Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ ބަންދު

ގާސިމްގެ ބަންދުގެ މުއްދަތު ހައިކޯޓުން ދަމަހައްޓައިފި، ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނެ

ގާސިމްގެ ބަންދަށް ޖެހި 15 ދުވަހަށް ހައިކޯޓުން ތާއީދު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 މެއި 2017 | އަންގާރަ 14:20
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް، އެމަނިކުފާނުގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހި މުއްދަތު ހައިކޯޓުން ދަމަހައްޓައިފި އެވެ.

ކޯޓުން ނިކުމެވަޑައިގެން ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ދަށު ކޯޓުން ބަންދަށް ޖެހި މުއްދަތަށް ހައިކޯޓުން ތާއީދުކޮށްފައިވާ ކަމަށެވެެ. އަދި ހައިކޯޓްގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ހިސާން ވިދާޅުވީ ހައިކޯޓުން އެގޮތައް ނިންމުމުގައި ތިން ކަމެއް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކުށުގެ ތުހުމަތުގައިވާ މީހަކާ ދެކޮޅަށް ބޭނުންވާނީ ކުށް ސާބިތު ކުރެވޭ މިންވަރުގެ ހެކި ނޫން ކަމަށާއި އެ ހާލަތުގައި، ކުށެެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރުމުން ފުދޭނެ ކަމަށެވެ. އަދި ގާސިމަށް ކޮށްފައިވާ ތުހުމަތުގައި، ތުހުމަތެއް އުފެދޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށާއި ގާސިމް ބަންދު ކުރަން ނެރުނު އަމުރު ރަނގަޅު ކަމަށް އެ ނިންމުމުގައި ވާކަމަށެވެ.

މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނުގެ ދަށުން، ގާސިމް ހައްޔަރު ކުރުމުގެ އަމުރަށް އެދުނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމަށް ވިޔަސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހުށަހެޅީ ފުލުހުން ކަމަށް ވާތީ އެއީ އިމްތިޔާޒްގެ ގާނޫނާ ޚިލާފް ކަމެއް ކަމަށް ގާސިމްގެ ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ހުކުމުގައި ވަނީ އިމްތިޔާޒްގެ ގާނޫނުގެ ދަށުން ޕީޖީގެ ދައުރު އޮންނަނީ މެމްބަރަކު ހައްޔަރު ކުރުމުގެ އަމުރަކަށް އެދޭއިރު ކަމަށާއި މެމްބަރެއްގެ ބަންދުގެ މުއްދަތު އިތުރު ކުރަން ހުށަހަޅާއިރު އެ ގާނޫނުގައި ބުނާ އެ އުސޫލު ނުހިނގާނެ ކަމަށެވެ.

ޤާސިމްގެ ވަކީލުން ވިދާޅުވީ ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމި ގާޒީއަކީ ގާސިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ގާޒީ ކަމަށް ވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި އެއީ އެ ގާޒީގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ހައްޔަރު ކުރުމުގެ އަމުރު ނެރޭ ގާޒީ އަށް އެ މައްސަލައިގެ ބަންދާ މެދު ގޮތެއް ނިންމަން ނުއިންނެވޭނެ ސަބަބެއް އޮތް ކަން ގާސިމްގެ ވަކީލުންނަށް ނުދެއްކޭ ކަމަށާއި އެއީ ގާޒީގެ މަސްލަހަތު ހިމެނޭނެ ކަމެއް ނޫން ކަމަށެވެ.

އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ހައްޔަރުކޮށްފައި ވަނީ މިދިޔަ އޭޕްރީލް 20 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި ގާސިމް، އެފަހަރު ހައްޔަރު ކޮށްފައި ވަނިކޮށް، އޭނާ ދޫކޮށްލަން އަމުރުކުރީ ހައި ކޯޓުންނެވެ. އޭރު އޭނާ ދޫކޮށްލަން އަމުރުކުރީ އިމްތިޔާޒްގެ ގާނޫނުގައި ބުނާ އުސޫލުގެ މަތިން، ހައްޔަރު ކުރުމުގެ އަމުރު ޕީޖީ މެދުވެރިކޮށް ހޯދާފައިނުވާތީ އެވެ. އެކަމަކު ފަހުން ގާސިމް ހައްޔަރުކުރީ ސީދާ ޕީޖީގެ ހުށަހެޅުމަކަށް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ގާސިމަށް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިންގަމުންނެވެ. އެ މައްސަލާގައި ތިން ދައުވާއެއް ގާސިމަށް ކުރެ އެވެ.

ރާއްޖެ އިސްލާހު ކުރަން ޖެހޭ ކަމަށާއި އެމަސައްކަތްއ ގުޅިފައިވާ ލީޑަރުން މަސައްކަތް ފެށުމާއެކު ރާއްޖޭގެ ސިޔާސީ މަޝްރަހް ހަލަބޮލިވެގެން ދިޔައެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ތަފާތު ތުހުމަތުތައް ކުރެވި ފުލުސް އޮފީހަށް ދަނީ ހާޒިރު ކުރަމުންނެވެ. އެގޮތުން ޤާސިމްއަށް ކުރާ އެއް ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުމެވެ. މިތުހުމަތު ފެންމަތިވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރާވަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހަމަވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޤާސިމްގެ އިސްތިއުނާފްގެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެނދިޔައިރު ޤާސިމަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައިކޯޓު ދޮށަށް އެއްވެފައެވެ. ޤާސިމް ދޫކޮށްލުމަށް ގޮވާލާ ޓީޝާޓްތަކެއް ލައިގެން އުޅުނު އެމީހުން އެކަމަށް ގޮވާލާ ބޮޑު ބެނާއެއްވެސް ގެންގުޅުނެވެ. އަދި ދިޔައީ ޤާސިމް ދޫކޮށްލަން ގޮވާލާ އަޑު އުފުލަމުންނެވެ. ނަމަވެސް ފުލުހުން ދޭތެރެ ދޭތެރެއިން ދިޔައީ އެމީހުން ފަހަށް ޖައްސާ އެސަރަހައްދު ހުސްކުރަމުންނެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު