Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފަރިތަކުރުންތައް ފެށުމުގެ ހުއްދަދިނުން

ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ވަރަށް އަވަހަށް ކުލަބުތަކަށް ލިބިގެންދާނެ: ބައްސާމް

ބައްސާމް ވަނީ ރައީސް ޞާލިޙާއި، ޞިއްޙަތާ ބެހޭ ވަޒީރު އަދި އެޗްޕީއޭ ބައްދަލުކުރައްވާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2021 | ހޯމަ 14:31
މީގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

މީގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އައު އުސޫލުތަކާއެކު ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ވަރަށް އަވަހަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ލިބިގެންދާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން ބައްސާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ޞިއްޙަތާ ބެހޭ ވަޒީރު އަޙްމަދު ނަސީމުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިސް އޮފިޝަލުންނާ ހޯމަ ދުވަހު ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ބައްސާމް ވިދާޅުވީ އައު އުސޫލުތަކާއެކު ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ވަރަށް އަވަހަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ލިބިގެންދާނެ ކަމަށެވެ.

 ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު،  ލީގު މެދުކަނޑާލަން ނިންމީ ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން އަލުން ފަރިތަކުންތައް ފަށައި، ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

އެއާއެކު ލީގު އަލުން ފެށުމުގެ މަޝްވަރާތައް ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، މި ސީޒަން ފެށުމަށް އެންމެ ފުރަތަމަ ކުލަބުތަކުން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށީވެސް އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު