Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑަބްލިޔުޓީއޯގެ ހިންގުން

ޑަބްލިޔުޓީއޯގެ ވެރިޔާގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ވެރިއަކު

16 ފެބުރުއަރީ 2021 | އަންގާރަ 05:03

ޑަބްލިޔުޓީއޯގެ ވެރިޔާގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ނައިޖީރިއާގެ ކުރީގެ ފިނޭންސް މިނިސްޓަރ އެންގޯޒީ އޮކޮންޖޯ އިވެއެލާ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 16 ފެބުރުއަރީ 2021 | އަންގާރަ 05:03
ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލް އެންގޯޒީ އޮކޮންޖޯ އިވެއެލާ

ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލް އެންގޯޒީ އޮކޮންޖޯ އިވެއެލާ

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޑަބްލިޔު.ޓީ.އޯ.ގެ ވެރިޔާގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ވެރިއަކު އައްޔަންކޮށްފިއެވެ.

ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލް ކަމަށް އައްޔަންކޮށްފައިވަނީ، ނައިޖީރިއާގެ ކުރީގެ ފިނޭންސް މިނިސްޓަރ އެންގޯޒީ އޮކޮންޖޯ އިވެއެލާއެވެ. އެންގޯޒީ އޮކޮންޖޯ އިވެއެލާއަކީ އެމެރިކާގެ ރައްޔިތުކަން ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައިވާއިރު އެކަމަނާ މި މަޤާމަށް ހޮވިވަޑައިގަތުމުން އެކަމަނާ ވެގެންގޮސްފައި މިވަނީ މި ޖަމުޢިއްޔާގެ އެންމެ ފުރަތަމަ އަންހެން ވެރިޔާގެ އިތުރުން ކަޅު ނަސްލުގެ ވެރިޔާއަށް ވެސް މެއެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމަށް އެޖަމުޢިއްޔާގެ މެމްބަރު ޤައުމުތަކަށް ހުޅުވާލި ފުރުޞަތުގައި 8 ޤައުމަކުން ވަނީ އެމަޤާމަށް ނަން ހުށަހަޅާފައެވެ. ނަން ހުށަހެޅި ޤައުމުތަކަކީ، މިސްރު، ދެކުނު ކޮރެޔާ، މެކްސިކޯ، މޯލްޑޯވާ، ނައިޖީރިއާ، ސައުދީ އަރަބިއްޔާ އަދި އިނގިރޭސިވިލާތެވެ. މިޤައުމުތަކުން ވަނީ ވިޔަފާރީގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުންތަކެއްގެ ނަން ހުށަހަޅާފައެވެ. އެހެންނަމަވެސް މި 8 ފަރާތުގެ ތެރެއިން 2 ބޭފުޅެއްގެ ނަން ޝޯޓްލިސްޓްކުރުމަށްފަހު މެމްބަރު ޤައުމުތަކުގެ މެދުގައި ނެގި ވޯޓަކުން ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލްއަކަށް އޮކޮންޖޯ އިވެއެލާ މިވަނީ އައްޔަންކޮށްފައެވެ.

އޮކޮންޖޯ އިވެއެލާއަކީ ނައިޖީރިއާގެ ފިނޭންސް މިނިސްޓަރުކަމުގެ ދެ ދައުރާއި ފޮރިން މިިނިސްޓަރކަމުގެ މަޤާމު ވެސް ކުޑަ ދުވަސްކޮޅަކަށް ފުރުއްވާފައިވާ ބޭފުޅެކެވެ. އެކަމަނާއަކީ ވޯލްޑް ބޭންކްގައި ވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ވޯލްޑް ބޭންކްގައި އިކޮނޮމިސްޓެއްގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާއިރު މި ބޭންކްގެ ދެވަނައަށް އެންމެ އިސް މަޤާމުކަމުގައިވާ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމު ވެސް އޮކޮންޖޯ އިވެއެލާ ވަނީ ފުރުއްވާފައެވެ. އޮކޮންޖޯ އިވެއެލާ ވަނީ އިންޓަނޭޝަނަލް ވެކްސިންސް އެލަޔަންސް، ގަވީގެ ބޯޑުގެ ޗެއަރކަން ވެސް ކުރައްވާފައެވެ.

އޮކޮންޖޯ އިވެއެލާ އާއި އެންމެ ގާތުން ވާދަކުރައްވާފައިވަނީ ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ޔޫ މިޔުންގް ހީއެވެ. އޮކޮންޖޯ އިވެއެލާއާ ޚިލާފަށް ދެކުނު ކޮރެޔާގެ ޓްރޭޑް މިނިސްޓަރ ޔޫ މިޔުންގް ހީއަކީ ޓްރޭޑް ސްޕެޝަލިސްޓެކެވެ.

ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލްއަކަށް އޮކޮންޖޯ އިވެއެލާ ހަމަޖެއްސެވުމުން، އެކަމަނާ ވަނީ އެންމެ އިސްކަމެއް ދެއްވާނީ އެ ޖަމިއްޔާއިން ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރުކޮށް ފަޤީރު ޤައުމުތަކާއި މުއްސަނދި ޤައުމުތަކާ ދެމެދުވާ ފަރަޤު ކުޑަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޑަބްލިއުޓީއޯގެ ޑިރެކްޓަރ ޖެނެރަލްއަކަށް އޮކޮންޖޯ އިވެއެލާ ހަމަޖެއްސުމަށް ޑަބްލިއުޓީއޯގެ މެމްބަރު ޤައުމުތަކުން ރުހުން ދީފައިވާއިރު، ޗައިނާއާއެކު އޮތް ވިޔަފާރީގެ ހަނގުރާމަ ހޫނުވެ އެ ޖަމުޢިއްޔާއިން ވަކިވުމަށް އިންޒާރުދީފައިވާ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ ސަރުކާރުން އޮކޮންޖޯ އިވެއެލާއަށް ވެސް ރުހުން ދީފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް