Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުން އަޅުވެތިކުރުން

ދެވަނަ ދައުރެއް ނުލިބޭނޭ ކަން ގަބޫލު ކުރެވޭތީ ރައީސް މުއިއްޒު މިހާރު އެގެންދަވަނީ ނިކަމެތި ރައްޔިތުން އަޅުވެތި ކުރަމުން: ބޮންޑޭ

29 ޖުލައި 2025 | އަންގާރަ 02:54

ދެވަނަ ދައުރެއް ނުލިބޭނެކަން އަމިއްލަ ނަފުސަށް ގަބޫލުކުރެވޭތީ މިހާރު އެގެންދަވަނީ ނިކަމެތި ރައްޔިތުން އަޅުވެތި ކުރައްވަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 ޖުލައި 2025 | އަންގާރަ 02:54
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު ( ބޮންޑޭ): ވިދާޅުވީ ހިޔާ ފްލެޓް ތަކުގެ އެއްބަސްވުން ބަދަލުކުރެއްވުމަށް މަސައްކަތް އެ ކުރައްވަނީ ދެވަނަ ދައުރެއް ހޯއްދެވުމަށް ރައްޔިތުން އަޅުދާސްތު ކުރުމަށް ކަމަށް

ވެރިކަމުގެ ދެވަނަ ދައުރެއް ނުލިބޭނޭ ކަން އަމިއްލަ ނަފުސަށް ވެސް ގަބޫލުފުޅު ކުރެއްވޭތީ މިހާރު އެގެންދަވަނީ ރާއްޖޭގެ ނިކަމެތި ރައްޔިތުން އަޅުވެތި ކުރައްވައިގެން ދެވަނަ ދައުރެއް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު ( ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕޮރޮގްރާމުހައި ވާހަކަދައްކަވަމުން އިބުރާހިމް ރަޝީދު ވިދާޅުވީ ރައީސް މުއިއްޒު މީގެ ކުރިން އަމިއްލަ ނަފުސެކޭ ވިދާޅުވެ ވަރަށް ގިނައިން ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ދެއްކި ވާހަފުޅެއް ކަމަށާއި މިއަދު އެކަން އެންމެހާ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުވެއްޖެ ކަމުގައި އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި ގައުމުގައި ވެރިކަމެއް ކުރުމަށް އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނޭ ކަމަށް މިހާރު އަމިއްލަ ނަފުސަށް ވެސް ގަބޫލުކުރެއްވޭތީ ދެން އޮތް ގޮތަކީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯދަން އެހެން ނަފުސުތައް އަޅުވެތި ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިބުރާހިމް ރަޝީދު ވިދާޅުވީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދުމަށް އެހެން ނަފުސުތަށް އަޅުވެތި ކުރުމަށް މަޖުބޫރުވެގެން އެކަން ކުރައްވަމުން ގެންދަވާއިރުގައި ފެނިގެން ދަނީ ގައުމުގައި ތިބި އެންމެ ނިކަމެތި އާރެއް ބާރެއް ނެތް މީހުން އަޅުވެތި ކުރުމަށް މަސައްކަތް ކުރާ ތަން ކަމަށެވެ. އެކަން ވެސް ކުރައްވަމުން އެ ގެންދަވަނީ އެއީ ތިމާއަށް ދެވަނަ ދައުރަކަށް ލިބޭނޭ ވޯޓު ކަމުގައި ދެކިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

ކަންމިހެން ހުރި އިރު އޭރުވެސް ނަފުސޭ ވިދާޅުވެ، ރައީސް އެ ދެއްކެވި ވާހަކަފުޅަކީ ވެރިކަމަށް ބޭނުން ވެފައިވާ ދަހިވެތި ނަފުސެއްގެ ވާހަ ކަމަށާއި އެ ނަފުސު ބުނަމުން އެ ގެންދަނީ ހިޔާ ފްލެޓުތަކުގެ އެއްބަސްވުން އެތަނަށް ކުލި ނުދެއްކޭ މީހުން ނެރެ ބޭރުކޮށްލާ ގޮތަށް ބަދަލުކޮށްލުމަށް ކަމަށެވެ.

އެގޮތަށް އެކަން ކުރައްވަން އެ މަސައްކަތް ކުރައްވަނީ އެ ދުވަހަކުން ނިކަމެތި ރައްޔިތުން އައިސް ރައީސްގެ ފައިބުޑަށް ވެއްޓޭނެ ކަމަށް ބަލައިގެން ކަމުގައި ވެސް އޭނާ ވިދާޅުވީއެވެ.

އެގޮތަކަށް ދީފަ ހުރި ފްލެޓް ތަކެއް ނޫން އެއީ. މިހާރު އެހެން ހެދީމަ، އެގްރިމެންޓް ބަދަލުކޮށްލީމަ، ލިސްޓު ހަދާފަ ބަލާލާފަ ބުނާނެ، އާ، މީ ޕީއެންސީގަ އޮތް މީހެއް، މީ ޕީޕީއެމްގަ އޮތް މީހެއް، މިއީ އެމްޑީޕީގަ އޮތް މީހެއް، އެހެން ވީމަ އެމްޑީޕީ ހުރިހާ އެންމެންގެ ހިޔާ ފްލެޓް އަތުލާނީ، ދެން ޔާމީން ޕާޓީ މީހުންގެ ފްލެޓް ވެސް އަތުލާނީ، އަތުލާފަ ހިފަހައްޓާލީމަ ދެން އެމީހުން އަންނާނެތާ އެ ހޯދަން އެކި މީސްމީހުން ފޮނުވައިގެން، ދެން ޕާޓީ ބަދަލުކޮށް، އަޅުދާސްތު ކުރީމަ އަނެއްކާ ފްލެޓް ދޭން. މިއީ ހަގީގަތުގައި މި ކުރާ ކަމަކީ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު ( ބޮންޑޭ)

އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން އެ ކުރަނީ ވަރަށް ވެސް ނުބައި ކަމެއް ކަމަށާއި އެއީ ނިކަމެތި ނަފުސުތައް އަޅުވެތި ކުރުމަށް އެމީހުންނަށް ލިބިފައި ހުރި ބޯހިޔާވަހިކަން ފޭރިގަންނަނީ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީކީ ހެޔޮއެދޭ އިންސާނަކު ކުރާނޭ ކަމެއް ނޫން ކަމަށާއި ރައީސް މުއިއްޒު އެކަންތައް އެ ކުރައްވަނީ އިންސާނެއްގެ ދަރަޖައިން އެހެން ދަރަޖައަކަށް ބަދަލުވެ ހުރެގެން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

06 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
11 މާރިޗު 2017

ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

11 މާރިޗު 2017
ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް