރެކްތަކާއެކު ފުޅާ ދާއިރާއެއްގައި ފެތުމުގެ ހަރަކާތްތައް ފެށިގެންދާނެ"

23 އޯގަސްޓު 2020 | އާދީއްތަ 08:38

މިހާތަނަށް ފަތާ ޓްރެކް އަޅާފައިވަނީ އައްޑޫ ސިޓީ ފޭދޫ، އައްޑޫ ސިޓީ މީދޫ، ހދ. ކުޅުދުއްފުށި އަދި ހއ. ދިއްދޫގައި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 23 އޯގަސްޓު 2020 | އާދީއްތަ 08:38
އައްޑޫ ސިޓީ ފޭދޫގައި އެޅި ފަތާ ޓްރެކް

އައްޑޫ ސިޓީ ފޭދޫގައި އެޅި ފަތާ ޓްރެކް

ކުޅިވަރު އެތުލީޓުނަށް މުޅި ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހަތަރު ރަށެއްގައި ފަތާ ޓްރެކް އަޅައި، ފެތުންތެރިންނަށް ފެތުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ހަތަރު ރަށެއްގައި ފަތާ ޓްރެކް އަޅާފައެވެ. އެއީ އައްޑޫ ސިޓީ ފޭދޫ، އައްޑޫ ސިޓީ މީދޫ، ހދ. ކުޅުދުއްފުށި އަދި ހއ. ދިއްދޫގައެވެ.

އާދީއްތަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މި ޓްރެކްތަކުގެ ބޭނުން ހުރިހާ އެންމެންވެސް އެންމެ ފުރިހަމައަށް ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މި ރަށްރަށުގައި ފެތުމުގެ ދާއިރާއިން ހުނަރުވެރި ފެތުންތެރިންތަކެއް އުފެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި އަންނަ އަހަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓްރެކްތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި، އެގޮތުން މިހާރުވެސް ޓްރެކް އެޅުމަށް ބައެއް ރަށްތައް ފާހަގަކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ އަލަށް އެޅި ފަތާ ޓްރެކްތަކާއެކު މުޅި ރާއްޖޭގައި މަތީ ފެންވަރުގެ ފެތުންތެރިން ތަމްރީނު ކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، މިއީ މުޅި ފެތުމުގެ އާއިލާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތާ ޓްރެކް އެޅުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދަނީ ސްވިމިންގ އެސޯސިއޭޝަނާ ގުޅިގެންނެވެ. އެގޮތުން ހަތަރު ރަށެއްގައި ފަތާ ޓްރެކް އެޅިއިރު، މީގެ ތެރެއިން ކުޅުދުއްފުއްޓާއި ދިއްދޫގައި ސްވިމިންގެ ވައިޑީޕީ ޕްރޮގްރާމު ފަށާފައިވާއިރު، ތަމްރީނު ލިބިފައިވާ ސްވިމިންގ އިންސްޓްރަކްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 ގެ ހާލަތަށް ލުޔެއް ލިބުމާއެކު، އައްޑޫ ސިޓީގައި ސްވިމިންގ އިންސްޓަކްޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އެ އާއެކު އައްޑޫ ސިޓީގައިވެސް ވައިޑީޕީގެ ޕްރޮގްރާމުތައް ފެށިގެންދާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

13 އެޕްރީލު 2017
ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ
06 އެޕްރީލު 2017

ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

06 އެޕްރީލު 2017
ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި
01 އެޕްރީލު 2017

ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

01 އެޕްރީލު 2017
ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް
21 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

21 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް