Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވޮޝިންގްޓަން ރޭލް އެކްސިޑެންޓް

ވޮޝިންގްޓަންގެ ރޭލް އެކްސިޑެންޓް: ރޭލް ދުއްވާފައިވަނީ ހުއްދަ އޮންނަ މިންވަރަށް ވުރެ ބާރަށް

ރޭލް ދަތުރުކުރަމުން ދިޔައީ ގަޑިއަކު 80 މޭލަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 ޑިސެމްބަރު 2017 | ބުދަ 04:41
ރެއިލް ކައްސާލި ހާދިސާގައި ސަތޭކައެއްހާ މީހުންނަށް އަނިޔާވި

ރެއިލް ކައްސާލި ހާދިސާގައި ސަތޭކައެއްހާ މީހުންނަށް އަނިޔާވި

އެމެރިކާގެ ވޮޝިންގޓަންގައި ރޭލެއް ދަގަނޑު މަތިން ކައްސާލައި ތިން މީހުން މަރުވި ހާދިސާ ހިނގީ ހުއްދަ އޮންނަ މިންވަރަށްވުރެ ބާރަށް ރޭލު ދުއްވުމުން ކަމަށް ހާމަކޮށްފި އެވެ.

ރޭލު ދަތުރުފަތުރާބެހޭ އިދާރާއިން ބުނާ ގޮތުން ރޭލް ދަގަނޑުގެ ލެނބުމެއްގެ މަތިން ރޭލު ދުއްވޭނެ އެންމެ ބާރުމިނަކީ ގަޑިޔަކު 30 މޭލު ކަމަށް ކަނޑައަޅާފައި ވާއިރު، އެ ރޭލް ދުއްވީ 80 މޭލު ބާރު މިނުގަ އެވެ. މި އެކްސިޑެންޓްވިއިރު ރޭލު ދަތުރުކުރަމުން ދިޔައީ ހައިވޭއެއް ހުރަސްކޮށް މަތިން އަޅާފައިވާ ރޭލު ދަގަނޑެއް މަތިންނެވެ.

ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ތަރުޖަމާނު ވިދާޅުވީ ތަހުގީގު ޓީމުން ހާދިސާ ހިނގި ތަނަށް ހޯމަ ދުވަހުގެ ރޭ ގޮސްފައިވާ ކަމަށާއި އެތަނުގައި ހަފްތާއެއް، ނޫނީ ދިހަ ވަރަކަށް ދުވަހު ތަހްގީގު ޓީމް ތިބޭނެ ކަމަށެވެ.

މި ހާދިސާގައި ޒަޚަމްވި ސަތޭކައަށް ވުރެ ގިނަ މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވާއިރު، ބައެއް މީހުންގެ ޙާލު ސީރިއަސް ކަމަށް ހޮސްޕިޓަލްތަކުން ބުނެއެވެ. ރޭލު މަގު މައްޗަށް ވެއްޓުމުން ހަތް ވެހިކަލަކަށް ގެއްލުން ލިބިފައި ވާއިރު، އޭގެ ތެރޭގައި ބޮޑު ދެ ޓްރަކް ހިމެނެއެވެ. އަދި އަނިޔާވި މީހުންގެ ތެރޭގައި އެވަގުތު ހައިވޭގައި ދުއްވާފައި ދިޔަ ވެހިކަލްތަކުގައި ތިބި މީހުންނާއި މަގުމަތީގައި ތިބި މީހުން ހިމެނެއެވެ.

ރޭލު ދަގަނޑުން ކައްސާލިއިރު، ރޭލުގައި 77 ފަސެންޖަރުންނާއި އެމެރިކާގައި ރޭލުގެ ޚިދުމަތްދޭ މައި ކުންފުނި، އެމްޓްރެކު ހަތް މުވައްޒަފުން ތިބި ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހާދިސާގައި މަރުވި މީހުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި އެކްސިޑެންޓަކީ، އެމަނިކުފާނު ވަރަށް އަވަހަށް ހުށަހަޅުވަން ނިންމަވާފައިވާ އިންފްރާސްޓްރަކްޗަރ ޕްލޭން އަވަހަށް ފާސްކުރަންޖެހޭކަމުގެ ހެއްކެއް ކަމަށެވެ. އެކްސިޑެންޓް ހިނގި ރޭލު ދަގަނޑަކީ ދާދި ފަހުން މަރާމާތުކޮށްފައިވާ ދަގަނޑެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އެކްސިޑެންޓްވި އެމެރިކާ މަނަވަރުން ގެއްލުނު ބައެއް މީހުންގެ ހަށިތައް ހޯދައިފި

23 އޯގަސްޓު 2017
އެކްސިޑެންޓްވި އެމެރިކާ މަނަވަރުން ގެއްލުނު ބައެއް މީހުންގެ ހަށިތައް ހޯދައިފި
22 އޯގަސްޓު 2017

އެމެރިކާގެ މަނަވަރު އެކްސިޑެންޓް: ގެއްލުނު ފަޅުވެރިން އަދިވެސް ދަނީ ހޯދަމުން

22 އޯގަސްޓު 2017
އެމެރިކާގެ މަނަވަރު އެކްސިޑެންޓް: ގެއްލުނު ފަޅުވެރިން އަދިވެސް ދަނީ ހޯދަމުން
21 އޯގަސްޓު 2017

އެކްސިޑެންޓް ވި އެމެރިކާގެ މަނަވަރާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވި ފުރަތަމަ ބަސްފުޅަށް ފާޑުކިޔުން!

21 އޯގަސްޓު 2017
އެކްސިޑެންޓް ވި އެމެރިކާގެ މަނަވަރާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވި ފުރަތަމަ ބަސްފުޅަށް ފާޑުކިޔުން!
18 އޯގަސްޓު 2017

އެމެރިކާގެ މަނަރު އެކްސިޑެންޓް: އޮފިސަރުންނަށް ފިޔަވަޅު އަޅައިފި

18 އޯގަސްޓު 2017
އެމެރިކާގެ މަނަރު އެކްސިޑެންޓް: އޮފިސަރުންނަށް ފިޔަވަޅު އަޅައިފި
23 ޖުލައި 2017

އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި

23 ޖުލައި 2017
އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު