Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލަބާ ބަޔާން ދޫކޮށްލުން

13 އަހަރަށްފަހު އަލަބާ ބަޔާން ދޫކޮށްލަނީ

16 ފެބުރުއަރީ 2021 | އަންގާރަ 14:38

އަލަބާ ބަޔާން ދޫކޮށްލާނީ މި ސީޒަން ނިމުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ފެބުރުއަރީ 2021 | އަންގާރަ 14:38
ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ

ދުނިޔޭގެ ޗެމްޕިއަން ބަޔާން މިއުނިކުގައި 13 އަހަރު ހޭދަކުރުމަށްފަހު، އެ ޓީމު ދޫކޮށްލަން އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ނިންމައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލަބާ ވަނީ މި ސީޒަން ނިމުމުން ބަޔާން ދޫކޮށްލާނެކަން ހާމަކޮށްފައެވެ. އަލަބާ ބަޔާން ދޫކޮށްލާއިރު، ބަޔާނާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެހެންކަމުން މީގެ ކުރިން ބަޔާނުން އަލަބާގެ އެއްބަސްވުން އާކުރަން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލަބާ ބުނީ މިހާރު އޭނާގެ އަމާޒަކީ ބަޔާން ދޫކޮށް، ކެރިއަރުގައި އައު ޗެލެންޖަކާ ކުރިމަތިލުން ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ސީޒަނުގައި ގުޅޭނެ ޓީމެއް އަދި ކަނޑަނާޅާ ކަމަށްވެސް އަލަބާ ވަނީ ބުނެފައެވެ.

މި ސީޒަން ނިމުމުން އަލަބާ ބަޔާން ދޫކޮށްލާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އަދި އަލަބާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އޭނާގެ ޝައުގުވެރިކަން ހުރީ ޕްރިމިއާ ލީގުގެ ކުލަބަކަށް ބަދަލުވުމަށެވެ.

އޮސްޓްރިއާގެ ޔޫތު ޓީމުތަކުން ފާހަގަވި އަލަބާ އެންމެ ފުރަތަމަ ބަޔާނުގެ ޔޫތު ޓީމާ ގުޅުނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ބަޔާނުގެ ސީނިއާ ޓީމަށް އަލަބާ ޕްރޮމޯޓުވިއިރު، އޭގެ ފަހުން އެއް ސީޒަނުގައި އަލަބާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ހޮފެންހެއިމަށްވެސް ކުޅެފައެވެ.

އެކަމަކު ފަހުން ބަޔާނުގެ ސީނިއާ ޓީމުގެ މުހިންމު މެމްބަރަކަށް އަލަބާ ވިއިރު، އޭނާ ވަނީ މިހާތަނަށް ބަޔާނަށް 415 މެޗު ކުޅެދީ 33 ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ނުވަ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

27 އެޕްރީލު 2017
ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް
20 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް

20 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް