Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައު ވޭރިއެންޓް

އައު ވޭރިއެންޓާއާ ގުޅޭ ގޮތުން އެނގެނީ ކިހާވަރަކަށް؟

ގިނަ ގައުމުތަކުން ފެންނަމުންދަނީ ކެންޓް ވޭރިއެންޓް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2021 | ހޮނިހިރު 17:18
އައު ވޭރިއެންޓާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވީހާ ވެސް ގިނަ ބަޔަކު އަވަހަށް ވެކްސިން ޖެހުމަށް ސައެންސްވެރިން ދަނީ ގޮވާލަމުން

އައު ވޭރިއެންޓާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވީހާ ވެސް ގިނަ ބަޔަކު އަވަހަށް ވެކްސިން ޖެހުމަށް ސައެންސްވެރިން ދަނީ ގޮވާލަމުން

ކޮވިޑް-19ށް ވެކްސިން ދިނުމުގައި ދުނިޔެ އަވަދިނެތި ދަނީ މަސައްކަތް ކުރަމުންނެވެ. ވެކްސިންއާއެކު ހިތްތަކަށް އުފާވެރިކަން ގެނުވި ނަމަވެސް ފެންނަމުންދާ އައު ވޭރިއެންޓްތަކާއި އެކު މިހާރު ވަނީ ގިނަ ސުވާލުތަކެއް ވެސް އުފެދިއެވެ. މިއާއެކު މިހާރު އުފައްދާފައިވާ އެއް ސުވާލަކީ ވެކްސިންއަށް ވައިރަސް މަސައްކަތް ކުރާނެތޯ ނުވަތޯ ނޫންތޯއެވެ. ކަންބޮޑުވުންތައް އިތުރުވި އުންމީދީ ގިނަ މެސެޖްތައް ކަމާބެހޭ ފަރާތްތަކުން ދަނީ ދެމުންނެވެ.

ކޮވިޑް-19ން މުޅި ދުނިޔެ އަޅުވެތިކުރީ އައު ވޭރިއެންޓެއް ނުފެނިއެވެ. އެހެން ވައިރަސްތަކާއި ހިލާފަށް ކޮވިޑްގެ ވައިރަސް ބަދަލެއް ނުވުމަކީ އަވަހަށް ވެކްސިން އުފެއްދުމަށް ލިބުނު އެއް ނަސީބެވެ. ނަމަވެސް ވެކްސިން ލިބުނު ހިސާބުން އައު ވޭރިއެންޓްތައް މިވަނީ ފެންނަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފެނުނު ވޭރިއެންޓަށް ''ކެންޓް''ގެ ނަމުން މިހާރު މިވަނީ ނަން ވެސް ދީފައިވެއެވެ.

މިވޭރިއެންޓް ފުރަތަމަ ފެނިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އޮސްޓްރޭލިޔާއާ އަދި ޑެންމާކަށް އައު ވޭރިއެންޓް އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. މި އައު ވޭރިއެންޓް ފެތުރެމުންދާއިރު، ދެގުނަ އިތުރަށް އަވަހަށް އެމެރިކާގައި ވެސް މިހާރު ވަނީ ފެތުރެން ފަށާފައެވެ.

ދުނިޔޭގެ ހުރިހާ ހިސާބަކުން ކެންޓް ވޭރިއެންޓް ފެންނަމުންދާއިރު، މި ވޭރިއެންޓަކީ 70 އިންސައްތަ އަވަހަށް ފެތުރޭ 30 އިންސައްތަ ނުރައްކާތެރި ވޭރިއެންޓެކެވެ. މިވޭރިއެންޓް 17 ގޮތަކަށް މިއުޓޭޓް ވާން މަސައްކަތް ކޮށްފައިވާކަމަށް ދިރާސާތަކުން ދައްކައެވެ.

ކޭމްބްރިޖް ޔުނިވަރސިޓީގެ ޕްރޮފެސަރ ލޯމަން އަދި ޕްރޮފެސަރ ރަވީ ގުޕްތާ ވިދާޅުވާ ގޮތުގައި ސެލްތައް އިންފެކްޓް ކުރަން ވައިރަސް ބޭނުން ކުރާ ސްޕައިކް ޕްރޮޓީން އަށް ވެސް ބަދަލުތަކެއް ގެނެސް ކުރިއަށްވުރެ އަވަހަށް ސެލްތައް އިންފެކްޓް ކުރެއެވެ. އަދި މި 17 ގޮތުގެ ތެރެއިން އެއްގޮތް ކަމަށްވާ N501Y ވޭރިއެންޓް ވަނީ ސްޕައިކް ޕްރޮޓީންގެ ރިސެޕްޓަރ ބައެންޑިންއަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. މިބަދަލުގެ ސަބަބުން ވައިރަސް ވަނީ ވަރަށް ފަސޭހައިން ސެލްތަކަށް އޮޅުވާލައިގެން ފެތުރިގަނެފައި ކަމަށް ޕްރޮފެސަރުން ވިދާޅުވެއެވެ.

އެހެންކަމުން ވެކްސިންއަށް މި ވޭރިއެންޓް މަސައްކަތް ކުރާނެތޯ ނުކުރާނެތޯ މިއީ ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެކެވެ.

އައު ވޭރިއެންޓާއެކު ތަފާތު ވާހަކަތައް ދެކެވެމުންދެއެވެ. ގިނަ ބަޔަކު މާޔޫސްވި ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އައު ވޭރިއެންޓް ނައްތާލުމުގެ ބާރު ވެސް އިންސާނުންގެ އަތުގައި އެބައޮތެވެ. ހަނގުރާމައިގެ މައިދާނެއްގައި އުޅޭއިރު ފޮނުވާމުންދާ ހަމަލާތައް އަވަސް ކުރުމަށް އެބޭފުޅުން ވިދާޅުވެއެވެ.

އައު ވޭރިއެންޓް ދިރާސާކުރާ ޕްރޮފެސަރެއް ކަމަށްވާ ގުޕްތަރ ކިހާ ވިދާޅުވީ ވެކްސިންއަށް ވައިރަސް މަސައްކަތް ނުކުރާނީ މާ ބޮޑަށް މިއުޓޭޓް ވުމުން ކަމަށެވެ. ނަމަވެސް ވައިރަސްއަށް މާ ބޮޑަށް މިއުޓޭޓް ވުމަށް ޖާގަ ނުދިނުމުގެ އިހުތިޔާރު އިންސާނުންނަށް ލިބިގެންވާކަން ޕްރޮފެސަރ ފާހަގަކުރެއްވިއެވެ.

ޑޭޓާތައް ދައްކާ ގޮތުން ވައިރަސް ފެތުރެން ޖާގަ ލިބޭ ވަރަކަށް ވައިރަސް ދާނީ މިއުޓޭޓް ވާން މަސައްކަތް ކުރަމުންނެވެ. އެގޮތަށް ވެއްޖެނަމަ މިކިޔަނީ ''ވެކްސިން އެސްކޭޕް'' އެވެ. އެއީ ވެކްސިންގެ އެއްވެސް އަސަރެއް ވައިރަސްއަށް ނުކޮށް ވައިރަސް އިތުރަށް ބަލި ފެތުރެމުން ދިިއުމެވެ.

ބައެއް ޕްރޮފެސަރުން ވިދާޅުވާ ގޮތުގައި ވައިރަސް ވެކްސިންއަށް އަތުނުވާ ހިސާބަށް މިއުޓޭޓް ނުވަތަ އޭގެ ޒާތަށް ބަދަލު ގެނެސްދާނެއެވެ. ނަމަވެސް މިހާރު އުފައްދާ ވެކްސިންތަކަށް ކުޑަ ބަދަލުތައް ވަރަށް ފަސޭހައިން ގެނެވޭނެ ކަމަށާއި، ވެކްސިންތައް ރެގިއުލަރކޮށް އަޕްޑޭޓް ކުރާނަމަ ވައިރަސް މިއުޓޭޓް ވި ނަމަވެސް ކުރިއެރުން ލިބޭނެ ކަމަށް ޕްރޮފެސަރުން ވިދާޅުވެއެވެ.

މަސްރަހު ދިރާސާކުރާ ސައެންސްވެރިން ވިދާޅުވާ ގޮތުގައި މިވައިރަސް ބައިވަރު މިއުޓޭޝަން ހުރިނަމަވެސް ކަންބޮޑުވާން ޖެހޭ ދެތިން ވޭރިއެންޓެއް އުޅެއެވެ. އެއީ އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުން ފެނިފައިވާ D164G ވޭރިއެންޓެވެ. މި ވޭރިއެންޓް ޑޯމިނެންޓް ވޭރިއެންޓްއަކަށް ވެފައިވާތީ އިތުރަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށް ސައެންސްވެރިން ވިދާޅުވެއެވެ. އަދި ފެބްރުއަރީ މަސްތެރޭގައި ޔޫރަޕްގެ ގައުމުތަކުގައި ފެތުރޭ މިވޭރިއެންޓް މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ ފެންނަމުންނެވެ.

މީގެ އިތުރުން ސްޕެއިންގެ ސަމަރ ހޮލިޑޭ ކޭންޕަކުން ފެތުރިފައިވާ A222V ވޭރިއަންޓަކީ ޚާއްސަ ނަޒަރަކުން ބަލަން ޖެހޭ ވޭރިއެންޓެއް ކަމަށް ސައެންސްވެރިން ވިދާޅުވެއެވެ. މިވޭރިއެންޓާއި ގުޅޭ ގޮތުން ކޮވިޑް-19 ޖީނޮމިކް ޔޫކޭ ކޮންސޯޓިއަމްގެ ޕްރޮފެސަރެއް ކަމަށްވާ ނިކް ލިކްލޯމަން ވިދާޅުވީ މިވޭރިއެންޓް ފެތުރޭ ލެއް އަވަސްވެ ބަލިވާ މީހުންގެ އަދަދު ކުއްލި އަކަށް ގިނަވެއެވެ.

ސައެންސްވެރިން ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތުގެ ލަންޑަންއިން ފެނުނު ވޭރިއެންޓް ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ފެންނަމުންނެވެ. އިންޑިއާގެ އިތުރުން އޭޝިޔާގެ ގިނަ ގައުމުތަކުން ފެނިފައިވެއެވެ. އެހެންކަމުން މިވޭރިއެންޓް ވެކްސިންއަށް މަސައްކަތް ކުރުވަން ބޭނުންވާނަމަ ބޮޑަށް މިއުޓޭޓް ވުމުގެ ފުރުސަތު ނުދީ ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖަހަންޖެއެވެ. ވެކްސިން ދިނުން އަވަސް ކުރަން ޖެއެވެ. އެހެންނޫން ކަމަށްވާނަމަ ވައިރަސް ބޮޑަށް އިމިއުޓޭޓްވެ ވެކްސިންއަށް ނުގުނޑާނެ ކަމުގެ ބިރު އެބައޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު