Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

އެމްޑީޕީގެ ޓީމު ބުރުނީ އަދި ވިލިފުށީގެ ރައްޔިތުންނާއި ބައްދަލުކޮށްފި

ކައުންސިލް އިންތިހާބު އޮތީ މެއި 6 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 1 މެއި 2017 | ހޯމަ 19:01
އެމްޑީޕީގެ ޓީމް ވިލިފުއްޓަށް ދިއުން

އެމްޑީޕީގެ ޓީމް ވިލިފުއްޓަށް ދިއުން

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ތ.އަތޮޅަށް ކުރަމުންގެންދާ ދަތުރުގައި އެއަތޮޅު ބުރުނީ އަދި ވިލިފުށީގެ ރައްޔިތުންނާއި ބައްދަލުކޮށްފި އެވެ.

މިއަދު ހެނދު ބުރުނީއަށް ދިއުމުން އެރަށުން ވަނީ މިޓީމްގެ މެމްބަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އެރަށުގައި ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓާއި ވިލީފުށީ ދާއިރާގެ އަތޮޅު ކައުންސިލް ކެނޑިޑޭޓާއެކު ވަނީ ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ.

ބުރުނީގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަލީ ޝިޔާމް ވިދާޅުވީ މި ކައުންސިލް އިންތިހާބަކީ އެމްޑީޕީ އަދި އިސްލާޙަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް މުހިއްމު އިންތިހާބެއް ކަމަށާއި ވޯޓްލާ ދުވަހު ހުރިހާ ރައްޔިތުން ނިކުމެ އަވަހަށް ވޯޓްލުމަށް އެދޭ ކަމަށެވެ.

އަދި ބުރުނީގައިވެސް ކެމްޕެއިން އިތުރަށް ވަރުގަދަކޮށް މެއި 6 ވަނަ ދުވަހު ވީހާވެސް ގިނަ މީހުން ވޯޓްލުމަށް ނިކުންނަން ހިތްވަރު ލިބޭގޮތަށް ކެމްޕެއިންގެ ކަންތައް ކުރިއަށް ގެންދިޔުމަށް އަލީ ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު ހަވީރު އެއަތޮޅު ވިލިފުއްޓަށް އެމްޑީޕީގެ ޓީމު ދިއުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މިޓީމުގެ މެމްބަރުން ވަނީ މިވަގުތު ގޭބަންދުކޮށްފައި ހުރި އަދި ވިލިފުށީ ކައުންސިލްގެ ކެނޑިޑެސީ ބާތިލްކުރި އަދި މިހާރު ކައުންސިލްގެ ރައީސް ހުސެއިން ޖަބީންގެ ގެއަށް ޒިޔާރަތްކޮށް އޭނާއާއި ބައްދަލުކޮށްފައެވެ.

މިދާއިރާގެ ކެންޑިޑޭޓުންނާއި އެކު ބާއްވާ ހާއްސަ ޖަލްސާ މިރޭ ވިލިފުށީ އެމްޑީޕީ ހަރުގޭގައި އޮންނާނެ އެވެ. މިޖަލްސާގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން އެދެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު