Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެސްޓްރަޒެނެކާ-އޮކްސްފޯޑް ކޮވިޑް ވެކްސިން

އެސްޓްރަޒެނެކާ ވެކްސިން އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފި

15 ފެބުރުއަރީ 2021 | ހޯމަ 17:10

އެންމެ ފުރަތަމަ ހުއްދަ ދީފައި ވަނީ ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް-19 ވެކްސިނަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 15 ފެބުރުއަރީ 2021 | ހޯމަ 17:10
އެސްޓްރަޒެނެކާ-އޮކްސްފޯޑް ކޮވިޑް-19 ވެކްސިން

އެސްޓްރަޒެނެކާ-އޮކްސްފޯޑް ކޮވިޑް-19 ވެކްސިން

އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިން އެމަޖެންސީކޮށް ބޭނުކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފިއެވެ.

އެސްޓްރަޒެނެކާއާއި އޮކްސްފޯޑްގެ ކޮވިޑް-19 ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދިން ދެވަނަ ވެކްސިނެވެ. އެޖަމިއްޔާއިން އެންމެ ފުރަތަމަ ހުއްދަ ދީފައިވަނީ ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް-19 ވެކްސިނަށެވެ.

Advertisement - worldAdvertisement

އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިންގެ އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން މިވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. މިވެކްސިން ޖެހުމަށް، ވެކްސިންގެ ކަންކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ލަފާދޭ މާހިރުންގެ ޕެނަލުން ވަނީ ލަފާދީފައެވެ.

މި ޕެނަލުން ބުނެފައިވަނީ އެސްޓްރަޒެނެކާ ވެކްސިން، އުމުރުން 65 އަހަރުން މަތީގެ މީހުންވެސް ހިމެނޭގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރުން ރަނގަޅުކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ޖަހަންޖެހޭއިރު ޕެނަލުން ބުނީ ފުރަތަމަ ޑޯޒް ދިނުމަށްފަހު 8 ހަފްތާ އާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތެއްގައި ދެވަނަ ޑޯޒް ދޭންވާނެ ކަމަށެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ދެކުނު އެފްރިކާގެ ވޭރިއަންޓަށް މަސައްކަތްކުރާ މިންވަރު ދަށްވެފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޕެނަލުން ބުނީ އެސްޓްރަޒެނެކާ ވެކްސިން ދެކުނު އެފްރިކާ ވޭރިއަންޓަށް ބޭނުންނުކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

މީގެ އިތުރުން މިވެކްސިން ކުޑަކުދިންގެ ގަޔަށް ޖަހަން ރައްކާތެރިތޯއާއި ދިފާއީ ނިޒާމު މަސައްކަތްކުރާ މިންވަރު ބެލުމުގެ ދިރާސާތައް މިހާރު އޮކްސްފޯޑް ޔުނިވާސިޓީން ވަނީ ފަށާފައެވެ. މިދިރާސާތަކުގައި އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިނުން އަސަރުކުރާވަރު ދެނެގަންނައިރު، މިމަސްތެރޭގައި 300 ވޮލަންޓިއަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެކަމަށް އޮކްސްފޯޑުން ބުނެއެވެ.

އެސްޓްރަޒެނެކާ ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއި ޔޫކޭގެ އިތުރުން ޕާކިސްތާނު، ނޭޕާލް، ސްރީލަންކާ، ބޫޓާން އަދި ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އާއި ރާއްޖެ އަދި ސައުތު އެފްރިކާގައި މިވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މީގެ އިތުރުން އަލްޖީރިއާ، ބްރެޒިލް، ޗިލީ އަދި އާރޖެންޓީނާ އާއި މެކްސިކޯ، އެލް ސަލްވަޑޯ އަދި ޑޮމެނިކަން ރިޕަބްލިކާއި މިސްރު، ކުވައިތު، މޮންގޯލިއޯ، މޮރޮކޯ، ނޯރވޭ، ފިލިޕީންސް، ސީޝެލްސް، ދެކުނު ކޮރެއާ އަދި ތައިލޭންޑުން ވަނީ އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުމުގެ އެމެޖެންސީ ހުއްދަ ދީފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2017

ވޮޝިންގްޓަންގެ ރޭލް އެކްސިޑެންޓް: ރޭލް ދުއްވާފައިވަނީ ހުއްދަ އޮންނަ މިންވަރަށް ވުރެ ބާރަށް

20 ޑިސެމްބަރު 2017
ވޮޝިންގްޓަންގެ ރޭލް އެކްސިޑެންޓް: ރޭލް ދުއްވާފައިވަނީ ހުއްދަ އޮންނަ މިންވަރަށް ވުރެ ބާރަށް
30 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ

30 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާގެ އަންހެނުނަށް ސްޓޭޑިއަމްތަކަށް ވަންނަން ހުއްދަކުރަނީ
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
27 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

27 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް