Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމްއަށް މެމްބަރުން ޢައްޔަނުކުރުން

ބްރޯޑްކޮމްގެ ހުސްވެެފައިވާ މަގާމަށް ފަޒީން އަދި ޝިފްޒާއަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި

25 ފެބުރުއަރީ 2021 | ބުރާސްފަތި 09:02

ބްރޯޑްކޮމްއަށް މެމްބަރަކު މި ޢައްޔަނުކުރަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކޮމިޝަންގެ މެންބަރުކަމުން ޒީނާ އިސްތިޢުފާ ދެއްވުމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ފެބުރުއަރީ 2021 | ބުރާސްފަތި 09:02
ރައީސް އިސްކަންދެއްވާ ތަރުތީބުން 11 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައިވޭ

ރައީސް އިސްކަންދެއްވާ ތަރުތީބުން 11 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައިވޭ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ހުސްވެެފައިވާ މަގާމަށް މެމްބަރަކު ޢައްޔަނުކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލީ 11 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބ. ތުޅާދޫ ހޭޒްލީން، މުހައްމަދު ފަޒީން އަދި ޏ. ފުވައްމުލަކު މާދަނޑު، އާސާން، ޝިފްޒާ މުސްތަފާއަށް ރުހުން ދިނުމަށް ފެންނަކަމަށް ނިންމައިފިއެވެ.

8 ފެބްރުއަރީ ވީ ހޯމަ ދުވަހުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމްއަށް މެމްބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު އަމީން އާންމު ފާތުމަތު ނިއުޝާ އިއްވަވައި ދެއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ ބްރޯޑްކޮމްއަށް ޢައްޔަންކުރުމަށްޓަކައި ހުޅުވާލި ފުރުޞަތުގައި އެކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަންދެއްވާ ތަރުތީބުން 11 ބޭފުޅެއްގެ ނަން ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

މި މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބުނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވާފައިވާ ފަރާތްތަކާ ކޮމިޓީން އިންޓަރވިއު ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ(ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ނަމެއް ކަނޑައެޅުމަށްޓަކައި ކޮންމެ ނަމަކަށް ވަކިވަކިން ވޯޓަށް އަހާފައިވާނެ ކަމަށެވެ.

އެގޮތުން މި ދެނަން ފާސްކޮށްފައިވަނީ ކޮމިޓީގެބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓު ދިން މެންބަރުންގެ 2/3 (ތިންބައިކުޅަ ދެބައި) އަޣުލަބިއްޔަތުން ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ބްރޯޑްކޮމް އަށް މެމްބަރަކު މިޢައްޔަންކުރަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކޮމިޝަންގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޒީނާ އިސްތިޢުފާ ދެއްވީ އެ ދުވަހުގެ ރައްޔިތުން މަޖިލީހުގައި އޭނާ އެ މަގާމުން ވަކި ކުރުމުގެ މައްސަލަ އެޖެންޑާކުރެވިފައި ވަނިކޮށެވެ.

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެގޮތުން މި ވަގުތު ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، ނައިބު ރައީސް އަހުމަދު ގައިސް، ކޮމިޝަނަރ އަމްޖަދު ވަހީދު، ކޮމިޝަނަރ އަލީ ޔޫސުފް، ކޮމިޝަނަރ އާމިނަތު އަމީނާ އަދި ކޮމިޝަނަރ އާމިނަތު ސަރާހަތު އިއްޒަތެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ޖޫން 2017

އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު

19 ޖޫން 2017
އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު
16 ޖޫން 2017

ބްރޯޑްކޮމްގެ ރައީސް ޝަހީބަށް އޭޑީކޭ ނާޝިދުގެ ބަހުގެ ހޫނު ހަމަލާތަކެއް!

16 ޖޫން 2017
ބްރޯޑްކޮމްގެ ރައީސް ޝަހީބަށް އޭޑީކޭ ނާޝިދުގެ ބަހުގެ ހޫނު ހަމަލާތަކެއް!
22 މެއި 2017

ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު

22 މެއި 2017
ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު
25 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!

25 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!
12 އެޕްރީލު 2017

ބްރޯޑްކޮމްގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށްބުނެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި

12 އެޕްރީލު 2017
ބްރޯޑްކޮމްގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށްބުނެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް