Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރު ތިލަފަޅު މަޝްރޫޢު

ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެބޭފުޅުންނަށެވެ.

އުތުރު ތިލަފަޅުގެ ވާހަކަ ދިވެހި ސަރުކާރުން އިސްވެ އިންޑިޔާ ސަރުކާރަށް ހުށައެޅީ 2013 ވަނަ އަހަރު

ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 11:03
އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އަކިލޭޝް މިޝްރާ އާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އަކިލޭޝް މިޝްރާ އާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް

އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރު ކުރުމާއި ޑޮކްކޮށް ބެލެހެއްޓޭނެ އެކަށޭނަ ވަސީލަތެއް ގާއިމު ކުރުމުގެ އެހީތެރިކަމަށް އިންޑިޔާ ސަރުކާރުގައި އިސްވެ އެދުނީ ދިވެހި ސަރުކާރުންނެވެ. އެއީ ކޮންދުވަސް ވަރެއްގައި ކޮން ސަރުކާރެއްގައި ކޮންބޭފުޅެއްގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރުގައި ކުރެވުނު ކަމެއްތޯ ތާރީޚު ޢިލްމުވެރިންގެ މެދުގައި ބަހުސް އުފެދޭހާ ޒަމާންތަކެއް އަދި ފާއިތެއް ނުވެއެވެ. އެއީ ދާދިފަހުން ދިވެހިރާއްޖޭގައި އޮތް ސަރުކާރަކުން އިސްވެ، އިންޑިޔާ ސަރުކާރަށް ހުށައެޅި ހުށައެޅުމެކެވެ. އެއީ ކޮން އަހަރެއްކަން އިތުރަށް ހަނދާންވާނެ ކަންތައްތަކުގެ ލިސްޓު ވަރަށް ދިގެވެ.

އެއީ އަންޒަމާނު ކަރަޔަށް ވައި އެރި އަހަރެއް ނޫނެވެ. އެއީ ރާއްޖެޓީވީ ގައި އަލިފާން ރޯކޮށްލައި މުޅި އިމާރާތް އަންދާލި އަހަރެވެ. އެ ހުށައެޅުން ދިވެހި ސަރުކާރުން އިސްވެ އިންޑިޔާ ސަރުކާރަށް ހުށައެޅީ 2013 ވަނަ އަހަރުއެވެ. އެ އަހަރު އޮތީ މަސްހުނި ކެބިނެޓެކެވެ. އެ ކެބިނެޓަކީ އަދާލަތުގެ ސްލޮޓަކުން ޑރ މުއިއްޒު ހައުސިން މިނިސްޓަރުކަން ހޯދި ކެބިނެޓު އޮތް ސަރުކާރެވެ. އެއީ އަދާލަތު ޕާޓީ އެ ވެރިކަމާ ފޭވާހެން ހީވުމުން ޑރ މުއިއްޒު އަދާލަތާއި ފޭވެ ޕީޕީއެމާ ގާތްވި ސަރުކާރެވެ. އެއީ ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރި ގޮނޑި ޑރ މުއިއްޒު ހުރި މަގަށް އެންމެ ފުރަތަމަ ލެއްގި ސަރުކާރެވެ.

އެއީ އަބްދުﷲ ޔާމީނު، އިންޑިޔާ އެމްބަސީ ތެރޭގައި މަރިޔަންމާ ފެންތަށްޓަކާ ނުލައި ތުންތަޅުވައި ސިމިސިމި ލައްވައި، ކިޔަވަން އިންދާ ފުލުސް އޮފީހުގެ ވަށާދެމި ތެރޭން ރޮއެގަނެގެން އުފަންވި ފޫޅު ދަނޑިއެއް މަހެއް ނެތް ސަރުކާރެވެ. އެއީ އެހެންޏާ ލައިނުދޭ އައު ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ކުރިމަތިފުޅުމަތީގައި ކުއްލި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މީހެއްގެ އަނގަމައްޗަށް ލައިދެވުނު ސަރުކާރެވެ. މާއެކަހެރިން ގިނިކަންޏާ ކަހަލަ ދެރަވަރު ގޮތަކަށް އެބޮޑު ހުވާކުރައްވައިގެން އޭރު ޙުންނެވި ރައީސުލްޖުމްހޫރިއްޔާ އަކީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

އުތުރު ތިލަފަޅުގެ ވާހަކަ އިސްވެ އިންޑިޔާއަށް ހުށައެޅި އަހަރާއި އޭރު އޮތް ސަރުކާރުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ މިހިސާބުން ނިންމައިލަމެވެ. ކުރިއަށް އޮތީ ދެންވީ ގޮތެވެ. ވަހީދު ހަސަން މަނިކު ހުވާ ކުރެއްވުމުން އިންޑިޔާ އެމްބަސީން ނުކުމެ ވަޑައިގަތް ގޮތަށް އެ ވަހީދުގެ އަރިހުގައި އެންމެ ފުރަތަމަ ވެސް ޔާމީނު ދެންނެވި ތިން ވާހަކައެއް އޮތެވެ.

ފުރަތަމަ ވާހަކައަކީ ވަހީދުގެ ސަރުކާރުން އިސްވެ އުތުރު ތިލަފަޅުގެ ވާހަކަ އިންޑިޔާ ސަރުކާރަށް ހުށައެޅުމެވެ. ދެވަނަ ކަމަކީ އޭރު ޔާމީނުގެ މައްޗަށް ކުރެވެމުން ދިޔަ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ހުއްޓާލައި ފައިލްތައް ނެގުމެވެ. ތިންވަނަ ކަމަކީ އަހުމަދު އަދީބަށް ޓޫރިޒަމް މިނިސްޓަރުކަން ދިނުމެވެ. މި ތިން ކަންތައްވެސް ރަނުން ރަނަށް، އަކުރުން އަކުރަށް ފުރިހަމަ ވެގެން ދިޔައެވެ. ވޭވޭ އޮތް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު އެތައް މިލިއަން ރުފިޔާއެއް ދައުލަތުން ދިނުމަށްފަހު ހުއްޓުވިއެވެ. އަހުމަދު އަދީބަށް ޓޫރިޒަމް މިނިސްޓަރުކަން ދިނެވެ. އަދި އުތުރު ތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ ހުށައެޅުން ޑރ ވަހީދުގެ ސަރުކާރުން އިންޑިޔާ ސަރުކާރަށް ހުށައެޅިއެވެ.

ދުވަސްކޮޅެއް ފަހުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ޚުދު އަބްދުﷲ ޔާމީނެވެ. ޑރ. ވަހީދުގެ ސަރުކާރުގެ ހުށައެޅުމާމެދު އެކި މަރުހަލާގައި ބޭއްވުނު ބައްދަލުވުން ތަކުގައި ރަސްމީ ކުލަ ޖެހުމުގެ ފުރަތަމަ ބައްދަލުވުން ބޭއްވުނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރ ގައެވެ. ރާއްޖޭގެ ފަރާތުން ރިޔާސަތު ބެލެހެއްޓެވީ ޔާމީންގެ ކޮއްކޯފުޅު އަދި ޣައްސާނުގެ ދައްތާފުޅު އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަބްދުލް ގައްޔޫމެވެ. ޖެހިގެން އައި 2016 ވަނަ އަހަރުގެ މާރޗް މަހު އަނެއްކާވެސް އިންޑިޔާއާއެކު ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ އެޕްރީލް މަހު ސޮއިކުރަން އޮތް އެއްބަސްވުމުގެ ކުރިން ނިންމަން ޖެހޭ ކަންކަން ނިންމުމެވެ.

އެޕްރީލް 2016 ގައި ރައީސް ޔާމީނުގެ އިންޑިޔާ ދަތުރުފުޅު އަކުރުން އަކުރަށް ހިނގައި ނިމުނެވެ. ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގައި އިންޑިޔާއާއެކު ސޮއިކުރެއްވިއެވެ. އެއީ އުތުރު ތިލަފަޅު މަޝްރޫއެވެ. އެއަށްފަހު ޖެހިގެން އައި 2017 ވަނަ އަހަރުގެ މޭމަހާއި، ވެރިކަން ނިމެމުން ދަނިކޮށް 2018 ވަނަ އަހަރު ޖޫން މަހު ވެސް ބައްދަލުވުންތައް ބޭއްވިއެވެ، ޔާމީނުގެ ވެރިކަން ނިމުނީ މިގޮތަށް ބައްދަލުވުންތައް ބާއްވަމުން ދަނިކޮށެވެ. ވެރިއެއްގެ ފުރަމާނަ ދަތުރުފުޅެއްގައި ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ރަހުނު ކުރުމަށް އަމިއްލައަށް ހުށައަޅައިފައި ދެން އެއަށް ބަދަލު ގެނައުމަކީ ދަތިކަމެކެވެ. އެއަށްވުރެ ބޮޑު އަނެއް ދަތިކަމަކީ އަނެއް ގައުމުން އެކަން ބަލައިގަނެ ގަބޫލު ކުރުވުމެވެ. އެޔަކީ އަދުގެ ތަހުޒީބު ދުނިޔެ ދަންނަ ކަމެއް ނޫނެވެ. މިޒަމާނުގައި އެއީ ހުތުރުކަން ބޮޑުވެގެންވާ ޕޮލިޓިކަލް ފާފައެވެ.

މަޖިލިސް ބަހުސްގައި ޕީޕީއެމް މެމްބަރުން ވަކާލާތު ކުރައްވަނީ އުތުރު ތިލަފަޅުގެ ސިފަވަރު މަޝްރޫއުގެ ކްރެޑިޓާއި ރީތި ނަން ރައީސް ޔާމީނަށާއި އެ ޕާޓީއަށް ލިބެން ޖެހޭ ކަމަށެވެ. ކުރިން ބުނިހެން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލް ރަހުނު ކުރުމަށް އެއްބަސްވެ. ރައީސް ޔާމީނުގެ ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެ ބޭފުޅުންނަށެވެ. ހަގީގަތުގައި 7 ފެބްރުއަރީގައި ބަޔަކު ތުންތަޅުވައި ސިމިސިމި ލެއްވި ވަރަށް ރާއްޖޭގެ މަސްލަހަތުގެ ތެރެއަށް ވަންނަން އިންޑިޔާ ބޭނުމެއް ނުވެއެވެ. ސަބަބަކީ އިންޑިއާއަކީ އަރަފޯދިގެންވާ، ދުނިޔޭގައި ބަސް ހިނގާ އަދި މި ސަރަހައްދުގެ އެންމެ އިސް، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އެވެ. "މައެންނަށް ވެރިކަން ވިއްޔާ ތައެންނަށް ގައުމު" ގޮވަމުން ދުވަން ފެށުމުންވެސް އިންޑިޔާ ޖެހުނީ ދުރަށެވެ.

ޑރ ވަހީދު 2012 ވަނަ އަހަރު ފެށި ކަންތައްގަނޑު ނުދެކޭ އެކަކުވެސް މިއަދުގެ އިދިކޮޅަކު ނެތެވެ. ހޯމް މިނިސްޓަރު ކަމާއި ނާއިބުރައީސް ކަމުގައި ޑރ ޖަމީލުމެން އުޅުއްވީ ފިސާރި ވެގެންނެވެ. ފޮރިން މިނިސްޓަރުގެ ގޮތުގައި ކަނދުފަތި ކެނބީ ދުންޔާއެވެ. މިއިން ކޮންމެ ރަސްމިއްޔާތެއްގައި ކަޅު އައިނު އަޅާފައި ކޯޓު ފަޓްލޫނަށް ކަރަންޓުދީ އޮފުކޮށްގެން، ކަތުރު ކަށިގަނޑަށް ވާން އަރުވައި، ދަތްދޮޅި އިދިކޮށްގެން ހިނިއައިސްފައި ހުންނަ ހޯމް މިނިސްޓަރަކު ވެސް ހުރެއެވެ. އުމަރު ނަސީރުމެން ރާއްޖެ ރަންޑި ހައްދަން ނަގޫ ނަގައިގެން އޭރު ދުވުނެވެ. މިއަދު އެދައްކާ ވާހަކަތަކުގައި އެހެރީ ތިމާމެން އެއްބަސްވެފައިވާ ކަންކަމުގެ ވާހަކައެވެ. އެ މީހަކަށް ދުނިޔެ ފެންނާނީ އެ މީހެއްގެ އަވިއައިނުގައި ހުރި ކުލައިގައެވެ. ތިމާއަށް ލޮލު ރޯގާ ޖެހުނީމާ ހީވާނީ އިރުގެ އަލި ފަނޑުވެއްޖެ ކަމުގައެވެ. ތިމާ ހުންއައިސް އަނގަ ހިތިވީމާ އެންމެ ތާޒާ މީރު ސާފު ބޯފެނުގައި ވެސް ލާނީ ހިތި ރަހައެވެ. މުރުއްވަތްތެރި އަބުރުވެރީންނަކީ ލާރި ދީފިއްޔާ ހިލޭކަމަށް ބަލައިގެން ކަސްބީވާނެ ބައެއް ނޫނެވެ.

މިއޮތީ ޒަމާން ބަދަލުވެފައެވެ. މިނިވަންކަމާއި ސިޔާދަތާއެކު ދިވެހީންނަށް މިހާރު ކުރިއަށް ދެވޭނެއެވެ. މިއަދުގެ ތަހުޒީބު ދުނިޔެ ހޯއްނުގޮވައި އެހެންވެސް އުޅުންތަކާ ގުޅުންތައް ފަދަ ބައިލެޓްރަލް ބަދަހި ކަމަކަށް އުތުރު ތިލަފަޅުގެ ސިފަވަރު ބަދަލު ކުރެއްވި ލީޑަރަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު