Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބްތަކާއި ކުން

ބޮޑު 8 ކްލަބާ އެކު ކުންފުނިތަކުން ސޮއިކުރުން އާދީއްތަ ދުވަހު

ކްލަބުތަކަށް ފައިސާ ދޫކުރާނީ ކުންފުނިތަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 31 މާރިޗު 2017 | ހުކުރު 23:09
ފުރަތަމަ ޑިވިޝަންގެ ކްލަބްތައް އަދި ކުންފުނިތަކާ ސޮއިކުރުން

ފުރަތަމަ ޑިވިޝަންގެ ކްލަބްތައް އަދި ކުންފުނިތަކާ ސޮއިކުރުން

ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަށް ވެފައިވާ ވައުދުގެ ދަށުން، 8 ކްލަބާ އެކު ކުންފުނިތަކުން އާދީއްތަ ދުވަހު ސޮއިކުރާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ، ބޮޑު 8 ކްލަބާއެކު ކުންފުނިތަކުން އަންނަ އާދީއްތަ ދުވަހު ސޮއިކުރާނެ ކަމަށާއި، އެކަމަށް އެ އިދާރާއިން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެފްއޭއެމް އިން މި މަހު ދެވަނަ ދުވަހު ކްލަބްތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ކުންފުނިތައް ގުރުވަތުލައިގެން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން މިއަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ހަވާލުވާނީ އެލައިޑް އިންޝިއުރެންސް އެވެ. އަދި މިދިޔަ އަހަރުގެ ދިވެހި ލީގު ޗެމްޕިއަން މާޒިޔާ އާއި ހަވާލުވާނީ މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ. ފާއިތުވި ސީޒަންގެ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރި ކްލަބު އީގަލްސްގެ ސްޕޮންސަރަކަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ހަމަޖެހިގެންދިޔަ އިރު، ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ސްޕޮންސަރަކަށް ހަމަޖެހިފައި ވަނީ މޯލްޑިވް ގޭސް އެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް އެވެ. އަދި ފާއިތުވި ސީޒަންގެ އެފްއޭކަޕްގެ ޗެމްޕިއަން ކްލަބު ވެލެންސިޔާ އަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ހަމަޖެހިގެންދިޔަ އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ސްޕޮންސަރަކަށް ހަމަޖެހުނީ ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އަދި މިއަހަރުގެ ފުރަތަމަ ޑިވިޝަނަށް އަލަށް ނުކުތް ކްލަބު ގްރީން ސްޓްރީޓްގެ ސްޕޮންސަރަކަށް ހަމަޖެހުނީ މޯލްޑިވިއަން އެވެ.

ދިވެހި ޕްރިމިއަރ ލީގަށް ކުރިޔަށް އޮތް ސީޒަނުގައި ކޮލިފައިނުވާ ކްލަބްތަކަށް ދެ މިލިއަން ރުފިޔާ ލިބޭ އިރު، އޭގެ ތެރެއިން ކޮލިފައިވާ ކްލަބްތަކަށް އިތުރަށް އެއް މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ. މީގެ އިތުރުން އަތޮޅު ތެރެއިން އަންނަ ޓީމުތަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ވެސް އެފްއޭއެމް އިން ވަނީ ނިންމާފަ އެވެ.

ކުލަބުތަކަށް ދޭ ފައިސާގެ އިތުރުން ކުރީ އަހަރުތަކެކޭ އެއް ފަދައިން ލީގާއި މުބާރާތްތަކުގެ ވަނަތަކަށް ވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ފައިސާގެ އިނާމު ކަމަށްވާ އެއް މިލިއަން ރުފިޔާ ގަދަ ހަ ޓީމުގެ މެދުގައި ބަހާލުމަށް ނިންމާފައިވާއިރު އެފްއޭ ކަޕާއި ޕުރެސިޑެންޓްސް ކަޕްގެ ފައިސާގެ އިނާމަކަށް ކަނޑައަޅާފައިވަނީ މުބާރާތަކަށް 150،000ރ. އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު