Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މައުމޫން

ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!

ގައުމުގެ ރައުސުލްމާލު ވަނީ މަދުވެފައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2017 | ހޮނިހިރު 10:03
ރާއްޖޭގެ ރަށެއް: ރަށްތައް ބީލަމަށް ހުޅުވާލުމެއް ނެތި ދަނީ ވިއްކަމުން

ރާއްޖޭގެ ރަށެއް: ރަށްތައް ބީލަމަށް ހުޅުވާލުމެއް ނެތި ދަނީ ވިއްކަމުން

ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެކެވެ. ގައުމުގެ ރައުސުލްމާލުގެ ގޮތުގައި އޮތީ މަދު އެއްޗެކެވެ. އާމްދަނީ ލިބެނީ ފަޅު ރަށްތަކާއި ފަޅުތަކާއި ދޮންވެލި ފިނޮޅުތަކުންނެވެ. ގައުމުގެ ކަންކަން ހަމަޖައްސަނީ އެ ތަންތަން ޓޫރިސްޓުންނަށް ވިއްކައިގެން ލިބޭ އާމްދަނީންނެވެ. މިހާތަނާ ޖެހެންދެން ގައުމުގެ ހިންގުމުގެ ޚަރަދުތައް ކިރިޔާ ހަމަޖެހުނު ނަމަވެސް އެއީ ފުދޭ ވަރެއްގެ އާމްދަނީއަކަށް ނުވާތީ ތަރައްގީގެ މަޝްރޫޢުތައް ހިންގަނީ ބޭރުގެ އެހީ އާއި ލޯނު އެހީންނެވެ. ނަމަވެސް އެ ރަށްތަކާއި ދޮންވެލި ތުނޑިތަކާއި ފިނޮޅުތަކާއި ސާފު ވިލުތައް ވިއްކައި ހުސްވެއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދުކޮށްފައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އެހެނިގެން ވެސް ހިންގުމުގެ ޚަރަދުތަކަށް މިހާރު ހަމަޖައްސަމުން ގެންދަނީ ތަފާތު ބޮންޑްތައް ވިއްކައިގެން ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ކުންފުނިތަކުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އެ ގޮތުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ތަފާތު ބޮންޑްތައް ވިއްކުމުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ދައުލަތުގެ ދަރަނީގެ އަދަދު ވަނީ ގާތްގަނޑަކަށް އަހަރުގެ ބަޖެޓާ އެއްވަރުވެފައެވެ. މި ގޮތަށް ބޮންޑް ވިއްކައިގެން ހޯދާ ދަރަންޏަކީ ކުރު މުއްދަތެއްގައި އަނބުރާ ދައްކަންޖެހޭ ދަރަނި ކަމަށް ވުމުން ކޮންމެ މަހެއް ނިމުމާ އެކު ޚަރަދުތައް ހަމަޖެއްސުމަށް އަނެއްކާ ވެސް ފައިސާ ލިބޭނެ އިތުރު ގޮތެއް ހޯދަންޖެހެއެވެ. ނުވަތަ އެއް ދަރަނި ދެއްކުމަށް އަނެއް ދަރަނި ނަގަންޖެހެއެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ބޮޑު ބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލިގެން ދިޔުމުގެ ނަތީޖާއަކަށްވެފައި ވަނީ އެ ތަންތަން ފޫބެއްދުމަށް ވެސް އިތުރު ދަރަނިތައް ނަގަންޖެހުމެވެ.

އެތެރެގޭ ދަރަނި ދުވަހުން ދަވަހަށް ބޮޑުވަމުންދާ އިރު ގައުމަށް ލިބޭ އާމްދަނީއާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އެ ގޮތުން ހުޅުލެ އާއި މާލެއާ ދެމެދު ހަދާ ބްރިޖާއި އައިޖީއެމްއެޗްގެ ޚިދުމަތް ފުޅާކުރުމަށް އަޅާ 25 ބުރީގެ އިމާރާތާއި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތަކީ ވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއުތަކެވެ. އަދި މި މަޝްރޫއުތަކަށް ބޭރުން އެތައް ލޯނުތަކެއް ސަރުކާރުން ވަނީ ނަގާފައެވެ. ނަމަވެސް ސުވާލަކީ ބަޖެޓް ތަން ނުދޭ މިންވަރުން ބިޔަ މަޝްރޫއުތައް ހިންގަންޖެހޭ ހެއްޔެވެ؟

މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަކީ ދައްކަންޖެހޭ ލޯނު ތަކެކެވެ. ހާއްސަކޮށް ބްރިޖް ފަދަ މަޝްރޫޢަކީ އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ފައިސާ ދައްކާ މަޝްރޫޢަކަށް ވާތީ އެންމެ ފަހަރަކު ވެސް އިންސްޓޯލްމަންޓް ނުދައްކައިފި ނަމަ މަޝްރޫޢުތައް ހުއްޓުމަކަށް އައުން ކައިރިއެވެ. އެފަދަ ވާހަކަތައް މިހާރު ވެސް ދެކެވެއެވެ. މަޝްރޫޢުތަކަށް މަޑުޖެހުމެއް އަޔަ ނުދިނުމަށް ލޯނު ދެއްކޭނެ މަގުތައް ހޯދަންޖެހެއެވެ. ދައުލަތަށް ލިބޭ އާމްދަނީ ހިންގުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސިގެން އުޅޭ އިރު ލޯނުތަކަށް ފައިސާ ދައްކާނީ ކިހިނެއް ހެއްޔެވެ؟ ނަތީޖާއަކަށް ވަނީ އެއް ލޯނު ދެއްކުމަށް އަނެއް ލޯނު ނެގުމެވެ. އޭގެ ސަބަބުން ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނި ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

ދަރަނިތައް ފޫބެއްދުމަށް ސަރުކާރަށް އޮތް ހަމައެކަނި މަގަކީ އިގްތިސޯދަށް ވަންނަ ފައިސާ އިތުރުކުރުމެވެ. އެއީ ބޭރުގެ އިންވެސްޓަރުން އައިސްގެން ނޫނީ ނުވާނެ ކަމެކެވެ. ނަމަވެސް އެ އިންވެސްޓަރުންނެއް ރާއްޖެއަކަށް ނާދެއެވެ. ދެން އޮތް ގޮތަކީ ބޭރުގެ ފަރާތްތަކަށް ކުރިން ދެއްނެވި ރާއްޖޭގެ ރައުސުލްމާލު ކަމަށްވާ ފަޅުތަކާއި ފަޅު ރަށްތައް ވިއްކާލުމެވެ. އެކަމަށް ސަރުކާރުން ވަނީ ފާއިތުވި އަހަރުގެ ތެރޭގައި މަގުފަހިކޮށްދީފައެވެ. ގާނޫނަށް ބަދަލު ގެނެސް ބިޑްކުރުމެއް އިއުލާނު ކުރުމެއް ނެތި ރަށްތައް ވިއްކުމުގެ މަގު ފަހިކޮށެވެ.

އެ ބަދަލު ގެނައި އިރު ވެސް އެއީ ގޯސް ބަދަލެއް ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާނެ ބަދަލެއް ކަމަށް ރައްޔިތުން ދިޔައީ ބުނަމުންނެވެ. އެ ބަދަލުގެ ދަށުން ފުރަތަމަ ވިއްކައިލި ރަށާ މެދު ވެސް މި ވަނީ ސުވާލު އުފެދިފައެވެ. މާލޭގެ ބިމަށް ވުރެ ކުޑަ އަގެއްގައި މާލެ ސަރަހައްދުގައި އޮތް ބޮޑު ރަށެއް ކަމަށްވާ ފޭދޫ ފިނޮޅު ވިއްކާލީ ހަތަރު މިލިއަން ޑޮލަރަށެވެ. ޔަގީނުން ވެސް އެއީ އެ ރަށުގެ އަގެއް ނޫނެވެ. ނަމަވެސް ދައުލަތަށް ވަންނާނީ އެ މިންވަރެވެ.

ރަށެއް ވިއްކުމަކީ އެހާ ފަސޭ ކަމަކަށް ނުވެއެވެ. އެހެން ކަމުން ނުއަގުގައި ރަށްތައް ވިއްކަމުން ގޮސް އެ ވަރުން ވެސް ފޫނުބެއްދޭތީ ސަރުކާރުން މިހާރު ގެންދަނީ ސޮވެރިން ބޮންޑް ވިއްކުމަށް ތައްޔާރުވަމުންނެވެ. ނުގޮތަކަށް ބުނާ ދައުލަތް ފައިސާ އަށް ޖެހުނީއެވެ. ދައުލަތުގެ ތިޖޫރީގައި ވެސް ބާކީ ހުރީ 50 ވަރަކަށް މިލިއަން ޑޮލަރެވެ. މިއީ ނުރައްކާތެރި ފައްތަރެކެވެ. ދައުލަތުގެ މާލިއްޔާގައި އެކަށީގެންވާ ފައިސާ ނެތި ބޭރުގެ ފަރާތްތަކުން ދަރަންޏަށް ފައިސާ ނެގުމަކީ ކަރަށް މަޅިއެއް ވައްޓާލުން ފަދަ ކަމެކެވެ. ހާއްސަކޮށް ދުވަހުން ދުވަހަށް ކުރަންޖެހޭ ހިންގުމުގެ ޚަރަދުތަކަށް ފައިސާ ނެގުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި އެއީ މާލީ އަޅުވެތި ކަމަކަށް މަގުފަހިވެގެންދާނެ ކަމެކެވެ. ރާއްޖެ މިވަގުތު މިއޮތީ އެ ފައްތަރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!

ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!

07 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު