Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ގާއިމްކުރުން

ކުޅުދުއްފުށީގައި ދަމަނަވެއްޓެއް ގާއިމު ކުރައްވާނެކަމަށް ހެލްތް މިނިސްޓަރު ވިދާޅުވެއްޖެ

24 ފެބުރުއަރީ 2021 | ބުދަ 06:35

ލެބޯޓްރީ ނެތް ރަށްރަަށަށް މާޗް މަހުގެ ކުރިން މޮބައިލް ލެބްގެ ޚިދުމަތް ފަށާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ފެބުރުއަރީ 2021 | ބުދަ 06:35
ކުޅުދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ހެލްތް މިނިސްޓަރ ވިދާޅުވުން

ކުޅުދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ހެލްތް މިނިސްޓަރ ވިދާޅުވުން

ކުޅުދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ގާއިމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭނުގައި ހދ. އަތޮޅުގެ ކެންޑިޑޭޓުންނަށް، އެއަތޮޅުގެ ތަރައްގީއަށް ސަރުކާރުން ރާވާފައިހުރި މަޝްރޫޢުތައް އަންގާރަ ދުވަހުގެ ރޭ ވަޒީރުން ވިދާޅުވެ ދެއްވިއިރު ހެލްތު މިނިސްޓަރު ވިދާޅުވީ ލަސްތަކެއްނުވެ ދަމަނަވެއްޓެއް ކުޅުދުއްފުށީގައި ގާއިމުކުރެވޭނޭ ކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ ލެބޯޓްރީ ނެތް ރަށްރަަށަށް މާޗް މަހުގެ ކުރިން މޮބައިލް ލެބްގެ ޚިދުމަތް ފަށާނެ ކަމަށާއި އެހާތަނަށް ނުފެށިއްޖެ ކަމުގައިވާނަމަ އޭޕްރިލް މަހު އެ ޚިދުމަތް ފަށާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން އެމްބިއުލާންސް ނެތް ރަށްރަށަށް އޭޕްރީލް މަހުގެ ނިޔަލަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުުރުން މަދުވާ ޑޮކްޓަރުންނާއި ނަރުހުން ޖޫން މަހުގެ ނިޔަލަށް ހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަމުން މިނިސްޓަރ ވިދާޅުވީ މަކުނުދޫ ހިމެނޭހެން އެކަހެރިކޮށް ހުރި ރަށްތަކަށް އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ހަމަ ކޮށްދޭނެ ކަމަށެވެ. އަދި ނޮޅިވަރަމްގެ ހެލްތް ސެންޓަރުގެ ވަޒީފާގެ ކަންކަން ބެލެހެއްޓުމާއި ޓްރެއިން ވެފައިވާ މީހުން ތިބިކަމަށްވާނަމަ އެ ފަރާތްތައް ވަޒީފާއަށް ނަގާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭނުގައި ހދ. އަތޮޅުގެ ކެންޑިޑޭޓުންނަށް، އެއަތޮޅުގެ ތަރައްގީއަށް ސަރުކާރުން ރާވާފައިހުރި މަޝްރޫއުތަކާއި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ މައުލޫމާތު ޔޫތު މިނިސްޓަރ މަޙުލޫފު ވެސް ވަނީ ހިއްސާ ކުރައްވާފައެވެ. މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޢަލީ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރ ޑރ އާއިޝަތު ޢަލީ ވަނީ ހދ. އަތޮޅުގައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކާއި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާގުޅޭ މަޢުލޫމާތުތައް ހިއްޞާކޮށްފައެވެ. އެ މަޝްރޫޢުތަކުގައި ހިމެނޭ ހަނިމާދޫ ސްކޫލުގެ މަލްޓިޕާރޕޯސް ހޯލް އޭޕްރީލް މަހު ނިންމާލެވޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ސިލްސިލާކޮށް ބާއްވަމުންދާ މި ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ އަސްލަމް ވަނީ އެ މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ކުރަން ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކެންޑިޑޭޓުންނާ ހިއްޞާކޮށްފައެވެ. އެގޮތުން މިނިސްޓަރ އަސްލަމު ވިދާޅުވީ ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލު ކުރުމަށް ޓެންޑަރ ބޯޑުން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. މީގެ އިތުރުން ކުރިނބީ ބަނދަރުގައި މޫދަށް އެރި އުޅޭނެ ސަރަހައްދެއް ގާއިމު ކުރުމަށް ބޭނުންވާ ފަންނީ ލަފާ ހޯއްދަވައި އެކަން ބައްލަވާނެ ކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2017

އަހަަރަކު 19000 ޔުނިޓްގެ ލޭ ރާއްޖޭގައި ބޭނުން ކުރޭ: ހެލްތް މިނިސްޓްރީ

14 ޖޫން 2017
އަހަަރަކު 19000 ޔުނިޓްގެ ލޭ ރާއްޖޭގައި ބޭނުން ކުރޭ: ހެލްތް މިނިސްޓްރީ
13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
28 އެޕްރީލު 2017

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

28 އެޕްރީލު 2017
ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ
26 އެޕްރީލު 2017

ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ

26 އެޕްރީލު 2017
ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ
25 އެޕްރީލު 2017

މަރަށް މަރު ހިފަންވީ، އެކަމަކު އޭގެ ކުރިން އަދުލްއިންސާފު ގާއިމުވާންޖެހޭ: ޑރ. މަޖީދު

25 އެޕްރީލު 2017
މަރަށް މަރު ހިފަންވީ، އެކަމަކު އޭގެ ކުރިން އަދުލްއިންސާފު ގާއިމުވާންޖެހޭ: ޑރ. މަޖީދު
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
23 ފެބުރުއަރީ 2017

ސީއެސްސީން ޓްރަސްޓް ފަންޑެއް ގާއިމުކޮށްފި

23 ފެބުރުއަރީ 2017
ސީއެސްސީން ޓްރަސްޓް ފަންޑެއް ގާއިމުކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް