Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލުން

ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ޖަރުމަނުގެ ކުލަބުތަކަށް ދީފި

ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން 20 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2020 | ބުދަ 18:33
ބޮރޫޝިއާ ޑޯޓްމުންޑުގެ ސަޕޯޓަރުން: 10،000 ސަޕޯޓަރުން ދަނޑަށް ވައްދާނެ

ބޮރޫޝިއާ ޑޯޓްމުންޑުގެ ސަޕޯޓަރުން: 10،000 ސަޕޯޓަރުން ދަނޑަށް ވައްދާނެ

އައު ސީޒަނުގެ ޖަރުމަން ލީގު ފަށާއިރު، ވަކި އަދަދަކަށް ސަޕޯޓަރުން ދަނޑައް ވެއްދުމުގެ ހުއްދަ ކުލަބުތަކަށް ދީފިއެވެ.

އައު ސީޒަނުގެ ޖަރުމަން ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުގެރެއެވެ. ދާދި ފަހުން ޖަރުމަންގެ ސިޔާސީ ފަރާތްތަކާއި، އެކި ސްޓޭޓްތަކުގެ ވެރިން ބޭއްވި ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން 20 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ ހުއްދަ ދީފައެވެ.

އެއާއެކު ބޮރޫޝިއާ ޑޯޓްމުންޑުން ވަނީ އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި 10،000 ސަޕޯޓަރުން ދަނޑަށް ވައްދާނެކަން އިއުލާން ކޮށްފައެވެ. ޖަރުމަން ލީގުގައި ޑޯޓްމުންޑުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މޮންޗެގްލަޑްބަކާ ދެކޮޅަށެވެ. މީގެ އިތުރުން ކޮލޯނުންވެސް ވަނީ އެޓީމުން ހޮނިހިރު ދުވަހު ހޮފެންހެއިމާ ދެކޮޅަށް ކުޅޭ މެޗުގައި 9،200 ސަޕޯޓަރުން ދަނޑަށް ވައްދާނެކަން އިއުލާން ކޮށްފައެވެ.

މީގެ ކުރިން ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލާނެކަން އިއުލާން ކޮށްފައިވަނީ އާރްބީ ލެއިޕްޒީގާއި ވާޑާ ބެރެމެނުންނެވެ. އެގޮތުން ލެއިޕްޒީގުން ކުޅޭ ފުރަތަމަ މެޗު ބަލަން 4،800 ސަޕޯޓަރުންނަށް ދަނޑަށް ވައްދާނެކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އައު ސީޒަނުގެ ޖަރުމަން ލީގުގެ މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވައްދާއިރު، ޖަރުމަން ލީގު ވެގެންދާނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލާ ފުރަތަމަ ލީގަށެވެ. ކޮވިޑް-19 އާ ގުޅިގެން މެޗުކަނޑާލި މިދިޔަ ސީޒަނުގެ ޖަރުމަން ލީގުގެ ކުޅުން މެއި މަހުގެ 16 ވަނަ ދުވަހު ފެށިއިރު، ޖަރުމަން ލީގު ވެގެންގޮސްފައިވަނީ ކޮވިޑް-19 ގެ ބްރޭކަށްފަހު ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކުޅުން ފެށި ފުރަތަމަ ލީގަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު