Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާނަށް އިދިކޮޅު ރައްދު

ރިޔާސީ ބަޔާނަށް އިދިކޮޅު ރައްދު: އެއްވެސް އަސާސެއް ނެތް ގިނަ ތުހުމަތުތަކެއް ސަރުކާރަށް!

އެޗްޕީއޭއާއި ސިއްޙީ ޚިދުމަތްތެރިންނަށް ބާރު ދިނުމަކީ ގޯހެއްކަމަށް ސިފަވާގޮތައް ޖަވާބުދީފަވޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 07:31
އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)

އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުއްވައިދެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުން ދިން ޖަވާބުގައި، އެއްވެސް އަސާސެއް ނެތް ގިނަ ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުން ދޭ ޖަވާބު މަޖިލީހުގެ ތަޅުމުގައި އިއްވަވާދެއްވާފައިވަނީ، އިދިކޮޅު މައި ސިޔާސީ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާ މެމްބަރ އަހްމަދު ސަލީމެވެ. އޭދަފުށީ ދާއިރާގެ މެމްބަރު އިއްވެވި ރިޔާސީ ބަޔާނުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގިނަ ކަންކަމަށް އަލިއަޅުއްވާލައްވާފައެއް ނުވެއެވެ. އަދި މި ޖަވާބުގައި އިދިކޮޅުން ވަނީ އެ ފަރާތުން މިފަހަކަށް އައިސް ތަކުރާރުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރައްވާފައެވެ. އަދި ދޮގު ހެކި އުފެއްދުމާއި، ޖޭއެސްސީ ސިޔާސީ ކުރުމާއި، އެކި ބޭނުންތަކުގައި އުފައްދާފައިވާ ކޮމިޝަންތަކުގެ މަސައްކަތްތަކަށްވަނީ އެއްވެސް އަސާސެއްނެތި ފާޑު ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖެއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތު އިންޑިއާއިން ވެދެއްވަމުންދާ އެހީތަކާ ގުޅޭގޮތުން ވެސް ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް މި ޖަވާބުގައިވަނީ އިއްވާފައެވެ. އެގޮތުން މިދިޔަ ޖަނަވަރީމަހު އިންޑިއާ ސަރުކާރުގެ އެހީގައި އެކުވެނި ސަރަހައްދުގައި ތަރައްޤީކުރި ސިންތެޓިކް ޓްރެކް ހުޅުވުމުގެ ހަރަކާތްތަކުގެ ތެރެއިން އިސްލާމް ދީނާ ޚިލާފުކަންތައްތަކެއް ކުރިކަމަށް ވަނީ ބުނެފައެވެ. ރާއްޖޭގެ ހުރިހާ ބޮޑެތި މީޑިއާއަކުން ލައިވްކުރި މި އިވެންޓްގައި މިފަދަ ހަރަކާތެއް ހިނގާފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި ޖަވާބުގައި އިދިކޮޅުންވަނީ، ކޮވިޑްގެ ޙާލަތުގައި އެޗްޕީއޭއާއި ސިއްޙީ ޚިދުމަތްތެރިންނަށް ބާރު ދިނުމަކީ ގޯހެއްކަމަށް ސިފަވާގޮތައް ޖަވާބުދީފައެވެ. އެގޮތުން ކޮވިޑްގެ ޙާލަތުގައި، މި ޙާލަަތުގެ ކަންކަން އެންމެ ރަނގަޅަށް ފަހުމުވާނެ އެޗްޕީއޭ އާއި ސިއްޙީ ޚިދުމަތްތެރިންނަށް ބާރުތަކެއް ދިނުމަކީ އެކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމާއި، އިޖުތިމާޢި އަދި އިޤްތިޞާދީކަންކަން ބޮއްސުންލައިގެން ދިޔަ ކަމެއްކަމަށް ވަނީ ބުނެފައެވެ. އަދި އަތޮޅުތަކުގައި ކޮވިޑްގެ ކޭސްތައް ގިނަވީ ސަރުކާރުން ކުރާ ދަތުރުތަކުން ކަމަށް ބުނެ އެއްވެސް އަސާސެއް އަދި އެއްވެސް ހެއްކެތްގެ މައްޗަށް ބިނާނުވާ ތުހުމަތުތަކެއް އިދިކޮޅުންވަނީ އަމާޒުކޮށްފައެވެ. ރާއްޖޭގެ ފަރުތަކުގެ ހާލަތު ދެނެގަތުމާއި، ކަނޑުގެ މާހައުލާއި މަސްމަހާ މެހީގެ އާބާދީގެ ދިރާސާކުރުމަށް ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއާ ގުޅިގެން ކުރިއަށްދަނީ ރާއްޖޭގެ ސިޔާދަތައް ނުރައްކާވެ، ރާއްޖޭގެ ކަނޑު ފަޅާއި ފަރުތަކަށް ގެއްލުން ހުރިކަމެއްކަމަށް ބުނެ އިދިކޮޮޅުން އަމުނަމުންދިޔަ އަސާސެއްނެތް ތުހުމަތުތަކުގެ ލިސްޓްވަނީ ދަންމާލާފައެވެ. މީގެ އިތުރުން ވެސް މަސްވެރިކަމުގެ ދާއިރާއަށް ގެނައި ބަދަލުތަކާއި، އެގްރޯ ނެޓް ކުންފުނީގެ ހިންގުމަކީ ދައުލަތައް ގެއްލުންވާކަމެއްކަމަށް ބުނެފައިވާއިރު، މިކަމުގެ ވެސް އެއްވެސް ހެއްކެއް ރިޔާސީ ބަޔާނުގެ ޖަވާބުގައި ހިމަނާފައެއް ނުވެއެވެ.

ގާތްގަނޑަކަށް 34 ވަރަކަށް މިނެޓަށް ދެމިގެންދިޔަ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުވަނީ ޤާނޫނު އަސާސީއާ އެއްގޮތައް ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބުދެއްވުމުން އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބުދެއްވުމަށް މައިނޯރިޓީ ލީޑަރ ތައްޔާރުވެ ވަޑައިގެންނެވުމުން އެކަން އިންތިޒާމު ކުރައްވާނެކަމަށެވެ.

ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު އެވަގުތު އޮތްގޮތާއި ހާލަތު ރަނގަޅުކުރުމަށް އިތުރަށް ކުރާނެ ކަންކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ބަޔާނެކެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީ ނޫން ދެން މަޖިލީހުގައި އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީއަކުން ރިޔާސީ ބަޔާނަށް ޖަވާބު ދޭން ޖެހެއެވެ. އެ ޖަވާބު ތައްޔާރުކުރަން ޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ނޫން ދެން ތިބި ޕާޓީތަކުގެ މެމްބަރުންގެ ހިޔާލު ހިމަނައިގެންނެވެ. އަދި މި ޖަވާބު ރިޔާސީ ބަޔާން އިއްވާތާ 14 ދުވަސް ތެރޭގައި އިއްވުން ވެސް ގަވާއިދުގައި ބުނާގޮތުން ލާޒިމްވެއެވެ.

މިފަހަރުގެ ރިޔާސީ ބަޔާނަށް އިދިކޮޅުން ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ބޮއިކަޓްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު