Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޯނިޔާ މަތިންދާބޯޓު މައްސަލަ

ޑޯނިޔާ މަތިންދާބޯޓު ބޭނުންކުރުމަށް ވެފައިވާ އެއްބަސްވުމުގެ ތަފްސީލް ހާމަކުރަން ނުޖެހޭކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައިފި

17 ފެބުރުއަރީ 2021 | ބުދަ 14:15

މަޢުލޫމާތު ދީފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނޭ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 17 ފެބުރުއަރީ 2021 | ބުދަ 14:15
އެމްއެންޑީއެފް ސިފައިން

އެމްއެންޑީއެފް ސިފައިން

ދިވެހި ރާއްޖޭގައި، އިންޑިއާގެ ނޭވީއިން ބޭނުންކުރަމުންދާ ޑޯނިޔާ މަތިންދާބޯޓު ބޭނުންކުރުމަށް ވެފައިވާ އެއްބަސްވުމުގެ ތަފްސީލް ހާމަކުރަން ނުޖެހޭކަމަށް އިންފޮމޭޝަން ކޮމިޝަނުން ނިންމައިފިއެވެ. މި މައްސަލައިގައި ގޮތް ނިންމުމަށް 3 ބައްދަލުވުމެއް ބާއްވާފައިވާއިރު، މައްސަލައިގައި ގޮތް ނިންމާފައިވަނީ ފެބުރުއަރީ 17 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

ދިވެހިރާއްޖޭގައި، އިންޑިއާގެ ނޭވީގައި ބޭނުންކުރަމުންދާ ޑޯނިއާ މަތިންދާ ބޯޓެއް ބޭނުން ކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ހެދިފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް މައްސަލަ ހުށަހެޅި ފަރާތުން، 23 ޖުލައި 2020 ގައިހުށަހެޅުމުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހޯދުމަށް އެދުނު މަޢުލޫމާތު ދީފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނޭ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ ޖަވާބު ދީފައިވެއެވެ. އަދި މި ޖަވާބާމެދު ހިތްހަމަނުޖެހޭތީ ޤާނޫނުގެދަށުން މުރާޖާ ކުރުމުން މައްސަލަ ރައްދުވާ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ އެ ނިންމުން ރަނގަޅު ކަމަށް މުރާޖާކޮމިޓީގެ ތިން މެންބަރުންގެ އިއްތިފާގުން ނިންމާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

Advertisement - newsAdvertisement

އިންފޮމޭޝަން ކޮމިޝަރގެ އޮފީހުން ވަނީ މިގޮތަށް ނިންމުން ނިންމާ މި މައްސަލައިގައި ފާހަގަކުރެވުނު 9 ނުކުތާއެއް ތަފްސީލުކޮށްފައެވެ. އެގޮތުން ހޯދުމަށް އެދުނު މަޢުލޫމާތު ދީފިނަމަ އެކުރެވެނީ ކުށެއްކަމަށާއި ދޭދޭ ދެގައުމެއްގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާފާނެކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނޭ ކަމަށް ގަބޫލުކުރެވޭކަމަށް ޑިފެންސް މިނިިސްޓްރީން ޖަވާބުދީފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުންވަނީ ހާމަކޮށްފައެވެ. އަދި އެދިފައިވާ މައުލޫމާތު ކަމާ ނުބެހޭ ފަރާތްތަކަށް ހިއްސާކުރުމުން ގައުމީ ސަލާމަތަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ސިފައިންގެ ލަފާދޭ މަޖިލީހުން ނިންމުމުން އެ މައުލޫމާތު އެހެން އެއްވެސް ފަރާތަކާ ހިއްސާކުރުމާ ބެހޭގޮތުން ގޮތް ކިޔައި އެހެން ގޮތަކަށް ބަދަލު ނުކުރެވޭނެ ކަމަށް، ޑިފެންސް މިނިސްޓްރީގެ މުރާޖައާ ކޮމިޓީގެނިންމުމުގައި ބަޔާންކޮށްފައިވާކަމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މައްސަލައާ ގުޅިގެން ބެލި ބެލުމުން، ރާއްޖެ ގެނައި އިންޑިއާ ސިފައިންގެ އަސްކަރީ މަތިންދާ ބޯޓާ ގުޅޭ ބައެއް މައުލޫމާތު އާންމުކޮށްފައި ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެމްއެންޑީއެފްއާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ރަސްމީ ޓްވިޓާ އެކައުންޓާއި އެމްއެންޑީއެފްގެ ރަސްމީ ވެބްސައިޓުގައި މި ބޯޓާގުޅޭ މަޢުލޫމާތު ހާމަކޮށްފައިވެއެވެ.

މި ސަބަބުތަކަށް ބަލާ، ހޯދަން އެދިފައިވާ މައުލޫމާތަކީ، ގާނޫނުގެ 25ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ދޭދޭ ދެ ގައުމުގެ ގުޅުމަށް، ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ބެލެވޭ މައުލޫމާތަކަށް ވުމާއެކު، ގާނޫނުގެ 20ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް ރިއާޔަތްކުރާއިރު، އެދިފައިވާ މައުލޫމާތު ހާމަކުރުމުން ރައްކާތެރިކޮށްދޭ މަސްލަހަތަށް ވުރެ ހާމަނުކުރުމުން ރައްކާތެރިކޮށްދޭ މަސްލަހަތު ބޮޑުކަން ފާހަގަކޮށް ޑޯނިޔާ މަތިންދާބޯޓު ބޭނުންކުރުމަށް ވެފައިވާ އެއްބަސްވުމުގެ ތަފްސީލް ހާމަކުރަން ނުޖެހޭކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

މިހާރު ހުންނެވީ ބާކީވެފައިވާ، ލީޑަރަކަށް ވެސް ނުވާ ބޭފުޅެއް: ޝާހިދު

29 އެޕްރީލު 2017
މިހާރު ހުންނެވީ ބާކީވެފައިވާ، ލީޑަރަކަށް ވެސް ނުވާ ބޭފުޅެއް: ޝާހިދު
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި
22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް