Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އައު މައުލޫމާތުތަކެއް މިނިސްޓަރ އަސްލަމް ހާމަ ކުރައްވައިފި

ކައުންސިލް ހައުސިންގ ގެ 33 އިންސައްތަ މީހުންނަށް ހައުސިންގ ޔުނިޓުތައް ހެދުމުގެ މަސައްކަތް ކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 15:15
ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު މިނިސްޓަރ އަސްލަމް ދެއްވަނީ

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު މިނިސްޓަރ އަސްލަމް ދެއްވަނީ

ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތުތަކުގެ އައު މައުލޫމާތުތަކެއް މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ހާމަ ކުރައްވައިފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ސަރުކާރުގެ އައު ސިޔާސަތުތަކާ ގުޅޭ މައުލޫމާތުތައް ހާމަ ކުރައްވައި، އިސްކަންދޭނެ ކަންކަމުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، މިވަގުތުވެސް ކޮންޓްރެކްޓުގައި ސޮއި ކުރެވި، ބައެއް ސައިޓުތަކުގައި މަސައްކަތް ފަށާފައިވާ 4494 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ކައުންސިލް ހައުސިންގ ގޮތުގައި 720 ފްލެޓު ހިމެނުމަށް ވިސްނާފައިވާއިރު، އެފޯރޑެބަލް ހައުސިންގ ކެޓެގަރީގައި 1640 ޔުނިޓް އަދި މިޑްލް އިންކަމް ހައުސިންގ ގޮތުގައި 2134 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް ދެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ޔަޤީންކަމާއެކު މިއަހަރުގެ ތެރޭގައި ކޮންކްރީޓް އެގްރީމަންޓަކަށް ވަދެވި، މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އޮތް 1300 ހައުސިންގ ޔުނިޓެއްވެސް ހިމެނޭކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއަހަރުވެސް ކައުންސިލް ހައުސިންގ ގެ 33 އިންސައްތަ މީހުންނަށް ހައުސިންގ ޔުނިޓުތައް ހެދުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އެއީ 5794 ހައުސިންގ ޔުނިޓެވެ. އަދި އެފޯރޑެބަލް ހައުސިންގ ގެ 48 އިންސައްތައާއި، މިޑްލް އިންކަމް ހައުސިންގ ކެޓެގަރީގެ 48 އިންސައްތައާއި ހައި އިންކަމް ކެޓެގަރީގެ 6 އިންސައްތަ މި ޕްރޮގްރާމްގެ ތެރެއިން ހިމެނިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އަދި ޚާއްޞަކޮށް މާލެ ސަރަހަޙައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް މަދުވެގެން 5000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި މިއަހަރު ނިމުުމުގެ ކުރިން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުވެސް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ، މުސްތަޤުބަލުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އަދާކުރާ ވަޒީފާއާއި، އުމުރަށް ނުބަލާނެ ކަމަށެވެ. ނަމަވެސް އެމީހާއަކީ އާއިލާއެއްގެ ޒިންމާ ނަގައި، އާއިލާއެއް ބަލަހައްޓަން ޖެހޭ މީހެއްނަމަ، އެކަންކަމަށް ބައްލަވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފަޤީރު އާއިލާތަކަށް ކައުންސިލް ހައުސްތަކެއް އެޅުމަށް ސަރުކާރުން ވިސްނާ ކަމަށެވެ. އެއީ މާލޭގައި ނަމަ މާލޭ ސިޓީ ކައުންސިލުން ކުޑަ އަގެއްގައި ކުއްޔަށް ދޫކުރާ ރެންޓަލް ޕްރޮޕަޓީތަކެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މެދުފަންތީގެ އާމްދަނީއަށްވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތަކާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ، އެ ގިންތިއަށް ސަރުކާރުގެ ސިޔާސަތުގައި ކަނޑައަޅާފައިވަނީ އެފޯރޑެބަލް ހައުސިންގ ސްކީމްތަކެއް ކަމަށެވެ. މާނައަކީ ދިގު މުއްދަތަކަށް ލާރި ދައްކައި ތަން މިލްކު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ ސްކީމެކެވެ.

ތިންވަނަ ގިންތިއަށް ސަރުކާރުން ކަނޑައަޅާފައިވަނީ ބޭންކް ލޯނު މެދުވެރިކޮށްވެސް ވަގުތުން ތަނުގެ މިލްކުވެރިކަން ހޯދޭނެ އައިލާތަކެވެ. އަދި 4 ވަނަ ގިންތީގައި ރިއަލް އެސްޓޭޓް މާކެޓަށް ބަލައި، އަގުތައް ކަނޑައެޅި، ދެމެހެއްޓެނިވި ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިގެން ދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ފްލެޓަށް އެދުނު މީހުންގެ ތެރެއިން ދޫކޮށްފައިވާ 6720 ފްލެޓު ލިބުނު މީހުން އުނިކުރުމުން ބާކީވަނީ 17،313 މީހެއްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، އެއީ މިވަގުތު މާލޭގެ ހައުސިންގ ޑިމާންޑް ކަމަށެވެ. އަދި މިނިސްޓްރީންވެސް އޭގެ ކުރިން ހައުސިންގ ޑިމާންޑް އެސްޓިމޭޓެއް ހަދާފައިވާއިރު، މާލޭގެ މިވަގުތުގެ ތަނަވަސް ބޯހިޔާވަހިކަމެއް ނެތް 17073 އާއިލާއެއް ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު