Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފައިޒަރ ވެކްސިންގެ އަސަރުކުރާ މިންވަރު

ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒާއެކު ވައިރަސް ފެތުރޭ މިންވަރު ބޮޑުތަނުން ދަށްކޮށްދޭކަން ދިރާސާއަކުން ހާމަވެއްޖެ

ވެކްސިން ނުޖަހާ ސްޓާފުންގެ ތެރެއިން 0.80 އިންސައްތަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2021 | ހޮނިހިރު 00:23
ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކުން ކޮވިޑް-19ށް އުފެއްދި ވެކްސިންގެ އެއް ޑޯޒް ޖެހުމުން ވައިރަސްގެ އަލާމާތެއް ނުފެނި ވައިރަހަށް ޕޮޒިޓިވްވާ މިންވަރާއި ވައިރަސް ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދޭކަމަށް އިނގިރޭސިވިލާތުގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

މިދިރާސާ ކުރިޔަށް ގެންދިޔުމަށްޓަކައި ދިރާސާކުރާ ފަރާތްތަކުން ބަލާފައިވަނީ ހޮސްޕިޓަލްގެ ސްކްރީނިންގެ ތެރެއިން ހަދާފައިވާ އެތައް ހާސް ކޮވިޑް ޓެސްޓްތަކެވެ. ކޮންމެ ހަފްތާއެއްގައިވެސް ކެމްބްރިޖްގެ ސިއްހީ މަސައްކަތްތެރިންގެ ތެރޭގައި ކުރިޔަށް ގެންގޮސްފައިވާ ކޮވިޑް ޓެސްޓްތަކުގެ ނަތީޖާތައް ބަލައިގެން މިދިރާސާވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިދިރާސާކުރިޔަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވި ކެމްބްރިޖް ޔުނިވަރސިޓީ ހޮސްޕިޓަލްގެ އިންފެކްޝިއަސް ޑިޒީސްގެ ސްޕެޝަލިސްޓް ނިކް ޖޯންސް ވިދާޅުވީ ދިރާސާގެ ނަތީޖާއިން ހާމަވެގެން ދިޔައީ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު އެމީހުންގެ މެދުގައި ހަށިގަނޑުގައި ވައިރަސް ހުރިކަމުގެ އަލާމާތެއް ނުފެނި ވައިރަހަށް ޕޮޒިޓިވްވާ މިންވަރު ބޮޑުތަނުން ދަށްވެގެން ދިޔަތަން ކަމަށެވެ.

ވެކްސިން ޖެހި ސްޓާފުންނާއި ވެކްސިން ނުޖަހާ ސްޓާފުންގެ ކޮވިޑް ޓެސްޓްތަކުގެ ނަތީޖާތައް ވަކިކުރުމަށްފަހު ބެލިބެލުމުން އެނގުނީ ވެކްސިން ނުޖަހާ ސްޓާފުންގެ ތެރެއިން 0.80 އިންސައްތަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށެވެ.

މިނަތީޖާ ދެން އަޅާކިޔާފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 12 ދުވަސް ނުވާ ސްޓާފުންގެ މެދުގައި ކުރިޔަށް ގެންދިޔަ ޓެސްޓްތަކުގެ ނަތީޖާއިން ދެއްކި 0.37 އިންސައްތަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވުމާއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 12 ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ ސްޓާފުންގެ މެދުގައި ވައިރަހަށް ޕޮޒިޓިވްވެފައިވާ މިންވަރު ހުރީ 0.20 އިންސައްތައިގައި ކަމަށް ދިރާސާއިން ވަނީ ހާމަވެފައެވެ.

މިދިރާސާ އާއި އަދި ދިރާސާއިން ދެއްކި ނަތީޖާތައް މިނިވަން ސައިންސްވެރިންތަކެއް އަދި ބަލާނެއެވެ.

ދިރާސާއިން ހާމަވެގެންދިޔަ ނަތީޖާތަކާއި ގުޅިގެން ދިރާސާ ކުރިޔަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވި އެހެން މާހިރެއް ކަމުގައިވާ ކެމްބްރިޖް ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް މެޑިސިންގައި މަސައްކަތްކުރާ މައިކް ވީކްސް ވިދާޅުވެފައިވަނީ މިނަތީޖާއިން ހާމަވެގެންދިޔަ ކަމަކީ ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ އަލާމާތެއް ނުފެނި ވައިރަސް ފެތުރުމުގެ ފުރުސަތު ސިއްހީ މަސައްކަތްތެރިންގެ މެދުގައި ހަތަރު ގުނަ ދަށްވެފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހުމަށްފަހު 12 ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެއްޖެނަމަ ވައިރަސް ޖެހުމުގެ 75 އިންސައްތަ އެމީހުންގެ މެދުގައި ކުޑަވެފައިވާ ކަމެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 12 ދުވަސް ނުވާ މީހުންގެ މެދުގައިވެސް ވައިރަސް ހަށިގަނޑުގައި ހުރިކަން ނޭންގި ވައިރަހަށް ޕޮޒިޓިވްވުމުގެ އިންސައްތަ ދެބައިކުޅަ އެއް ބައި ދަށްކޮށްދީފައިވާ ކަމަށް ވީކްސް ވިދާޅުވިއެވެ.

ވީކްސް އިތުރަށް ވިދާޅުވީ މިއީ ލިބިގެންދިޔަ އުފާވެރި ޚަބަރެއް ކަމަށެވެ. ފައިޒަރ ވެކްސިނުން ހަމައެކަނި ވައިރަސް ޖެހުމުން ރައްކާތެރިކޮށްދެނީ ނޫންކަމަށާއި އެއާއެކު ވައިރަސް ފެތުރޭ މިންވަރުވެސް ދަށްކޮށްދޭކަމަށް ވީކްސް ވިދާޅުވިއެވެ. އެހެންނަމަވެސް ވެކްސިނުން ހުރިހާ އެންމެންނަށް ވައިރަހުން ރައްކާތެރިކޮށްނުދޭކަން ހާމަކުރައްވާ އެކަމަށް ސަމާލުވާން ޖެހޭނެކަމަށް ވީކްސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން އަންނަނީ ފައިޒަރ އަދި އެސްޓްރަޒެނިކާ ވެކްސިން ދެމުންނެވެ.

ފައިޒަރ ވެކްސިން އާބާދީގެ ބޮޑުބަޔަކަށް މިހާރުވެސް ޖަހާފައިވާ އިސްރާއީލުން ހާމަކޮށްފައިވާ ދިރާސާތަކަށް ބަލާއިރު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ މެދުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ 94 އިންސައްތަ ހުރިހާ އުމުރުފުރައެއްގައިވެސް ދަށަށްގޮސްފައެވެ. އަދި ވައިރަސް ޖެހުމުން އޭގެ ސީރިއަސް ހާލަތަށް ދާ މިންވަރުވެސް ބޮޑުތަނުން ދައްކޮށްދޭކަން ވަނީ އެނގިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު