Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މަހުގެ ބާވަތްތަކަށް އީޔޫގެ ފުރުސަތުތައް

ވިއެޓްނާމާއި ލަންކާއަށް އޮންނަ ފުރުސަތުތައް ރާއްޖެއަށް ނެތުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން - ތޯމަސް ޒިޑެހޮވްސްކީ

26 ފެބުރުއަރީ 2021 | ހުކުރު 08:20

ރާއްޖޭގެ މަހުގެ ބާވަތްތަކަށް ޔޫރަޕްގެ މާކެޓުގައި ދެވޭ އަހައްމިއްޔަތުކަން އިތުރުކުރަން ޖެހޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 ފެބުރުއަރީ 2021 | ހުކުރު 08:20
ޔޫރަޕިއަން ޕާލިމެންޓްގައި ޗެކްރިޕަބްލިކް ތަމްސީލުކުރައްވާ މެމްބަރު، ތޯމަސް ޒިޑެހޮވްސްކީ

ޔޫރަޕިއަން ޕާލިމެންޓްގައި ޗެކްރިޕަބްލިކް ތަމްސީލުކުރައްވާ މެމްބަރު، ތޯމަސް ޒިޑެހޮވްސްކީ

ޔޫރަޕިއަން މާކެޓުގައި ވިއެޓްނާމާއި ސްރީލަންކާގެ މަހުގެ ބާވަތްތަކަށް އޮންނަ ފުރުސަތުތައް ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނެތުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި ޗެކްރިޕަބްލިކް ތަމްސީލުކުރައްވާ މެމްބަރު، ތޯމަސް ޒިޑެހޮވްސްކީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ތޯމަސް ވިދާޅުވީ، ރާއްޖޭގެ މަހުގެ އުފެއްދުންތަކަކީ ދުނިޔޭގައި އުފައްދާ މަހުގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ޕްރޮޑަކްޓަށްވާއިރު، ރާއްޖޭގެ މަހުގެ ބާވަތްތަކަށް ޔޫރަޕްގެ މާކެޓުގައި ދެވޭ އަހައްމިއްޔަތުކަން އިތުރުކުރަން ޖެހޭކަމަށެވެ. މިގޮތަށް ރާއްޖޭގެ މަހުގެ ބާވަތްތަކަށް ޔޫރަޕުގެ މާކެޓުގައި ލިބެންޖެހޭ އަހައްމިއްޔަތުކަން އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ތޯމަސް ވިދާޅުވިއެވެ.

ތޯމަސް ވިދާޅުވީ މިކަމާ ގުޅޭގޮތުން އީޔޫ ކޮމިޝަނާއެކު މަޝްވަރާތައް ކުރައްވާނެ ކަމަށާއި މިކަމުގައި އީޔޫގެ ރައީސާއަށް ވަކިން ސިޓީއެއް ފޮނުއްވާނެ ކަމަށެވެ. އެކަމަނާގެ އަރިހުގައި ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް މަސައްކަތްކުރާ، އީޔޫގެ މިންގަނޑުތަކަށް ފެތޭ ގައުމެއް އެބަ އޮތްކަމާއި، އެގައުމަކީ ރާއްޖެކަން ފާހަގަކުރައްވައި، ރާއްޖެއާއި އީޔޫގެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕްގެ މާކެޓަށް އިމްޕޯޓްކުރުމުގައި ދެފަރާތަށް ފައިދާކުރާނެ ރަނގަޅު އެއްބަސްވުމަކަށް ދިއުމަށް ބާރުއަޅުއްވާނެ ކަމަށް ވެސް ތޯމަސް ވިދާޅުވިއެވެ.

ރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވުމުގެ ސަބަބުން އޭގެ ގިނަ ފައިދާތަކެއް ރާއްޖެއަށް ކުރާނެ ކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ތޯމަސް ވަނީ މިގުޅުމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ފަހުގެ ސައިންޓިފިކް އުފެއްދުންތަކުގެ އެހީގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ތޯމާސް މިގޮތަށް ވާހަކަ ދައްކަވާފައިވާއިރު، ރާއްޖެއިން ވަނީ ފާއިތުވި އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު ބޭއްވި ރާއްޖެ އާއި އީޔޫގެ ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބުރުގައި ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ޑިއުޓީ މައާފުކޮށްދިނުމަށް އީޔޫގައި އެދިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި އީޔޫގެ ސަފީރުން ވަނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް