Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕު ދައުވާތަކުން ސަލާމަތްވުން

ގަޑުބަޑުގެ ސަބަބަކަށްވީ ޓްރަމްޕް، ޒިންމާ ނަންގަވަންޖެހޭނެ: ބައިޑަން

ގަޑުބަޑުގެ ޒިންމާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށް އަދި ކުށްވެރިވެސްވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ފެބުރުއަރީ 2021 | އާދީއްތަ 07:31
ކެޕިޓޮލްގެ ހަމަނުޖެހުމުގެ ތެރޭގައި ޓްރަމްޕުގެ ސަޕޯޓަރުން އިމާރާތުގެ ތެރެއަށް ވަންނަނީ

ކެޕިޓޮލްގެ ހަމަނުޖެހުމުގެ ތެރޭގައި ޓްރަމްޕުގެ ސަޕޯޓަރުން އިމާރާތުގެ ތެރެއަށް ވަންނަނީ

މިދިޔަ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ހުންނަ ކެޕިޓޮލްއަށް ވަދެގަނެ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ހިންގި ކަންކަމުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޖޯ ބައިޑެން މިހެން ވިދާޅުވީ ޓްރަމްޕު ކުށްވެރިނުވާ ކަމަށް ސެނެޓުން ނިންމުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. ރައީސް ބައިޑެންގެ ބަޔާނުގައި ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ދިފާއު ކުރަންއުޅުމުގެ ތެރޭގައި ނިޔާވި ފުލުސް އޮފިސަރު ބްރަޔަން ސިކްނިކްގެ މަގްބަރާއަށް މީގެ 2 ހަފްތާ ކުރިން އެމަނިކުފާނާއި އަނބިކަނބަލުން ޖިލް ޒިޔާރަތްކުރެއްވި ކަމަށެވެ.

އަދި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ޑިމޮކްރަސީއާ ދެކޮޅަށް ބަޔަކު ހިންގި ގަޑުބަޑުގެ ޒިންމާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށް އަދި ކުށްވެރިވެސްވާ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ރިޕަބްލިކަނުންގެ ތެރެއިން ވެސް ހަތް މެންބަރަކު ހިމެނިވަޑައިގަންނަވާ ގޮތަށް ސެނެޓުގެ 57 މެންބަރަކު ވޯޓު ދެއްވާފައިވާ ކަމަށް ބައިޑަން ވިދާޅުވެފައިވެއެވެ. މި ޝަރީޢަތް ކުރިއަށް ގެންދަން ރިޕަބްލިކަނުން ވެސް ހިމެނޭ ގޮތުން ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތުން ކުރީގައި އޮތީ ނިންމައިފައެވެ. އެހެންނަމަވެސް ޓްރަމްޕު ކުށްވެރިކުރަން ބޭނުންވާ ވަރުގެ އަޣުލަބިއްޔަތެއް ވޯޓުގައި ނުލިބުނެވެ.

މިކަން ފާހަގަކުރައްވައި ބައިޑަން ވިދާޅުވީ އޭގެ މާނަޔަކީ ދައުވާތަކުގައި ސީރިއަސްކަން ނެތުމެއް ނޫން ކަމަށެވެ. އަދި ދައުވާތަކުގެ ސައްޙަކަން ނެތުމެއް ވެސް ނޫން ކަމަށެވެ. ކުށްވެރިނުވާ ކަމަށް މިއަދު ވޯޓު ދެއްވި މެންބަރުން ވެސް ޓްރަމްޕުގެ ޒިންމާ އެބައޮތްކަމާއި ގަޑުބަޑުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކީ ޓްރަމްޕު ކަމާއި، މަގާމުގެ މަސްއޫލިއްޔަތު އޭނާ އަދާ ނުކުރެއްވުމުގެ ކުށް ޓްރަމްޕުގެ އިސްތަށިފުޅުގައި އެޅޭކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ގަޑުބަޑަކަށްވީ ޓްރަމްޕުގެ ސަބަބުން ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށް ބައިޑަންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ބައިޑެންގެ ބަޔާނުގައި ބުނެފައިވަނީ ޖެނުއަރީ 6ގެ ހާދިސާއަކީ އެމެރިކާގެ ތާރީޚުގެ އަނދިރި ސަފުހާއެއް ކަމަށާއި، އެއީ އަނދިކަމުގެ ބާބެއް ކަމަށެވެ. އެހާދިސާއިން ކަށަވަރުވަނީ ޑިމޮކްރަސީގެ ނާޒުކްކަމާއި، އަބަދުވެސް ޑިމޮކްރަސީ ދިފާޢުކުރަން ޖެހޭކަން ކަމަށް ބައިޑަން ވިދާޅުވިއެވެ. އެކަމަށް އަބަދުވެސް ހޭލައި ފާރަވެރިވެގެން ތިބެންޖެހޭ ކަމަށާއި، ހަމަނުޖެހުންތަކާއި ހައްދުފަހަނަޅައި ދިއުމަށް އެމެރިކާގެ މުޖުތަމަޢުން ޖާގައެއް ނެތް ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ތެދު ދިފާއުކޮށް ދޮގު ބަލިކުރުމަކީ އެމެރިކާގެ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމަށާއި، ޚާއްސަކޮށް ލީޑަރުންގެ ޒިންމާއެއް ކަމަށް ބައިޑަން ވިދާޅުވިއެވެ.

އެންމެފަހުން ހިނގައިދިޔަ ނާތަހުޒީބު އަދި ހުތުރުވެގެންވާ ކުރިމަތިލުންފަދަ ކަންކަން ކުރިއަށްއޮތްތަނުގައި ވެސް ހުއްޓުވޭނީ އެކަމަށް ޖާގަނުދީ ގައުމުގެ ޒަޚަމްތައް ފަސޭހަވެ ފިލައިގެންދާނީ މިމަގުން ޒިންމާ އަދާކުރެވިގެން ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި އެންމެންގެ ވެސް އަޒުމަކަށް ހަދަންވީ މި އަމާޒު ކަމަށާއި، އެންމެން ގުޅިގެން ކުރިއަށްދާންވީ އަމާޒަކީ މިއީ ކަމަށް ބައިޑަން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު