Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބްތަކަށްދޭ މާލީ އެހީ

މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް

މި ގޮތަށް ނިންމީ ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށް ފަހު

ލީވާން އަލީ
ލީވާން އަލީ | 24 ޖެނުއަރީ 2019 | ބުރާސްފަތި 09:02
ބައްސާމް (ކ) އަދި ރައީސް ސޯލިހު (ކ)

ބައްސާމް (ކ) އަދި ރައީސް ސޯލިހު (ކ)

މި އަހަރު ވެސް ކްލަބްތަކަށް ފައިސާ ދޫކުރާނީ ސަރުކާރުން ކަމަށާއި 2020 ވަނަ އަހަރުން ފެށިގެން އެކަން ކުރާނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ބޭއްވެވި ބައްދަލުވުމުގައި ކްލަބްތަކުގެ ތަރައްގީއަށް ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން ކްލަބްތަކަށް ދެމުން އަންނަ މާލީ އެހީތެރިކަން އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، މި އަހަރު ވެސް ދިނުމަށް ކުންފުނިތަކާ އެކު މަޝްވަރާކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ފައިސާ ވީއެންމެ އަވަހަކަށް ކްލަބްތަކަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ބައްދަލުވުމުގައި ލިބިގެންގޮސްފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެގޮތުން އެ ފައިސާ ކްލަބްތަކަށް މި އަހަރު ސަރުކާރުގެ ފަރާތުން ލިބިއްޖެ ނަމަ، 2020 ވަނަ އަހަރުން ފެށިގެން ކްލަބްތަކަށް ފައިސާ ދޫކުރާނީ އެފްއޭއެމުންކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ސޯލިހުއަށް އަރުވާފައިވާނެ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ. އަދި މި ފައިސާ އެފްއޭއެމުން ކްލަބްތަކަށް ދޫކުރާނީ އެއްވެސް ފަރާތެއްގެ މެދުވެރިވުމެއް ނެތި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ދިވެހި ޒުވާނުންނާ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓާކައި މަސައްކަތް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އަދި ޒުވާނުންގެ ތަރައްގީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުއެވެ. އެގޮތުން ކްލަބްތަކުން މިހާރުއްސުރެ އަންނަނީ ސީޒަނަށް ތައްޔާރުވުމަށް ބަޖެޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2018

ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު

05 ޑިސެމްބަރު 2018
ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު
21 ނޮވެމްބަރު 2018

މީގެ ކުރިން ކުޅިވަރު ކުރިއަރުވަން މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެ: ނައިބު ރައީސް

21 ނޮވެމްބަރު 2018
މީގެ ކުރިން ކުޅިވަރު ކުރިއަރުވަން މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެ: ނައިބު ރައީސް
19 ނޮވެމްބަރު 2018

އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިއްޖެ

19 ނޮވެމްބަރު 2018
އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިއްޖެ
17 އޮކްޓޯބަރު 2018

މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން

17 އޮކްޓޯބަރު 2018
މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން
01 އޮކްޓޯބަރު 2018

ކުލަބުތަކުގެ މާލީ ހާލަތާ މެދު ބައެއް ކޯޗުން ކަންބޮޑުވުން ފާޅުކޮށްފި

01 އޮކްޓޯބަރު 2018
ކުލަބުތަކުގެ މާލީ ހާލަތާ މެދު ބައެއް ކޯޗުން ކަންބޮޑުވުން ފާޅުކޮށްފި
21 ޑިސެމްބަރު 2017

ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން

21 ޑިސެމްބަރު 2017
ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
02 މާރިޗު 2017

ކްލަބުތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައަޅައިފި

02 މާރިޗު 2017
ކްލަބުތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައަޅައިފި
01 މާރިޗު 2017

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

01 މާރިޗު 2017
ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު