Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީނުގެ ޙުކުމުގެ އިސްތިއުނާފް

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

23 ފެބުރުއަރީ 2021 | އަންގާރަ 15:31

އެކަން އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ފެބުރުއަރީ 2021 | އަންގާރަ 15:31
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރުގެ މަންޒަރެއް- ކްރިމިނަލް ކޯޓުގެ ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއީދު ކޮށްފައި

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރުގެ މަންޒަރެއް- ކްރިމިނަލް ކޯޓުގެ ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއީދު ކޮށްފައި

އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ ކުށް ސާބިތުވެ، ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާ މައްސަލައިގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވުމަށް ބޭރުގެ ވަކީލަކު ގެނައުމުގެ މަޝްވަރާތައް ފަށައިފިއެވެ.

އެކަން އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށައެޅުމަށް ތައްޔާރުވަމުންދާ މައްސަލައިގައި ވަކާލާތު ކުރާ ވަކީލުންގެ ޓީމަށް ހޯދާފައިވާ ބޭރުގެ ވަކީލާއެކު މިހާރު ވަނީ އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ. އަދި ވަކީލަށް މައްސަލައިގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު އެ ވަކީލާއި ހިއްސާ ކުރުމުގެ މަސައްކަތް މިވަގުތު ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ މުޙައްމަދު ޖަމީލް އަހުމަދު ގެންދަވަނީ ކުރައްވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ހައިކޯޓުންވެސް މި މައްސަލަ ބަލައި، ދަށު ކޯޓުގެ ނިންމުމަށް ވަނީ ތާއީދު ކޮށްފައެވެ. އެގޮތުން 21 ޖެނުއަރީ 2021 ގައި ހައިކޯޓުން ކުރި ޙުކުމުގައި ވަނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ތާއީދުކޮށް، އެ ޙުކުމް ދަމަހައްޓާފައެވެ. އެހެންކަމުން، ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ގާނޫނީ ޓީމުން އޭރު ބުނެފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، މިހާރުވެސް ކްރިމިނަލް ކޯޓުގައި، ރ. ފުއްގިރި މައްސަލާގައި މަނީ ލޯންޑަރ ކުރުމާއި ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކުރިއަށްދެއެވެ.

އޭގެއިތުރުންވެސް، އެމްއެމްޕީއާރުސީގެ މައްސަލަތަކެއް ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންދެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ގިނަ އަދަދެއްގެ ފަޅުރައްތަކަކާއި ފަޅުތަކެއް ވިއްކައިގެން، ދައުލަތަށް ލިބެންޖެހޭ 1.23 ބިލިއަން ރުފިޔާއަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހިނާޔާތްތެރިވެފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ހިޔާނާތެއްކަމަށް އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކުރިނަމަވެސް، އެމްއެމްޕީއާރުސީން ފަޅު ރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ނުއަގުގައެވެ. އެހެންކަމުން ރާއްޖޭގެ އިގްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ހަތަރު ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއްކަމަށެވެ.

ޑރ. ޖަމީލް މި މަޝްވަރާތައް ކުރަމުންދާއިރު، ރައީސް ޔާމީނުގެ ސަރުކާރުގައި ޖަމީލް ނައިބްރައީސްކަމުން ވަކި ކުރެއްވި މައްސަލައިގެ ޝަރީއަތްވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދެއެވެ. އަދި އެ މައްސަލައިގައި ޑރ. ޖަމީލް ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާކަމަށް ބުނެ ޕީޕީއެމް ތެރޭގައިވެސް ވަނީ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން މިއީ ވަކީލަކު އޭނާގެ ކްލައިންޓެއްގެ ވަކީލްކަން ކުރަމުން އަދި އެޑްވައިޒް ކުރާ ޕާޓީ ލީޑާޝިޕަށް އެޑްވައިޒް ދެމުން އަދި އެ މީހުންނާ ދެކޮޅަށް ކޯޓަށް ދާ ދުނިޔޭގެ ފުރަތަމަ މައްސަލަ ގޮތުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވެސް ސިފަ ކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް