Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހާޝޮގްޖީގެ މަރުގެ ތަހުގީގު

ހާޝޮގްޖީގެ މަރުގެ ރިޕޯޓާއި ގުޅިގެން ސައުދީގެ 76 މީހަކަށް އެމެރިކާއަށް ނުވަދެވޭގޮތް ހަދައިފި

ހާޝޮގްޖީ މަރާލާފައިވަނީ ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ހުއްދަދީގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ފެބުރުއަރީ 2021 | ހޮނިހިރު 00:31
2018 ވަނަ އަހަރު ލަންޑަންގައި ބޭއްވި އިވެންޓެއްގައި ހާޝޮގްޖީ ވާހަކަދައްކަނީ

2018 ވަނަ އަހަރު ލަންޑަންގައި ބޭއްވި އިވެންޓެއްގައި ހާޝޮގްޖީ ވާހަކަދައްކަނީ

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންތަނާ މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ހާޝޮގްޖީގެ މަރާގުޅިގެން ސައުދީ އަރަބިއްޔާގެ 76 މީހަކަށް އެމެރިކާއަށް އެތެރެނުވެވޭގޮތަށް ހަދާފައިވާކަމަށް އެގައުމުގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ހާޝޮގްޖީގެ މަރާގުޅިގެން އެމެރިކާގެ އިންޓަލިގެންސް ފަރާތްތަކުން ކުރިޔަށް ގެންދިޔަ ތަހުގީގު ހުކުރު ދުވަހު ވަނީ އާންމުކޮށްފައެވެ. މިރިޕޯޓުގައި ފުރަތަމަ ފަހަރަށް ރަސްމީގޮތުން ވަނީ ހާޝޮގްޖީ މަރާލާފައިވަނީ ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ހުއްދަދީގެންކަން ހާމަކޮށްފައެވެ. އަދި މިރިޕޯޓްގައި ވަނީ ހާޝޮގްޖީ މަރާލުމުގެ އޮޕަރޭޝަންގައި އެކިގޮތްގޮތުން ބައިވެރިވެފައިވާ 21 މީހެއްގެ ނަން ހިމަނާފައެވެ.

ބްލިންކެން ވިދާޅުވީ އެކްޓިވްސްޓިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ދޭ އިންޒާރާއި އެމީހުން މަރާލުމަށް ހިންގާ ކަންކަމަކީ އެއްގޮތަކަށްވެސް އެމެރިކާއިން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށެވެ. އަދި ވިސާ ރެސްޓްރިކްޝަން ޕޮލިސީގެ ދަށުން "ހާޝޮގްޖީ ބޭން" ބްލިންކެން ވަނީ އިއުލާންކުރައްވާފައެވެ.

ހާޝޮގްޖީގެ މަރާގުޅިގެން އެމެރިކާގެ ކޮންގްރެސްގައި ވަނީ އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އަދި މިކަމުގައި މުހައްމަދު ބިން ސަލްމާން ޖަވާބު ދާރީކުރުވުމަށް އަންނަނީ ގޮވާލަމުންނެވެ.

މިިރިޕޯޓާއި ގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ އެކަމުގައި ޝާމިލްވާ ފަރާތްތަކަށް އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެކަމަށެވެ.

ހާޝޮގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެކަމާއި ގުޅިގެން މީގެކުރިންވެސް ތުރުކީން ބުނަމުން އައިސްފައިވަނީ ހާޝޯގީ މަރާލުމަށް އަންގާފައިވަނީ ސައުދީގެ މަތީ ފަންތީގެ ބައެއްގެ އަމުރަށް ކަމަށެވެ. އަދި ހާޝޮގްޖީގެ މަރުގެ ތުހުމަތުތައް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އަމާޒުކުރަމުން ދިޔަނަމަވެސް ސައުދީ ސަރުކާރުން މިހާތަނަށްވެސް ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

އުމުރުން 59 އަހަރުގައި ހަޝޯގީ މަރާލިއިރު، އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ "ވޮޝިންގޓަން ޕޯސްޓް" ގައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު