Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެން.ސީ.ޓީ.ސީ.ގެ 5 ވަނަ އަހަރީ ދުވަސް

ހަރުކަށި އަމަލުތަކަށް ހިތްވަރުދީ މަދު ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ މަސައްކަތާމެދު ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފި

25 ފެބުރުއަރީ 2021 | ބުރާސްފަތި 17:29

ދިވެހިން އަބަދުވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީ، އޯގާތެރިކަމުގެ ނަމޫނާ ދައްކާ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2021 | ބުރާސްފަތި 17:29
ސައުދީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރަށްދާ ސިފައިންނާއި މިނިސްޓަރު މާރިޔާ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ސައުދީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރަށްދާ ސިފައިންނާއި މިނިސްޓަރު މާރިޔާ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމައުގައި ފަތުރައި، ހަރުކަށި އަމަލުތަކުގެ ތެރެއަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ވެއްދުމަށް މަދު ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ހީލަތްތެރި މަސައްކަތްތަކާމެދު އެންމެހާ ފަރުދުން ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެން.ސީ.ޓީ.ސީ.)ގެ 5 ވަނަ އަހަރީ ދުވަހާއި ގުޅިގެން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނީ ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ މަތިވެރި އަގީދާގައި ސާބިތުވެ ތިބެ، ގައުމީ ރޫހާއި ޖޯޝުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީ، އޯގާތެރިކަމުގެ ނަމޫނާ ޘަޤާފަތެއް ދަމަހައްޓަމުން އައިސްފައިވާ ބައެއްކަމަށެވެ.

Advertisement - newsAdvertisement

އެންސީޓީސީން ބުނީ ރާއްޖެއަކީ މިފަދަ ސުލްހަވެރި އަމާން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ މުޖްތަމައުގެ ޒަމާންވީ އެއްބައިވަންތަކަމާއި، އިސްލާމީ ރިވެތި އަހުލާގާއި، ގައުމީ ލޯތްބާއި ގައުމީ ރޫހާއި، އޯގާތެރިކަމާއެކު، އެކަކު އަނެކަކަށް އަޅާލުން ކަމަށެވެ. ނަމަވެސް ދީން ހަތިޔާރަކަށް ހަދައިގެން، ދިވެހީންގެ ތެރޭގައި އޮތް ޒަމާންވީ ރިވެތި އުސޫލުތަކާއި، ޘަޤާފީ ސިފަތައް ނައްތާލައި، ހެދިފައިވާ ގާނޫނުތަކާ ޚިލާފު އަމަލުތައް ހިންގާ، ދިވެހި މުޖުތަމައު ބައިބައިކޮށް، ފަރުދުންގެ މެދުގައި ހަސަދަޔާއި ނަފްރަތާއި ރުޅިވެރިކަން އުފައްދާ، ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމައުގައި ފަތުރައި، ހަރުކަށި އަމަލުތަކުގެ ތެރެއަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ވައްދައި، ދިވެހި މުޖުތަމައުން އެކަހެރިކޮށް، ވަކި ޖަމާއަތްތަކެއް އުފެއްދުމަށް މަދު ބަޔަކު އަޑީގައި ތިބެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ކަމަށް އެންސީޓީސީން ބުނެއެވެ. އަދި ކުރަމުންދާ ހީލަތްތެރި މަސައްކަތްތަކާމެދު އެންމެހާ ފަރުދުން ހޭލުންތެރިވެ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަކީ ނިރުބަވެރިކަމާއި ހަރުކަށިފިކުރުގެ އަމަލުތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގަމުންގެންދާ ކޯޑިނޭޓިންގ އިދާރާއެކެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރުމަހާ ހަމަޔަށް، އެންސީޓީސީން ކުރެވުނު މަސައްކަތް ވަނީ އާއްމުންނާއި ހިސާބަށް ގެންދެވޭގޮތް ނުވެފައެވެ. މީގެ ސަބަބުން ހަރުކަށި ފިކުރު ފަތުރާ މީހުންނަށް ވަނީ ފުޅާ ދާއިރާއެއްގައި އެ ފިކުރު ފެތުރުމަށް ފުރުސަތާއި ޖާގަލިބިފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން، ޚާއްސަ އިސްކަމެއް ދީގެން އާ ހިތްވަރަކާއެކު، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ފަށާފައެވެ.

އެގޮތުން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް "ހޯލް އޮފް ގަވަރމަންޓް" އަދި "ހޯލް އޮފް ސޮސައިޓީ" އެޕްރޯޗެއްގެ ދަށުން، މަސައްކަތް ކުރާނެ ގޮތްތައް އޭގައި ބަޔާންކޮށްފައިވާ "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް (2020 - 2024)" ވަނީ، ވަޒީރުންގެ މަޖީލީހުން 7 ޖުލައި 2020 ގައި ފާސްކޮށްފައެވެ. މި އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން މިހާރު ވަނީ ފެށިފައެވެ.

މީގެ އިތުރުން، ޔޫ.އެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާއި ޔޫ.އޭ.އީގެ ހިދާޔާ ސެންޓަރާއި ސައުދީ އަރަބިއްޔާގެ ނާއިފް އަރަބް ޔުނިވަރސިޓީ ފޮރ ސެކިއުރިޓީ ސައިންސަސް ފަދަ ބައިނަލްއަގުވާމީ ޕާޓްނަރުންނާއި ރާއްޖޭގައި ހުންނަ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން، އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ގިނަ އަދަދަކަށް ވަނީ ހިންގިފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް